Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

އިސްލާމީ ރިސާލަތު ފަތުރާ، ދީނަށް ލޯބިކުރާ ބަޔަކުކަމުގައިވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

30 ނޮވެމްބަރު 2017 | ބުރާސްފަތި 06:58

ކުރިއަރައިދާނީ، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައިގެން، ކަމަށް ވިދާޅުވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 30 ނޮވެމްބަރު 2017 | ބުރާސްފަތި 06:58
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން:-

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން:-

އިސްލާމީ މަތިވެރި ހިދާޔަތުގައި ދެމިތިބެ، އިސްލާމީ ރިސާލަތު ފަތުރާ، އަދި އެ ދީނަށް ލޯބިކުރާ ބަޔަކުކަމުގައިވުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.

ކީރިތި ރަސޫލާގެ އީދު މީލާދީއާ ގުޅިގެން ރައީސް އަބްދުﷲ ޔާމިން ފޮނުއްވެވި ހިތާބުގައި މި ދުވަހާ ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އެމަނިކުފާނު ވަނީ ދުވަހުގެ ތަހްނިޔާ ފޮނުއްވާފަ އެވެ.

Advertisement - newsAdvertisement

މާތްވެގެންވާ އިސްލާމްދީނަކީ، އެންމެފުރިހަމަ ދީން ކަމަށާއި އެއީ ހުރިހާ ޒަމާންތަކަށާއި ހުރިހާ ތަނަކަށް އެކަށީގެންވާ ގޮތުގައި ﷲ ފޮނުއްވި މާތް ހިދާޔަތެއްކަން ފާހަގަ ކުރައްވާފައިވާ އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑުމެން ކުރިއަރައިދާނީ، އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފަހައްޓައިގެން، އެ މާތް ނަބިއްޔާ ދެއްކެވި މާތް ހިދާޔަތުގައި ދެމިތިބެގެން ކަމާމެދަކު ޝައްކެއްނެތް " ކަމަށެވެ.

އަދި އެހެންމެ މާތްﷲގެ ރިސާލަތު މީސްތަކުންގެ ތެރޭގައި ފެތުރުއްވުމުގައި ކީރިތި ރަސޫލާ صلّى اللّــه عليه وسلّم އަށް ކިތަންމެ ދަތިތަކަކާއި އުނދަގޫތަކެއް ތަޙަންމުލު ކުރައްވަން ޖެހިވަޑައިގެންނެވިނަމަވެސް، އެކަލޭގެފާނު އެ ދެއްކެވި ހިތްވަރުފުޅުގަދަކަމާއި ކެތްތެރިކަމުގެ ނަމޫނާއިން ދަސްކޮށްދެއްވީ ޢިބްރަތްތެރި ފިލާވަޅުތަކެއް ކަމަށް ވިދާޅުވެފައިވެ އެވެ.

"އޭގެ ނަތީޖާއަކަށްވީ، އިސްލާމީ އުންމަތަކީ މުޅިދުނިޔޭގެ އެންމެން ޤަދަރުކުރާ، އިޙުތިރާމުކުރާ، ޢިލްމީގޮތުންނާއި، ހުރިހާގޮތަކުން ވެސް ދުނިޔޭގެ އެންމެ ޝަރަފުވެރި، އެންމެމާތް އުންމަތް ކަމުގައިވުމެވެ." އެމަނިކުފާނުގެ ހިތާބުގައި ފާހަގަ ކުރައްވާފައިވެ އެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ކީރިތި ރަސޫލާގެ ޢީދުމީލާދުގެ ޛިކުރާ އާކޮށް، އާލާކުރުމުގެ އެންމެބޮޑު ބޭނުމަކަށް ވާންޖެހެނީ ވެސް، އެކަލޭގެފާނުގެ ޙަޔާތްޕުޅުން ޢިބުރަތް ލިބިގަތުމާއެކު އެ މަތިވެރި ގޮތްތަކާއި އުޞޫލުތައް ދަސްކޮށް، އެކަލޭގެފާނު ދެއްކެވި މާތް ހިދާޔަތުގައި ދެމިތިބުން ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަރައިދާނީ، އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފަހައްޓައިގެން، އެ މާތް ނަބިއްޔާ ދެއްކެވި މާތް ހިދާޔަތުގައި ދެމިތިބެގެން ކަމާމެދަކު ޝައްކެއްނެތެވެ.،" ރައީސް ވިދާޅުވި އެވެ.

ކީރިތި ރަސޫލާގެ އީދު މީލާދުގެ ގޮތުގައި ފާހަގަ ކުރަނީ ރަބީލްއައްވަލްމަހުގެ 12 ވަނަ ދުވަހެވެ. އެއީ އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ދުވަހެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 ޖޫން 2017

ދޮގު މައުލޫމާތު ފަތުރާ ކަމަށްބުނެ ޠައްޔިބު އަނެއްކާވެސް ފުލުހަށް!

11 ޖޫން 2017
ދޮގު މައުލޫމާތު ފަތުރާ ކަމަށްބުނެ ޠައްޔިބު އަނެއްކާވެސް ފުލުހަށް!
03 ޖޫން 2017

ރޯދަ ހަދީޔާއެއްގެ ގޮތުގައި ސައުދީ އެމްބަސީން އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން

03 ޖޫން 2017
ރޯދަ ހަދީޔާއެއްގެ ގޮތުގައި ސައުދީ އެމްބަސީން އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން
28 މެއި 2017

މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް

28 މެއި 2017
 މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް
18 މެއި 2017

ބޯ ވިއްސާރަ ވިލާތައް ރާއްޖެ މަތީ ފަތުރާލައިފި

18 މެއި 2017
ބޯ ވިއްސާރަ ވިލާތައް ރާއްޖެ މަތީ ފަތުރާލައިފި
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް