Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީ.ސީ.އަށް މެމްބަރުން ޢައްޔަނުކުރުމުގެ މައްސަލަ

އީ.ސީ.އަށް ޢައްޔަނުކުރުމަށް ޑރ. މުހައްމަދު ޒާހިރުގެ ނަން ހިމެނޭގޮތަށް 16 ނަމެއް ދިރާސާކުރުމަށް ކޮމިޓީއަށް

8 ފެބުރުއަރީ 2021 | ހޯމަ 07:26

އީ.ސީ.އަށް މެމްބަރަކު މި ޢައްޔަނުކުރަނީ އީ.ސީ.ގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް އެމަގާމުން އިސްތިޢުފާ ދެއްވުމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ފެބުރުއަރީ 2021 | ހޯމަ 07:26
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުސްވެފައިވާ މަގާމަށް މެމްބަރަކު ޢައްޔަނުކުރުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލީ މީހުންގެ ތެރެއިން ޑރ. މުހައްމަދު ޒާހިރު ހިމެނޭގޮތަށް 16 ނަމެއް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އީ.ސީ.އަށް މެމްބަރަކު ޢައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު އަމީން އާންމު ފާތުމަތު ނިއުޝާ އިއްވަވާދެއްވަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވަނީ އީސީއަށް އައްޔަނުކުރުމަށްޓަކައި ހުޅުވާލި ފުރުޞަތުގައި އެކަމަށް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ރައީސް އިސްކަންދެއްވާ ބޭފުޅެއްގެ ގޮތުގައި ގ. މާލޭހިޔާ 8-13 ޑރ މުހައްމަދު ޒާހިރުގެ ނަންފުޅު ފޮނުވާކަމަށެވެ.

Advertisement - newsAdvertisement

އަދި މިފުރުޞަތުގައި އެމަގާމަށް އެދި ހުށަހެޅި އިތުރު ފަރާތްތަކުގެ ނަންތައް ވެސް ފޮނުވާކަމަށް ރައީސް ވިދާޅުވިއެވެ. އީސީގެ މެމްބަރަކު ކަމަށް ދެން ކުރިމަތިލާފައިވަނީ 16 ފަރާތެކެވެ.

އީ.ސީ.އަށް މެމްބަރަކު މި ޢައްޔަނުކުރަނީ އީ.ސީ.ގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް އެމަގާމުން މިިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ. އަކްރަމް އިސްތިޢުފާދެއްވީ މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް އެމައްސަލަ ތަޅުމަށް ފޮނުވާފައިވަނިކޮށެވެ.

އަކްރަމް ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމީ ސުލޫކީ މައްސަލައެއްގެ ސަބަބުން ކަމަށް އެކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވަނީ ވިދާޅުވެފައެވެ. އެގޮތުން މުވައްޒަފުންނާ ވާހަކަ ދެއްކުމުގައި ކޮމިޝަންގެ މެންބަރުން ހިފަހައްޓަން ޖެހޭ އަހުލާޤީ މިންގަނޑު ހިފަހައްޓާފައިނުވާކަމަށް ކޮމިޓީގެ މެންބަރުންނަށް ގަބޫލުކުރެވޭ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

އަކްރަމްގެ އިސްތިޢުފާގެ ސިޓީ ގައި ވިދާޅުވެފައިވަނީ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ އިތުބާރެއްނެތި މެންބަރުކަމުގައި ދެމިހުންނެވުމަކީ އެންމެ ރަނގަޅުގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީގައި އަކްރަމް ވިދާޅުވީ އޭނާއާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލައަކީ ކަނޑައެޅިގެން ހަޤީގަތާއި ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށާއި، އެކަން ހިނގާފައިވާގޮތުގެ ތަފްސީލީ މަޢުލޫމާތު ކޮމިޓީއާ ޙިއްޞާކޮށްފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް ޢައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް