Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

ދީނީ ހަރުކަށި ވިސްނުމުގެ ގްރޫޕުތަކުން ދޭ ހަމަލާތަކާ ދެކޮޅަށް މުޅި އިސްލާމީ ދުނިޔެ ތެދުވާން ޖެހޭ: އެމްޑީޕީ

އެމްޑީޕީ އިން މިހެން ބުނެފައި ވަނީ މިސްރުގެ މިސްކިތަަކަށް ހުކުރު ދުވަހު ދިން ހަމަލާ އާއި ގުޅިގެން ނެރުނު ބަޔާނެއްގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 25 ނޮވެމްބަރު 2017 | ހޮނިހިރު 17:18
ހަމަލާ އަށް ފަހު މިސްކިތުގެ އެތެރެ

ހަމަލާ އަށް ފަހު މިސްކިތުގެ އެތެރެ

މިސްރުގެ އަލް ރައުދާ މިސްކިތަށް ހުކުރު ދުވަހުގެ ނަމާދު ވަގުތުގައި ދިން އަނިޔާވެރި ހަމަލާއާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)، އިން ހިތާމަކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިހަމަލާއާ ގުޅިގެން އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނީ ހުކުރު ދުވަހުގެ މަތިވެރި އަޅުކަމުގެ ވަގުތުގައި ހަމަލާދީ، 200 އަށް ވުރެ ގިނަ އާންމު ރައްޔިތުންގެ ފުރާނަ ގެއްލިގެން ދިޔަކަމީ މުޅި އިސްލާމީ އުންމަތަށާއި އިންސާނިއްޔަތަށް ލިބިގެންދިޔަ ބޮޑު ހިތާމައެއް ކަމަށެވެ. ދީނީ ހަރުކަށި ވިސްނުމުގެ ގްރޫޕުތަކުން ދޭ މިފަދަ ހަމަލާތަކާ ދެކޮޅަށް މުޅި އިސްލާމީ ދުނިޔެ ތެދުވެ، އެކުއެކީ މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމުގައި އެމްޑީޕީން ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ދީނީ ހަރުކަށި ވިސްނުން އުފެދި ފެތުރެމުންދާ ސަބަބުތައް ދެނެގަނެގަތުމަކީ މިފަދަ އަނިޔާވެރިކަން ހައްލުކުރުމަށް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި އަދި އެކަންކަން ހައްލުކުރުމަކީ ދުނިޔޭގެ ކޮންމެ ގައުމަކުން މިއަދު މިހާރުން މިހާރަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވެސް އެމްޑީޕީ ގެ ބަޔާނުގައި ބުނެފައިވެއެވެ.

މިސްރުގައި ދެވުނު ހަމާލާއިން ހާމަވަނީ ޓެރަރިޒަމްގެ އަނިޔާވެރިކަމަކީ ވަކި ގައުމެއްގެ، ވަކި ދީނެއްގެ، ވަކި ނަސްލަކަށް ކުރިމަތިވެފައިވާ ބިރެއް ނޫން ކަމަށާއި އަދި ޓެރަރިޒަމާއި ދީނީ ހަރުކަށި ވިސްނުމަކީ އަނިޔާވެރި ރަހުމެއްނެތް އިންސާނިޔަތުކަމާ ޚިލާފް ވިސްނުމެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެެ.

އެމްޑީޕީ ގެ ބަޔާނުގައި އިތުރަށް ބުނީ ދިވެހިރާއްޖޭގައި ވެސް ހަރުކަށި ވިސްނުން ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، ދިވެހި ސަރުކާރުގެ ސިޔާސަތުތަކާއި ވަސީލަތްތައް ބައްޓަން ކުރެވިފައިވަނީ މިފަދަ ނުރައްކާތެރި ކަންކަން ހުއްޓުވުމަށް ނޫންކަން ކަންބޮޑުވުމާއެކު ފާހަގަ ކުރާ ކަމަށެވެ. ފުލުހުންނާއި ސިފައިންގެ ވަސީލަތްތައް މުޅިން ވެސް ހޭދަކުރަނީ ސިޔާސީ ގޮތުން ވާދަވެރި ފަރާތްތައް ހިފައި ހައްޔަރުކުރުމަށް ކަމަށާއި އަދި ދުނިޔޭގައި ހިނގާ މިފަދަ ކަންކަމަށް ބަލައި، އިބްރަތް ލިބިގަތުމުގެ ބަދަލުގައި ހަރުކަށި ވިސްނުމަށް މަގުފަހިކޮށްދޭ، ޚުދުމުހުތާރުކަމާއި، ކޮރަޕްޝަނާއި، އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ބޭނުން ކުރުން ފަދަ ސިޔާސަތުތައް ސަރުކާރުން ކުރިއަރުވަމުންދާކަމީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީގައި ބަޔާނުގައި ވެއެވެ.

އެމްޑީޕީ އިން ހޮނިހިރު ދުވަހު ނެރުނު ބަޔާން ނިންމާލާފައި ވަނީ ސަލާމަތީ ޚިދުމަތްތަކުން މިކަންކަމާ މެދު ފުންކޮށް ވިސްނައި، މިފަދަ ކަންކަމަށް ހިތްވަރުލިބޭ އަމަލުތައް ސަރުކާރުން ނުކުރުމަށް ސަރުކާރުގެ ވެރިންނަށާއި މުއައްސަސާތަކަށް ބާރު އެޅުމަށް ގޮވާލަމުންނެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން މިސްރުގެ އުތުރު ސައިނާ ސަރަހައްދުގައި ހުންނަ ސޫފީންގެ މިސްކިތައް ހުކުރު ދުވަހު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 305 އަށް ވަނީ އަރާފައެވެ. އަދި މިހަމަލާގައި 128 މީހުން ޒަޚަމްވި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2017

ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަކީ ދީނީ ގޮތުން ދިވެހި ރައްޔިތުންގެ މައްޗަށް ވާޖިބު ކަމެއް: ޢަބްދުއްރަހީމް

16 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަކީ ދީނީ ގޮތުން ދިވެހި ރައްޔިތުންގެ މައްޗަށް ވާޖިބު ކަމެއް: ޢަބްދުއްރަހީމް
11 ޖުލައި 2017

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. ބިލާލު ފިލިޕްސް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

11 ޖުލައި 2017
މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. ބިލާލު ފިލިޕްސް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ
22 ޖޫން 2017

ދީނީކަންކަން ކުރިއަރުވާ ފަންޑުގެ އެއް މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ!

22 ޖޫން 2017
ދީނީކަންކަން ކުރިއަރުވާ ފަންޑުގެ އެއް މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ!
04 ޖޫން 2017

ދީނީ ދަރުސް ދިނުމުގެ ހުއްދަ ޝައިޚް އިލްޔާސަށް އަލުން ދީފި

04 ޖޫން 2017
ދީނީ ދަރުސް ދިނުމުގެ ހުއްދަ ޝައިޚް އިލްޔާސަށް އަލުން ދީފި
20 މެއި 2017

ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ

20 މެއި 2017
ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު