Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕްގެ ހެލްތްކެއަރ

އޮބާމާކެއަރ އުވާލައި ޓްރަމްޕްގެ ހެލްތްކެއަރ ބިލް ފާސްކޮށްފި

ރައީސް ޓްރަމްޕް ސިފަ ކުރައްވާފައިވާ ގޮތުގައި އޮބަމާކެއަރ އަކީ ޚަރަދު ބޮޑު ނިޒާމެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 5 މެއި 2017 | ހުކުރު 07:38
ޓްރަމްޕް ހުންނެވީ މި ނިންމުމަށް މަތިގޭގެ ތާއީދު ލިބިވަޑައިގަންނަވާނެކަން ޔަގީން ކުރައްވައިގެން

ޓްރަމްޕް ހުންނެވީ މި ނިންމުމަށް މަތިގޭގެ ތާއީދު ލިބިވަޑައިގަންނަވާނެކަން ޔަގީން ކުރައްވައިގެން

ރައީސް ޓްރަމްޕްގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ރައީސް އޮބާމާގެ ހެލްތްކެއަރ ޕްލޭން، އޮބާމާ ކެއަރ އުވާލައްވައި ރައީސް ޓްރަމްޕް ހުށަހެޅުއްވި ހެލްތް ކެއަރ ބިލް ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ފާސްކޮށްފިއެވެ.

ދި އެމެރިކަން ހެލްތް ކެއަރ އެކްޓް(އޭއެޗްސީއޭ) ފާސްކޮށްފައި މިވަނީ މި ބިލަށް ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ތާއީދު ހޯއްދެވުމަށްވެސް ހަފްތާތަކެއްވަންދެން މަސައްކަތް ކުރެއްވުމަށްފަހުއެވެ.

ޑެމޮކްރޭޓުންގެ ހުރިހާ މެމްބަރުން މި ބިލަށް ދެކޮޅު ހައްދަވާފައިވާއިރު އެ ޕާޓީގެ ހައުސް ލީޑަރު ނަންސީ ޕެލޯސީ ވިދާޅުވީ އެއި "ފިނޑި ނިންމުމެއް"ކަމަށެވެ.

ރައީސް ޓްރަމްޕް ހުންނެވީ މި ނިންމުމަށް މަތިގޭގެ ތާއީދު ލިބިވަޑައިގަންނަވާނެކަން ޔަގީން ކުރައްވައިގެންނެވެ.

"ގޯހެއް ނަހައްދަވާތި، މިއީ އޮބާމާކެއަރ ބާތިލް ކުރުމަށްފަހު އޭގެ ބަދަލު"ބިލް ފާސްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވައިޓް ހައުސްގެ ރޯސް ގާޑެންގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

އާ ރައީސްއަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ފުރަތަމަ ކާމިޔާބީ ލިބިވަޑައިގަތުމަކީ ހެޔޮފާލެކެވެ.

މީގެ އިތުރުން ބިލްގައި ހިމެނޭ ކަންތައްތަކަށް ރިޕަބްލިކަން ޕާޓީން އެއްބަސްނުވެވި މާޗްމަހު ބިލް ދޫކޮށްލެވިފައި އޮތުމަށްފަހު އެކަން އަނބުރާލެވުމަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ބިލް ފާސްކުރުމަށް 216 ވޯޓް ބޭނުންވާއިރު ފާސްވެފައިވަނީ 217 ވޯޓުންނެވެ. ޑެމޮކްރެޓިކް ޕާޓީގެ އެއްވެސް މެމްބަރަކު ވޯޓް ދެއްވާފައެއް ނުވެއެ ވެ.

ބިލާދެކޮޅަށް މުޒާހަރާ ކުރި ފަރާތްތަކުންވަނީ ބިލް ފާސްކުރެއްވުމަށްފަހު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ނުކުމެވެޑައިގަތުމުން މެމްބަރުންނާ ދިމާލަށް "ލަދު ކޮބައިތޯ" އަހައި ހަޅޭއްލަވާފައެވެ.

ރައީސް ޓްރަމްޕް ސިފަ ކުރައްވާފައިވާ ގޮތުގައި އޮބަމާކެއަރ އަކީ ޚަރަދު ބޮޑު ނިޒާމެކެވެ. ނަމަވެސް ޑެމޮކްރޭޓުން ސިފަ ކުރައްވާގޮތުގައި ޓްރަމްޕް ކުރައްވާން އުޅުއްވާ ކަމަކީ މުއްސަނދިންނަށް ފައިދާވާ ނިޒާމަކަށް ގައުމުގެ ކަންކަން އަބުރާލެއްވުމެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ރައީސް ޓްރަމްޕްގެ މުސާރަ ޕާކްތައް މަރާމާތު ކުރުމަށް

04 އެޕްރީލު 2017
ރައީސް ޓްރަމްޕްގެ މުސާރަ ޕާކްތައް މަރާމާތު ކުރުމަށް
30 މާރިޗު 2017

ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!

30 މާރިޗު 2017
ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!
25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
18 މާރިޗު 2017

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު