Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓްރަމްޕްގެ ސެކިއުރިޓީ އެޑްވައި

ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

ޖެނެރަލް މެކްމާސްޓަރއަކީ 2014 ވަނަ އަހަރު ޓައިމްސް މެގަޒިންގެ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓްގައި ހިމެނިފައިވާ ފަރާތެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2017 | އަންގާރަ 09:34
އެޗްއާރު މެކްމާސްޓަރ ވަނީ އެމެރިކާއާއި އަފްޣާނިސްތާނުގައި ވެސް މަސައްކަތް ކުރައްވާފައި

އެޗްއާރު މެކްމާސްޓަރ ވަނީ އެމެރިކާއާއި އަފްޣާނިސްތާނުގައި ވެސް މަސައްކަތް ކުރައްވާފައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ މަގާމަށް ލެފްޓިނެންޓް ޖެނެރަލް ހާބާރޓް ރޭމަންޑް މެކްމާސްޓަރ އައްޔަން ކުރައްވައިފިއެވެ.

އޭނާ މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ތިން ހަފްތާފަހުން މަގާމުން ވަކިކުރެވުނު މައިކަލް ފްލިންގެ ބަދަލުގައެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ލެފްޓިނެންޓް ޖެނެރަލްއެއްގެ ގޮތުގައި ހުންނެވި އެޗްއާރު މެކްމާސްޓަރ ވަނީ އެމެރިކާއާއި އަފްޣާނިސްތާނުގައި ވެސް މަސައްކަތް ކުރައްވާފައެވެ.

އޭނާ މަސައްކަތް ކުރެއްވީ ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭގައެވެ.

ރައީސް ޓްރަމްޕްގެ ފުރަތަމަ ހޮއްވެވުން ކަމުގައިވި ރިޓަޔަރޑް ވައިސް އެޑްމިރަލް ރޮބާޓް ހަވާޑް އަސްކަރިއްޔާއިން ވަކިވެ ވަޑައިގެންފައިވަނީ އަމިއްލަ ސަބަބު ތަކަކާހުރެ ފުރުސަތު ދޫކޮށްލައްވާފައެވެ.

ޓްރަމްޕްވަނީ އޭނާއަށް ތައުރީފް ކުރައްވައި އޭނާއަކީ ހުނަރާއި ތަޖްރިބާ އިންތިހާއަށް ހުންނެވި ބޭފުޅެއްކަމަށް ވިދާޅުވެފައެވެ.

ޖެނެރަލް މެކްމާސްޓަރއަކީ 2014 ވަނަ އަހަރު ޓައިމްސް މެގަޒިންގެ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓްގައި ހިމެނިފައިވާ ފަރާތެކެވެ.

އޭނާ ލިއުއްވާފައިވާ ޑިރެލިކްޝަން އޮފް ޑިއުޓީގައި އޭނާ ވަނީ ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާގެ ބައިވެރިވުމަށް ފާޑުކިޔާފައެވެ.

ޔުނިވާސިޓީ އޮފް ނޯތް ކެރޮލައިނާއިން ތާރީޚާ ބެހޭގޮތުން ޕީއެޗްޑީ ހައްދަވާފައިވާ މެކްމާސްޓަރ ވިދާޅުވީ އަނެއްކާ ވެސް ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އޭނާއަށް ލިބުނު ވަރަށްބޮޑު ޝަރަފެއްކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ސެކިއުރިޓީ އެޑްވައިޒރ މައިކްލް ފްލިން އެ މަގާމުން ވަކި ކުރައްވާފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން އެމެރިކާއިން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅިއިރު، އެ މައްސަލައިގައި މަޝްވަރާ ކުރެއްވިކަމުގެ ތުހުމަތު ފްލިންގެ މައްޗަށް ކުރެވިގެންނެވެ.

ބުނެވޭ ގޮތުގައި އެ މަޝްވަރާތަކާ ބެހޭ ގޮތުން އޭނާ ވަނީ އޮފިޝަލުންނަށް އޮޅުވާލައްވާފައެވެ.

ރަޝިއާގެ އެމްބަސެޑަރާ ފްލިން ފޯނުން ގުޅުއްވައިގެން މަޝްވަރާ ކުރައްވާފައިވަނީ ސަރުކާރުގެ މަގާމަށް އޭނާ އައްޔަން ކުރުމުގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައްޝާރުލް އަސަދަށް އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރުގެ އިންޒާރެއް

ބައްޝާރުލް އަސަދަށް އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރުގެ އިންޒާރެއް

10 އެޕްރީލު 2017
ރައީސް ޓްރަމްޕްގެ މުސާރަ ޕާކްތައް މަރާމާތު ކުރުމަށް

ރައީސް ޓްރަމްޕްގެ މުސާރަ ޕާކްތައް މަރާމާތު ކުރުމަށް

04 އެޕްރީލު 2017
ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!

ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!

30 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު