Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނޫޒް ޖަލްސާ

އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު

ކޮމިޓީތަކުގެ މެޖޯރިޓީ ނުވަތަ އަޣުލަބިއްޔަތު އޮތީ ވެރިކަން ކުރާ ބޭފުޅުންގެ އަތުގައިކަމުން މިނިވަން މުއައްސަސާތައް ޖަވާބު ދާރީ ނުކުރެވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 4 ޖުލައި 2017 | އަންގާރަ 17:13
ރައީސް ނަޝީދު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު އަބްދުލް މަޖީދު

ރައީސް ނަޝީދު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު އަބްދުލް މަޖީދު

އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބު ދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއްކަމަށް ރައީސް ނަޝީދު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު، ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެއެެވެ.

މ. ކުނޫޒްގައި އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ.މަޖީދު ވިދާޅުވީ، ރައްޔިތުން ބަލައިގެންފައިވަނީ ޖުމްހޫރީ ވެރިކަމުގެ ނިޒާމެއްކަމަށެވެ. އެހެންކަމުން އެ ނިޒާމުގައި ބާރުތައް ވަކިކުރެވިފައިވާއިރު، މިނިވަން މުއައްސަސާތަކާއި ޖޭއެސްސީވެސް ޖަވާބުދާރީ ކުރުވާނީ މަޖިލީހުންކަމަށެވެ.

Advertisement - newsAdvertisement

މަޖިލީހުގައި ކޮމިޓީތައް އެކުލަވާލާފައިވާއިރު، އެ ކޮމިޓީތަކުގެ މެޖޯރިޓީ ނުވަތަ އަޣުލަބިއްޔަތު އޮތީ ވެރިކަން ކުރާ ބޭފުޅުންގެ އަތުގައިކަމުން މިނިވަން މުއައްސަސާތައް ޖަވާބު ދާރީ ނުކުރެވިފައިވާކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ. އަދި ހެދިފައިވާ ހުރިހާ މިނިވަން މުއައްސަސާތައްވެސް އެއްވެސްވަރަކަށް ޖަވާބުދާރީ ނުކުރެވިފައިވަނީ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީވެސް މިނިވަން ނުވުމުންކަމަށް މަޖީދު ވިދާޅުވިއެވެ.

"މަލްޓިޕާޓީ ނިޒާމެއްގައި ވެރިޔާ ޖަވާބުދާރީ ކުރުވުމަކީ މަޖިލީހުގެ ޒިންމާއެއް އެކަމަށް ޖާގަ ނުލިބުމުން ރައްޔިތުން މަގުތަކަށް ނުކުންނަން މި ޖެހެނީ" މަޖީދު ވިދާޅުވިއެވެ.

ޑރ. މަޖީދު ވިދާޅުވިގޮތުގައި ކޮމިޓީތައް އެކުލަވާއިރު، ސަރުކާރު ޒިންމާ ކުރުވާ ކޮމިޓީގެ އަޣުލަބިއްޔަތު އަދި އެހެން ކޮމިޓީތަކުގެ އަޣުލަބިއްޔަތު ވެސް ސަރުކާރަށް ނެގުމަކީ އެކަމަށް އެޅިފައި އޮތް ހުރަހެކެވެ. ސަރުކާރުގެ ކޮރަޕްޝަނާއި މުއައްސަސާތަށް ޖަވާބުދާރީ ކުރުވެން ނެތީ އެހެންވެކަމަށް މަޖީދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުން ޑރ. މަޖީދު ވިދާޅުވީ އީސީއަށް އޮތް މަސައްކަތަކީ ޕާޓީތައް ޖޫރިމަނާ ކުރުން އެކަނިކަމަށް ހީވާކަމަށާއި، ޕާޓީތައް ހިންގުމަށް ދޭ ފައިސާވެސް އަހަރު ނިމޭ އިރުވެސް ނުދެވޭކަމަށެވެ.

މިރާއްޖޭގައި ހިނގަމުންދިޔަ ނޭއްގާނީ ކަންކަން އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން، ރައީސް ޔާމީނާއި ހިއްސާކުރެއްވުމުން އެކަމާއި އަޅާލެއްވުމުގެ ބަދަލުގައި، އެެމަނިކުފާނު ޖަލަށްލާފައިވާކަން ޑރ. މަޖީދު ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ކަންކަން ގޯސްކޮށް ކުރަން ފެށުމުން އެމަނިކުފާނުގެ ބޭބޭފުޅު ރައީސް މައުމޫނު އެކަން ރައީސް ޔާމީނުގެ ސަމާލުކަމަށް ގެންނަވާ، އެތަށް ގޮތަކުން ނަސޭހަތްދެއްވާ ހެއްދެވުމުންވެސް ގަބޫލު ނުކުރެއްވުމުގެ ނަތީޖާއަކީ، ރައީސް މައުމޫނުވެސް އެމަނިކުފާނާއި ފެއަށް ޖެހިވަޑައިގަންނަން މަޖުބޫރުވުންކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ.

ސަރުކާރަށް ހުރިހާ ގޯސްކަމެއް ކުރުމަށް މަގުފަހިކޮށްދެނީ މަޖިލީހުގެ ރައީސްކަމަށާއި، އެހެން އެކަން ހިނގިޔަނުދިނުމަށް ރައީސް މަސީހު އެ މަގާމުން ދުރުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހަކީ ސަރުކާރުން ފޮނުވާ ބިލްތަކުގައި ސްޓޭމްޕްޖަހަން އެކަނި އޮތް ތަނެއް ނޫންކަމަށާއި، އަދި ގާނޫނުތައް ހަދަން އެކަނިވެސް އޮތްތަނެއް ނޫންކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ.

ސަރުކާރު ޖަވާބު ދާރީ ކުރުމާއިއެކު ސަރުކާރު ހިންގުމުގައި ޗެކް އެންޑް ބެލެންސް ހިފަހައްޓަންވެސް އޮތްތަނަކީ މަޖިލިސްކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެކަން ކުރުމުގައި މަޖިލިސްވަނީ ނުކުޅެދިފައި ކަމަށާއި، ސަބަބަކީ މަސީހު ކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ. އެހެންކަމުން މަސީހު ވަކިކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި ގޮންޖެހުންތައް ގިރާކުރައްވާ، ހުރިހާ މެންބަރުންވެސް ފައްޓަވާފައިވާ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސްދެއްވުމަށް މަޖީދުވަނީ މަޖިލިސް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ވެރިން ޖަވާބު ދާރީ ކުރުމަކީ ވަކިވަކި ފަރުދުންނަށް ވާނެކަމެެއް ނޫންކަން ފާހަގަކުރައްވާ، މަޖީދު ވިދާޅުވީ، މި ޒަމާނުގެ ގޮތަކީ ޕާޓީތައް އެއްވެގެން އެކަންކުރުންކަމަށްވާއިރު، ޕާޓީ ނިޒާމަކީ އިސްލާމް ދީނާއި ފުށުއަރާ ނިޒާމެއްވެސް ނޫންކަމަށެވެ. އެ ނިޒާމުގައިވެސް ދެފަރާތުންވެސް ވާހަކަދެއްކުމުގެ ފުރުސަތު އޮންނަކަމަށް މަޖީދު ވިދާޅުވިއެވެ. އަދި ވާހަކަ ދައްކައިގެން ކަންކަން ހައްލު ނުވުމުގެ ނަތީޖާއަކީ މިއަދު ރައްޔިތުން މަގުމައްޗަށް ނުކުންނަށް ޖެހުންކަން އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު