Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގައި މުދާ އުފުލުން

މާލޭގައި ދުއްވާ ހުރިހާ އުޅަނދަކަށް 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަދީފީ

6 ފެބުރުއަރީ 2021 | ހޮނިހިރު 03:29

ބަދަލުގެނެގެނެސްފައިވަނީ 3 ފެބުރުވަރީ 2021ން ފެށިގެން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 6 ފެބުރުއަރީ 2021 | ހޮނިހިރު 03:29
މާލޭގެ ބާޒާރުމަތީ ފިހާރައަކަށް ޕިކަޕަކުން މުދާ ބާލަނީ

މާލޭގެ ބާޒާރުމަތީ ފިހާރައަކަށް ޕިކަޕަކުން މުދާ ބާލަނީ

މާލެ ސަރަޙައްދުގައި، މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދެއްގައި ވެސް 24 ގަޑިއިރު މުދާ އުފުލުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަދީފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިޢުލާނެއްގައި ވަނީ އެ އޮތޯރިޓީން 9 ޖަނަވަރީ 2021 ގައި އިޢުލާނުކުރި، މާލެއާއި ހުޅުމާލޭގައި މުދާ އުފުލޭ ގަޑިތަކަށް މިހާރު ބަދަލުގެނެސްފައިވާކަމަށެވެ. އެގޮތުން 3 ފެބުރުވަރީ 2021 އިން ފެށިގެން ގްރޭޓަރ މާލެ ސަރަޙައްދުގައި، މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދުގައި 24 ގަޑިއިރު މުދާ އުފުލުމަށް ވަނީ ހުއްދަ ދީފައެވެ. ނަމަވެސް ސްކޫލު ގަޑިތަކުގައި ސްކޫލު ސަރަޙައްދުގައި އެއްގަމު އުޅަނދުގައި މުދާ އުފުލުމަކީ އަދިވެސް މަނާކަމެއްކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

9 ޖަނަވަރީ 2021ގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ކުރި އިޢުލާނުގެ ދަށުން ސްކޫލްތަކުގެ ސެޝަންތައް ފެށޭ ގަޑިއާއި ނިމޭގަޑީގައި ސްކޫލު ހިމެނޭ ސަރަޙައްދުގައި މުދާ އުފުލާ އުޅަނދެއްގައި މުދާ އުފުލުން މަނާކޮށްފައިވާއިރު، ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުރިޖުމަތިން މުދާ އުފުލުމުގައާއި ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުމުގަ އާއި މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލު ގެނެސްފައެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން އޭރު ވަނީ މާލެ އާއި ހުޅުމާލެއަށް ގަނޑުކޮށްގެންދާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި އަދި ޢިމާރާތްކުރުމަށް ބޭނުންކުރާ ގައު ފަދަތަކެތި ހަވީރު 6:00 ން ހެނދުނު 6:00 ށް ހުރިހާ ގިންތިއެއްގެ އުޅަނދެއްގައި އުފުލޭނެ ކަމަށް ބުނެފައެވެ. އަދި މާލެ އާއި ހުޅުމާލޭގައި ދުއްވާ 350 ކިލޯއިން ފެށިގެން ދަށުގެ ޕިކަޕު 24 ގަޑިއިރު މާލެތެރޭގައި ޑެލިވަރީކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލުމުގައި ހަރަކާތްތެރިވެވޭނެކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން އޭރު ވަނީ ހުއްދަދީފައެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން 9 ޖަނަވަރީ 2021ގައި އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ހެނދުނު 9:00 ން ހެނދުނު 11:30 ށް އަދި މެންދުރު 01:30 ން ހެނދުނު 6:00 ށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭނެއެވެ. އަދި ހެނދުނު 11:30ން މެންދުރު 01:30ށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދުގައި މުދާ އުފުލުން ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން ހަވީރު 6:00ން ހެނދުނު 6:00ށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެން އަދި ގޭސް އުފުލޭނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ހުޅުމާލެއަށް މުދާ ގެންދިއުމަށް، 2 ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖުމަތިން ދަތުރުކުރެވޭއިރު، މިފަދަ އުޅަނދު ދަތުރުކުރަންވާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުންކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ. އަދި 2 ޓަނުން މަތީގެ އުޅަނދު ބުރިޖުމަތިން ހަވީރު 6:00 އިން ހެނދުނު 6:00 އަށް މުދާ އުފުލޭގޮތަށް ޓްރާންސްޕޯޓުން ވަނީ ހަމަޖައްސާފައެވެ. ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލޭނެ ގަޑިތަކެއްވެސް ޓްރާންސްޕޯޓު އޮތޯރިޓީން އޭރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލެ އާއި ހުޅުމާލެއަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި އަދި ޢިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 6:00ން ހެނދުނު 6:00ށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް