Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހަށް ހުށަހެޅި ގަރާރު

މާލޭގައި ޒުވާނުންނަށް އުފާވެރި މާހައުލެއްގައި އެއްވެތިބޭވޭނެ މަރުކަޒެއް ހެދުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ގަރާރުގެ ބަހުސް ފަށައިފި

މި ގަރާރު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ފެބުރުއަރީ 2021 | ހޯމަ 11:42
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކު އަޑުއަހާލާއި، އެކުވެރިންނާ ބައްދަލުކޮށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް އެދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު ހުށަހެޅުއްވި ޤަރާރުގެ ބަހުސް ފަށައިފިއެވެ.

މި ޤަރާރު ހުށަހަޅުއްވަމުން ހަސަން ލަތީފު ވިދާޅުވީ މިއީ މާލޭއަށް ދިމާވެފައިވާ އެންމެހައި މައްސަލަތަކުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރުވެސް، ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކު އަޑުއަހާލައި އެކުވެރިންނާ ބައްދަލުކޮށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށާއި އެމަރުކަޒަކީ ޒުވާނުންގެ މިޔުޒިކުގެ ފަންނު އިތުރަށް ތަރައްޤީކުރުމުގެ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރެވެން ހުރި ކަންކަން ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅުއްވާ ގަރާރެއް ކަމަށެވެ.

Advertisement - newsAdvertisement

ހަސަން ލަތީފު ވިދާޅުވީ ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތަކަކީ އެމައްސަލަތަކުން މުޅިން އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަަތައްކަމަށެވެ. އަދި މާލޭގައި މިއޮތް ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި މަގުތަކުގެ ކާރޫބާރޫ ބޮޑުކަމާއި ވަޒީފާގެ ފުރުސަތުތަކުގެ މަދުކަމުގެ މައްސަލަތަކާއެކު އުޅެންޖެހިފައިވަނީ ހާސްކަމެއްގެ ތެރޭގައި ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުންނަށް އެއްވެ އުޅެވޭނެ ތަނެއްގެ މުހިންމުކަން އިތުރުވެފައިވާ ކަމަށެވެ. އަދި ޒުވާނުންގެ ތެރޭގައި އާދަޔާ ޚިލާފު ކުޅަދާނަ ފަންނާނުން އެބަތިބި ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

މިޔުޒިކް ހުނަރު ދަސްކުރަން ބޭނުން އެތައް ޒުވާނުންނެއް އެބަތިބިކަމަށާއި އެހެންކަމުން މިޔުޒިކް ރެކޯޑިން ސްޓޯޑިއޯތަކާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނަން ޖެހޭކަމަށް ގަރާރު ހުށަހަޅުއްވަމުން ހަސަން ލަތީފު ވިދާޅުވިއެވެ. މީގެއިތުރުން ރަނގަޅު އަދަދެއްގެ އޯޑިއެންސްއަކަށް ޝޯ ދެވޭނެ އިންތިޒާމު އެމަރުކަޒުގައި ހަމަޖެހުން މުހިންމު ކަމަށާއި ޒުވާނުންގެ ހުނަރު އާލާކޮށް އިތުރަށް ކުރިއެރުވުމުގައި ދައުލަތުގެ ޒިންމާ ބޮޑުކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

އެޒުވާނުންގެ އާދަޔާ ޚިލާފު ހުނަރު ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއް ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ އަންނަން އޮތް ޖީލަށް ދިވެހިންގެ ޘަގާފަތް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެވުމާއި ފޯރުކޮށް ނެދުވުން ބިނާވެފައިވަނީ އަދުގެ ދައުލަތުން ޒުވާނުންނާމެދު އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ. އަދި ޒުވާނުންގެ އެ މުހިންމު ބޭނުންތަކަކީ ސަރުކާރުން އިޖާބަދޭންވާނެ ކަންކަން ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ މަޒުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ޤަރާރު ހުށަހަޅުއްވާކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު