Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ކަންމަތީ ޖަލްސާ

ރައީސް ޔާމީނަށް އިސްލާހު ކުރަންޖެހޭ ކަމެއް ނޭންގި ރައްޔިތުންނާއި ސުވާލު ކުރުމުން ހައިރާންވޭ: މެންބަރު ހުސައިން މުހައްމަދު

ކައުންސިލް އިންތިހާބުގައި ވޯޓުލުމުގައި އަނިޔާވެރިކަމާއި ދެކޮޅަށް ވޯޓު ލުމަށް ގޮވާލެއްވި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 30 އެޕްރީލު 2017 | އާދީއްތަ 23:36
މެންބަރު ހުސައިން މުހައްމަދު އެމްޑީޕީ ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަނީ

މެންބަރު ހުސައިން މުހައްމަދު އެމްޑީޕީ ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަނީ

ވެރިކަމުގައި ހުންނަ ފަރާތަކަށް ގައުމުގައި އިސްލާހު ކުރަންހުރި ކަންކަން ނޭންގި ރައްޔިތުންނާއި އެ ސުވާލު ކުރަން ޖެހުމަކީ ހާއިރާންވާންޖެހޭ ކަމެއް ކަމަށް ޖުމްހޫރީޕާޓީއަށް ނިސްބަތްވާ މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހެންވޭރު ދެކުނަށް ނިސްބަތްވާ ކައުންސިލް އިންތިހާބަށް ކުރިމަތިލައްވާ އިބްރާހިމް މަނިކުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އާދިއްތަ ދުވަހު ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން، ހުސައިން ވިދާޅުވީ، މިގައުމުގައި ކަންކަން މިއަދު ހިނގަނީ، ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި ކަންކަން ހިނގާ އުސޫލުން ބޭރުން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، ސިޔާސީގޮތުން އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ހައްޔަރުކޮށް، ސިޔާސީ ގޮތުން އެފަރާތްތަކަށް ކަންކަން ނުކުރެވޭނެ ގޮތްތައް ކުރިމަތި ކުރުވައި ފިއްތުންތަކާއި ބޮޑެތި ހުކުމްތައް ކުރަމުންގެންދާ ކަމަށް ހުސެއިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ، މެއި މަހުގެ ހަ ވަނަ ދުވަހަކީ ރައްޔިތުންނަށް ސަރުކާރުން ހިންގާ ކަންކަމާއި މެދު ދެކޭ ގޮތް ހާމަކުރުމަށް ލިބިގެންދާ ފުރުސަތެއް ކަމަށެވެ. އަދި އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ ގައުމުގައި ކަންކަން ހިނގާގޮތާމެދު ރައްޔިތުން ވަރަށް ފުރިހަމައަށް ވިސްނަން ޖެހިފައިވާ ކަމަށެވެ. ހުސައިން ވަނީ ރައީސް ޔާމީނު ގައުމުގައި އިސްލާހު ކުރަންވީ ކޮންކަމެއްތޯ، ރައްޔިތުންނާއި ސުވާލު ކުރުމާއި ގުޅިގެން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ހަގީގަތުގައި ވެރިކަމަށް ހުންނަ މީހަކު ކޮންކަމެއްހޭ ގައުމުގައި އިސްލާހު ކުރައްވަންވީ، މީ ކުރާ ކަހަލަ ސުވާލެއް ނޫން. ގައުމުގެ ކަންކަން އިސްލާހުކޮށް ކުރިއަށްގެންދިއުމާއި ރަގަޅު ކުރުމާއި ތަރައްގީ ކުރުމަށް ނޫންތޯ ވެރިޔަކު ހޮވާފަ ވަނީ. އޭނާއަށް އެކަން ނޭންގިގެން، ރައްޔިތުންނާއި ސުވާލު ކުރުމަކީ، ހާއިރާންވާންޖެހޭ ކަމެއް ނޫންތޯ." ހުސައިން ވިދާޅުވި އެވެ.

މެންބަރު ހުސައިން ވަނީ އަންނަ ކައުންސިލް އިންތިހާބުގައި ވޯޓުދިނުމުގައި ނާއިންސާފާއި އަނިޔާވެރިކަމަށް ވޯޓު ނުދިނުމަށް ވަނީ ގޮވާލައްވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު