Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕާމް ބީޗް ސޮކާކަޕް

ޕާމް ބީޗް ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރު ކޮށްފި

ޕާމް ބީޗް ސްޕޯޓްސް ކުލަބުން ފައިނަލަށް ދަތުރުކުރީ ސެމީގައި އައިޑިއަލް މޫވްމެންޓްސްގެ މައްޗަށް ކުރި ހޯދައިގެން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 31 ޖުލައި 2017 | ހޯމަ 14:44
ޕާމް ބީޗް ސޮކާ ކަޕްގެ ތެރެއިން

ޕާމް ބީޗް ސޮކާ ކަޕްގެ ތެރެއިން

ޕާމް ބީޗް ރިސޯޓް އެންޑް ސްޕާއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ޕާމް ބީޗް ސޮކާ ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ، ޕާމް ބީޗް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ޕާމް ބީޗް ސްޕޯޓްސް ކުލަބުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ. ސެމީގެ ފުރަތަމަ މެޗުގައި އައިޑިއަލް މޫވްމެންޓްގެ މައްޗަށް 5-4 އިން ކުރި ހޯދައިގެންނެވެ.

ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ޕާމް ބީޗް ސްޕޯޓްސް ކުލަބަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުލް ރަހީމް އަބޫބަކުރާއި، އިބްރާހިމް ވަހީދާއި، ގުރައިޝް އަބްދުލް ރައްޒާގް އެވެ. އަބްދުލް ރަހީމް އަބޫބަކުރު ދެ ލަނޑު ކާމިޔާބު ކޮށްދިންއިރު، އެޓީމުގެ އެއް ލަނޑަކީ ބައިކޮޅަށް ވަތް ލަނޑެކެވެ.

އައިޑިއަލް މޫވްމެންޓްސް އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް އާއި، އަހްމަދު މުބާހް އެވެ. އަހުމަދު މުބާހް ވަނީ 3 ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ.

މުބާރާތުގައި މާދަމާ ކުޅޭނީ ސެމީގެ 2 ވަނަ މެޗެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ކޮކޫން ފުޓްބޯލް ޓީމާއި، ސްޕޯޓިން ވެކެންޒާއެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 7 ޓީމު ވާދަކުރެއެވެ. އެގޮތުން ގްރޫޕް "އޭ" ގައި ހިމެނެނީ ޕާމް ބީޗް ސޮކާ ކްލަބް އާއި، ހިންނަވަރު އެފްސީ އާއި، ސްޕޯޓިން ވެކެންޒާގެ އިތުރުން ކޭ ޔުނައިޓެޑެވެ. ގްރޫޕް "ބީ" ގައި ހިމެނެނީ ކޮކޫން ފޫޓްބޯލް ޓީމާއި، ކުރެއްދޫ އެފްސީ އާއި، އައިޑިއަލް މޫވްމެންޓްސް އެވެ.

ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާ މި މުބާރާތުގައި ފެއާ ޕްލޭ ޓީމާއި، ޑްރީމް ޓީމާއި، އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އާއި، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު