Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހަށް ހުށަހެޅި ގަރާރު

އިސްލާމީ ދައުލަތްތަކުގެ ޒަމާނުގެ މިޔުޒިކްތަކުން އެ ދައުލަތްތަކަށް އެއިރުގެ މީހުން އިތުރަށް ހިތްކިޔާ ގޮތްވެސްވި - އީވާ

8 ފެބުރުއަރީ 2021 | ހޯމަ 17:18

އުމަވީ ދައުލަތާއި އައްބާސީ ދައުލަތަކީ އިސްލާމީ މިޔުޒިކްގެ ރަންޒަމާން ކަމަށް އީވާ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ފެބުރުއަރީ 2021 | ހޯމަ 17:18
އީވާ އަބްދުﷲ/ ގަލޮޅު އުތުރު ދާއިރާގެ މެމްބަރ

އީވާ އަބްދުﷲ/ ގަލޮޅު އުތުރު ދާއިރާގެ މެމްބަރ

މިޔުޒިކަކީ ދުނިޔެ އުޖާލާކުރާއިރު އިންގިލާބުވެސް ކުރާ އެއްޗެއްކަމަށާއި މިޔުޒިކް ކަންފަތުގައި ޖެހުމުން އެއަޑުއަހާ މީހާ އާއި ދުނިޔެ އެއްކޮށް ބަދަލުކޮށްލާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކު އަޑުއަހާލާއި، އެކުވެރިންނާ ބައްދަލުކޮށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް އެދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު ވަނީ ހޯމަ ދުވަހުގެ ޖަލްސާއަށް ގަރާރު ހުށަހަޅުއްވާފައެވެ. މިގަރާރަށް ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަދައްކަވަމުން އީވާ ވަނީ ދުނިޔެ ދެކެފައިވާ ބޮޑެތި ބަދަލުތައް ގެނައުމުގައި މިޔުޒިކް ކުޅެފައިވާ ރޯލާއި ދިވެހި މިޔުޒިކް ކުޅޭ ފަރާތްތަކަށް ފުރުސަތު ދޭންޖެހޭކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.

Advertisement - newsAdvertisement

އެގޮތުން އީވާ ވިދާޅުވީ ގައުމެއްގެ ރޫހު ބިނާވެގެންދަނީ އެތައް ކަމެއްގެ މައްޗަށްކަމަށާއި ގައުމެއްގެ ސަގާފަތާއި އާދަކާދަޔާ އެއީ ގައުމެއްގެ ރޫހު ގެނެސްދޭ ކަންކަން ކަމަށެވެ. އަދި ސަގަފާތާއި އާދަކާދައިގެ ތެރޭގައި މިޔުޒިކާއި ލަވަޔާއި ޅެމާއި ވާހަކައާއި ތަމްސީލާ ހިމެނޭއިރު މިއެއްޗިއްސާ ނުލާ ގައުމެއްގެ ސަގާފަތެއް އަދި ގައުމެއްގެ ތަރިކައެއް އަދި ގައުމެއްގެ ރޫހެއްވެސް ނޯންނާނެކަމަށެވެ. 1500 ބީސީން ފެށިގެން އިންސާނުން މިޔުޒިކް ގެންގުޅޭ ކަމަށާއި ފުރަތަމަ މިޔުޒިކެއްގެ ގޮތުގައި ގެންގުޅުނީ އިންސާނާގެ އަޑުކަމަށް އީވާ ވިދާޅުވިއެވެ.

އޭރުއްސުރެ މިޔުޒިކް ބޭނުންކުރަމުންދާއިރު އުމަވީ ދައުލަތާއި އައްބާސީ ދައުލަތަކީ އިސްލާމީ މިޔުޒިކްގެ ރަންޒަމާން ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ދުނިޔޭގައި މީގެކުރިން ހިނގާފައިވާ ކަންކަމާމެދު ހިތްހަމަނުޖެހިގެން އެކަންކަން އެންމެ ބޮޑަށް ހާމަކުރަމުންދިޔައީ މިޔުޒިކްގެ ޒަރީއާއިން ކަމަށެވެ. އެގޮތުން 1960 އަދި 1970ގެ އަހަރުތަކުގައި އެމެރިކާ އާއި އިނގިރޭސިވިލާތުގައި ޕަންކް ރޮކުން އޭރުގެ ޒުވާނުންގެ ހިތްހަމަނުޖެހުން ސަރުކާރުތަކަށާއި އޭރު ދުނިޔޭގައި ހިނގަމުންދިޔަ ކަންކަމަށް ދޭހަކޮށް ދެމުން ގެންދިޔަކަމަށެވެ.

އަދި ދެކުނު އެފްރިކާގެ ނަސްލީ އިމްތިޔާޒާދެކޮޅަށް މަސައްކަތްކުރުމަށް ހިތްވަރުދިނީ މިޔުޒިކްގެ ޒަރީއާއިން ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ރާއްޖެއަށް ބަލާއިރު 7 ފެބްރުއަރީގައި ވެރިކަން ވެއްޓި ޖެހިގެން އައި ފެބްރުއަރީ 8 ވަނަ ދުވަހަކީ ހިތްވަރާއެކު ތެދުވި ދުވަސްކަމަށެވެ. އެދުވަހު ހިތްވަރާއެކު ނިކުތީ ޝިއުޒް ނިކުމެ ޗިސްޗިސްކޮށްލިޔަސް، މަފިސްފިސްކޮށްލިޔަސް ނެތޭ ވެވޭކަމަށް ބާޣީއަކަށް ލަވަޔަކުން ބުނުމުން ކަމަށެވެ.

އީވާ ވިދާޅުވީ 2020 ވަނަ އަހަރު ދުނިޔެއަށް ދިމާވި ޕެންޑަމިކްގައިވެސް ސްޕެއިން، އިޓަލީ ފަދަ ތަންތަނުން މީހުން ބެލްކަންޏަށް ނިކުމެ ލަވަކިޔުމުން ހިތްވަރު ލިބިގެންދިޔަ ކަމަށެވެ.

އީވާ ވިދާޅުވީ ދިވެހި ޒުވާނުންނަށް އަދި މިޔުޒިކް ކުޅޭ މީހުންނަށް އެހިތްވަރާއި އެޖާގަ ދޭންޖެހޭ ކަމަށެވެ.

އީވާ ވިދާޅުވީ ކުރިން މާލޭގެ މަގުމަތީން އިވުނު ލަވަތަކުން އޭރުގެ މީހުންގެ ދިރިއުޅުން އުޖާލާވި ގޮތަށް އެފުރުސަތު މިއަދުގެ ޖީލަށްވެސް ލިބިގެންދާންޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2017

އިސްލާމީ ރިސާލަތު ފަތުރާ، ދީނަށް ލޯބިކުރާ ބަޔަކުކަމުގައިވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

30 ނޮވެމްބަރު 2017
އިސްލާމީ ރިސާލަތު ފަތުރާ، ދީނަށް ލޯބިކުރާ ބަޔަކުކަމުގައިވުމަށް ރައީސް އިލްތިމާސް ކުރައްވައިފި
25 ނޮވެމްބަރު 2017

ދީނީ ހަރުކަށި ވިސްނުމުގެ ގްރޫޕުތަކުން ދޭ ހަމަލާތަކާ ދެކޮޅަށް މުޅި އިސްލާމީ ދުނިޔެ ތެދުވާން ޖެހޭ: އެމްޑީޕީ

25 ނޮވެމްބަރު 2017
ދީނީ ހަރުކަށި ވިސްނުމުގެ ގްރޫޕުތަކުން ދޭ ހަމަލާތަކާ ދެކޮޅަށް މުޅި އިސްލާމީ ދުނިޔެ ތެދުވާން ޖެހޭ: އެމްޑީޕީ
15 ނޮވެމްބަރު 2017

އިސްލާމީ ވެރިއަކު ވިދާޅުވެގެން ނުވާނެ އެތައް ބަސްފުޅެއް ރައީސް ޔާމިން ވިދާޅުވެފައިވޭ: ޑރ. މަޖީދު

15 ނޮވެމްބަރު 2017
އިސްލާމީ ވެރިއަކު ވިދާޅުވެގެން ނުވާނެ އެތައް ބަސްފުޅެއް ރައީސް ޔާމިން ވިދާޅުވެފައިވޭ: ޑރ. މަޖީދު
11 އޯގަސްޓު 2017

އިސްލާމީ ތާރީހުގައި ފެނިފައިވަނީ އަނިޔާވެރިންގެ ބާރު ނެތިގެން ގޮސްފައިވާތަން: އަރީފް

11 އޯގަސްޓު 2017
އިސްލާމީ ތާރީހުގައި ފެނިފައިވަނީ އަނިޔާވެރިންގެ ބާރު ނެތިގެން ގޮސްފައިވާތަން: އަރީފް
04 ޖުލައި 2017

އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު

04 ޖުލައި 2017
 އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު
03 ޖޫން 2017

ރޯދަ ހަދީޔާއެއްގެ ގޮތުގައި ސައުދީ އެމްބަސީން އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން

03 ޖޫން 2017
ރޯދަ ހަދީޔާއެއްގެ ގޮތުގައި ސައުދީ އެމްބަސީން އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް