Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ ބަދަލު

އިސްލާމީ ތާރީހުގައި ފެނިފައިވަނީ އަނިޔާވެރިންގެ ބާރު ނެތިގެން ގޮސްފައިވާތަން: އަރީފް

ބޮޑުތިލަދުންމަތި އިސްލާހީ މަސައްކަތަށް ނިކުންނާނެ

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2017 | ހުކުރު 20:44
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސެއިން އަރީފް - އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސެއިން އަރީފް - އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި

އިސްލާމީ ތާރީހުގައި ފެންނަން އޮތީ އަނިޔާވެރިންގެ ނިމުން އައިސްފައި އޮތް މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް ވިދާޅުވެއްޖެއެވެ. އަރީފް މިފަދައިން ވިދާޅުވީ އިދިކޮޅު ފަރަތްތަކުން އެމްޑީޕީ ހަރުގެ ކުރިމަތީގައި ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ސުލްހަވެރި އެއްވުމުގައެވެ.

ހުސެއިން އަރީފު ވިދާޅުވީ ވެރިން އަބަދު ވެސް ބޭނުންވާން ޖެހޭނީ ރައްޔތުންގެ ލޯބި ކަމަށެވެ. އަދި މިގައުމުގައި އެއްވެސް މީހަކު ދުސްމަން ވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަރީފް ވިދާޅުވީ ކުރަމުންދާ މަސައްކަތަކީ އިސްލާހީ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ކުރަނީ ކާފަ ދަރިންގެ ހައްގުގައި ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ގައުމު މި އޮތް ގޮތަށް ކާފަދަރިންނާއި ހަމައަށް ގެންދިޔުމަށް ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ކުރެވޭ މަސައްކަތުން ނަތީޖާއެއް ނުލިބި މިގައުމު ކާފަ ދަރިންނާއި ހަމައަށް ގޮސްފިނަމަ ތެދުބަހުން އަރީފަށް ކުރެވުނު މަސައްކަތް ކާފަދަރިންނަށް ކިޔައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ރައްޔިތުންނަށް ލިބެމުންދަނީ އަނިޔާ އާ ބޭއިންސާފު ކަމަށް ވެސް އަރީފް ވިދާޅުވިއެވެ. މި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި އަރީފް ވިދާޅުވީ އެމަނިކުފާނަށް މިހާރު ޖެހިވަޑައިގެންފައިވާ ހާލުކޮޅަކީ " ބޮކަށް" ޖެހުނު ހާލުކަމަށެވެ. އަދި ރައީސް ޔާމީނަށް މަޖިލީހުގެ މެޖޯރިޓީގެއްލި މެންބަރުންކޮޅު ގެއްލުމުން ކަމެއް ވެއްޖެ ކަން އެނގިވަޑައިގެންފި ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް އަރީފް ވިދާޅުވީ އިސްލާހީ މަސައްކަތުގެ އެންމެ ކުރިޔަށް ބޮޑުތިލަދުންމަތި ނިކުންނާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު