Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަމަޟާން 1438

ރޯދަ ހަދީޔާއެއްގެ ގޮތުގައި ސައުދީ އެމްބަސީން އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން

މަގުޞަދަކީ ދެ ޤައުމުގެ ގުޅުން ބަދަހި ކުރުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 3 ޖޫން 2017 | ހޮނިހިރު 04:53
އިސްލާމީ މަރުކަޒު

އިސްލާމީ މަރުކަޒު

ރާއްޖެއަށް ހަދިޔާކުރާ ރޯދަ ހަދިޔާއެއްގެ ގޮތުގައި މި ރަމަޟާން މަސް ނިމެންދެން ކޮންމެ ދުވަހަކުވެސް އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލޭނެ އިންތިޒާމް ހަމަޖައްސައިދޭން، ރާއްޖޭގައި ހުންނަ ސައުދީ އަރަބިއާގެ އެމްބަސީން ނިންމައިފިއެވެ.

ސައުދީ އެމްބަސީގެ ރޯދަ ވީއްލުންތައް ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގައި ފަށާފައިވާއިރު، އެނގިފައިވާ ގޮތުގައި މިއީ ދެ ޤައުމުގެ ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުން، ސައޫދީ އަރަބިއްޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަދުރު އަލްޚައިރުގެ އިސް ނެންގެވުމާ އެކު ފައްޓާފައިވާ ކަމެކެވެ.

Advertisement - newsAdvertisement

ސައުދީ އެމްބަސީން ބުނެފައިވާ ގޮތުގައި މިއީ ދިވެހިރާއްޖެއާއި މެދު ސައުދީން ގެންގުޅޭ ގާތްކަން އިތުރަށް ބަދަހި ކުރުމުގެ ނިޔަތުގައި ފަށާފައިވާ ކަމެކެވެ.

އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން ހަމަޖެއްސުމުގެ އިތުރުން، މި ރަމަޟާން މަހާއި ދިމާކޮށް، ސައުދީ އެމްބަސީން ވަނީ ރާއްޖޭގެ ބައެއް ރަށްތަކުގެ މިސްކިތްތަކުގައި ކަދުރުވެސް ބަހާފައެވެ. އަދި ރަމަޟާން މަސް ފެށިގެން އައި އިރު ސައުދީ ސަރުކާރުން ވަނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ދިވެހި ރައްޔިތުންނަށް ބެހުމަށް 50 ޓަނުގެ ކަދުރު ދިވެހި ސަރުކާރާއި ހަވާލުކޮށްފައެވެ.

ސައުދީ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިވަމުންދާއިރު، ފަހަކަށް އައިސް ސައުދީ ސަރުކާރުގެ ނުފޫޒު ދިވެހި ސަރުކާރުގެ މައްޗަށް ވަރަށް ބޮޑު ވެފައިވާކަން ފާހަގަކުރެވެއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި
14 ފެބުރުއަރީ 2017

ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި

14 ފެބުރުއަރީ 2017
ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު