Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓްރަމްޕްގެ އިމްޕީޗްމަންޓް ޓްރެއަލް

ޓްރަމްޕްގެ އިމްޕީޗްމަންޓް ޓްރެއަލްއާ ދިމާކޮށް ކެޕިޓޮލްގައި ސަލާމަތީކަންކަން ވަރުގަދަކޮށްފި

ޓްރަމްޕްގެ ދެވަނަ އިމްޕީޗްމަންޓް ޓްރެއަލް ކުރިޔަށްދާނީ އަންގާރަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2021 | އަންގާރަ 10:48
ކެޕިޓޮލްގެ ބޭރުގައި ސަލާމަތީފަރާތްތަކުން ހަރަކާތްތެރިވަނީ

ކެޕިޓޮލްގެ ބޭރުގައި ސަލާމަތީފަރާތްތަކުން ހަރަކާތްތެރިވަނީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރުމުގެ ޓްރެއަލްއާ ދިމާކޮށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ހުންނަ އިމާރާތްކަމަށްވާ ކެޕިޓޮލްގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށް ފެޑެރަލް އޮފިޝަލުން ބުނެފިއެވެ.

ކެޕިޓޮލްގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި މިވަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އިލެކްޓޯރަލް ކޮލެޖްގެ ރަސްމީ ނަތީޖާ ހާމަކުރުމަށް ހައުސްގައި ބައްދަލުވުން ކުރިޔަށްދަނިކޮށް ބަޔަކު ގަދަކަމުން ކެޕިޓޮލްއަށް ވަދެ ހަމަނުޖެހުން ހިންގިތާ މަސް ދުވަސް ފަހުންނެވެ. އެހަމަނުޖެހުންތަކުގައި ހަ މީހެއް ވަނީ މަރުވެފައެވެ.

ނޭޝަނަލް ގަރޑްގެ މެމްބަރުން ހާމަކުރާގޮތުގައި ކެޕިޓޮލްގެ ތެރޭގައި ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. އަދި އިމްޕީޗްމަންޓް މެނޭޖަރސްގެ ގޮތުގައި ހަރަކާތްތެރިވާ ޑިމޮކްރަޓިކް 9 މެމްބަރުންނަށް އަންނަނީ ވަކިވަކިން ސަލާމަތާއި ރައްކާތެރިކަން ދެމުންކަމަށް އޮފިޝަލުން ބުނެއެވެ. އެގޮތުން އިމްޕީޗްމަންޓާ ގުޅުންހުރި ބައްދަލުވުންތައް ކުރިޔަށް ގެންދާއިރު އާއި އެނޫންވެސް މަސައްކަތްތަކުގައި އުޅޭއިރު އެއިން ކޮންމެ މެމްބަރަކަށް ވަކިވަކިން ސަލާމަތާއި ރައްކާތެރިކަން ދެމުން ގެންދާކަމަށާއި އެކަންކަން ބަލަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ.

އަދި ހައްދު ފަހަނައަޅާފައިވާ މީހުން ކެޕިޓޮލްގެ ބޭރުގައި ހަމަނުޖެހުމެއް ހިންގަފާނެކަމަށް ބަލައި އެކަމަށްވެސް ތައްޔާރުވެ، ސަލާމަތީކަންކަން ކެޕިޓޮލްގެ ބޭރުގައި ވެސް ވަރުގަދަކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. މީގެއިތުރުން ސެނެޓަށް ވަންނަ ދޮރުކައިރީގައި ވެސް ސަލާމަތީކަންކަން ވަރުގަދަކޮށް އެކަންކަން ބަލަހައްޓަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ.

ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމުގައި ޗެމްބަރުގެ ތެރެއަށް ވެސް ވަދެފައިވެއެވެ. އަދި ހައުސްގެ ސްޕީކަރ ނެންސީ ޕެލޯސީގެ ރޫމުތެރެއަށް ވެސް ވަދެފައިވެއެވެ.

ޓްރަމްޕްގެ ދެވަނަ އިމްޕީޗްމަންޓް ޓްރެއަލް ކުރިޔަށްދާނީ އަންގާރަ ދުވަހުއެވެ. އެހެންކަމުން އެފްބީއައި އާއި ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިޔުރިޓީ ވެސް އޮތީ ހައި އެލަރޓްގައި ކަމަށް އޮފިޝަލުން ބުނެއެވެ. ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ދިމާވިފަދަ ކަމެއް ދިމާނުވާނެ ގޮތަށް ހުރިހާ ދިމަދިމާއަކުން ކަމާގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ.

އެފްބީއައި އިން އަންނަނީ ހަމަނުޖެހުމެއް ހިންގާނެކަމަށް ޝައްކުކުރެވޭ މީހުންގެ ކަންކަން ވެސް ގާތުން މޮނިޓަރ ކުރަމުންނެވެ. މީގެއިތުރުން ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ އެފަދަ ކަމެއް ކުރުމަށް އެހީތެރިވެދޭ ފަރާތްތައް ހޯދާ އެކަންކަން ހުއްޓުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ފެޑެރަލް އޮފިޝަލުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮބާމާކެއަރ އުވާލައި ޓްރަމްޕްގެ ހެލްތްކެއަރ ބިލް ފާސްކޮށްފި

އޮބާމާކެއަރ އުވާލައި ޓްރަމްޕްގެ ހެލްތްކެއަރ ބިލް ފާސްކޮށްފި

05 މެއި 2017
ރައީސް ޓްރަމްޕްގެ މުސާރަ ޕާކްތައް މަރާމާތު ކުރުމަށް

ރައީސް ޓްރަމްޕްގެ މުސާރަ ޕާކްތައް މަރާމާތު ކުރުމަށް

04 އެޕްރީލު 2017
ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!

ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!

30 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު