Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގު ކޮނުމުގެ މައްސަލަ

އައު މަގުތަކާއެކު މާލޭގެ މަގު ކޮނުމުގެ މައްސަލައަށް ދާއިމީ ހައްލެއް

2 ފެބުރުއަރީ 2021 | އަންގާރަ 10:38

މަގުގައި ހިނގަން އޮންނަ ޖާގަ ވެސް މިހާރު ވަނީ ބޮޑުކުރެވިފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 2 ފެބުރުއަރީ 2021 | އަންގާރަ 10:38
މާލެ ސްޓްރީޓް ސްކޭޕިން މަސައްކަތުގެ ތެރެއިން

މާލެ ސްޓްރީޓް ސްކޭޕިން މަސައްކަތުގެ ތެރެއިން

އައު މަގުތަކާއެކު މާލޭގެ މަގު ކޮނުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް މާލެ ސްޓްރީޓް ސްކޭޕިންގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.

އާރް.ޑީ.ސީ.އިން މިހާރު ވަނީ މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުންނެވެ.

Advertisement - newsAdvertisement

މި ޕްރޮޖެކްޓްގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީ.އިން ކުރި ޓުވީޓެއްގައި ވަނީ، މާލެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހަދާ ހުރިހާ މަގެއް ވެސް ހަދަނީ އެންމެ ޒަމާނީ ފެންވަރަށް ކަމަށް ބުނެފައެވެ. އަދި މަގުތައް ހަދާ ނިމޭއިރު އިތުރަށް މަގު ކޮންނާކަށް ނުޖެހޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި މަގު ހިނގާ މީހުންނަށް ވެސް ހިނގަން އޮންނަ ޖާގަ ވެސް މިހާރު ބޮޑުކުރެވިފައިވާކަމަށް އާރް.ޑީ.ސީ.އިން ވަނީ ބުނެފައެވެ.

މާލޭގެ މަގުތައް މީގެ ކުރިންވެސް ވަނީ އެކި ފަހަރުމަތިން ތަރައްޤީކޮށްފައިވެއެވެ. އެހެންނަމަވެސް، ފެނާއި ނަރުދަމާ އާއި ޑީވޯޓަރިން އާއި އެހެނިހެން ޚިދުމަތްތަކަށް މަގު ކޮންނަން ޖެހުމުން، މަގު ކޮނެ މަގުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ. މި މައްސަލަ ހައްލުކުރުމަށް އަލަށް މާލޭގައި ހަދާ މަގުތައް ނިމޭއިރު ކަރަންޓާއި ފެނާއި ނަރުދަމާ އަދި ޑީވޯޓަރިން އާއި ތަފާތު އެހެނިހެން ޚިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭނެ ގޮތްގޮތަށް ފަރުމާކުރާނެކަމަށް އާރް.ޑީ.ސީ.އިން ހާމަކުރެއްވިއެވެ.

މާލެ ސްޓްރީޓް ސްކޭޕިންގް މަޝްރޫޢުގެ ދަށުން މިހާރު ވަނީ ޝަހީދު އަލީ ހިނގުމުގެ މަސައްކަތް ފަށާފައެވެ. މަގުހެދުމުގެ މަސައްކަތް ފުރަތަމަ ފަށާފައި ވަނީ މާފަންނު ކަނބާއައިސާރަނި ހިނގުމުންނެވެ. މި މަގުގެ ފުރަތަމަ ބައިގެ މަސައްކަތް ނިންމައި ބޭނުންކުރުމަށް އާއްމުކޮށް ހުޅުވައިލާފައި ވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އަދި މިހާރު ވަނީ އެ ސަރަޙައްދުގެ އިތުރު 2 މަގުގެ މަސައްކަތް ވެސް ފަށައި، މަސައްކަތުގެ ބޮޑު ބައެއް ނިމިފައެވެ. މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ މަސައްކަތް ހެންވޭރުގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ވެސް މާލެ ސިޓީކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫޢުގެ ދަށުން މާލޭގެ އެކި ސަރަޙައްދުތަކުން 18.08 ކިލޯ މީޓަރގެ މަގު ހެދޭނެ ކަމަށެވެ. އަދި މަޝްރޫޢުގެ ދަށުން މަގުތައް ހަދާއިރު 4 ވައްތަރެއްގެ މަގު ހިމެނޭނެ ކަމަށެވެ. އެއީ އާރޓީރިއަލް މަގުތަކާއި، ސިޓީ ރޯޑްސްއާއި، ސެކަންޑަރީ ރޯޑްސްގެ އިތުރުން ނެއިބަރ ހުޑްޕެޑެސްޓްރިއަން ރޯޑެވެ. ކައުންސިލުން ބުނީ ކަރަންޓާއި ފެނާ ނަރުދަމާއާއި ޑީވޯޓަރިންގ އާއި އަދި ތަފާތު އެހެނިހެން ޚިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭގޮތަށް ފަރުމާކުރެވިފައިވާނެ ކަމަށެވެ. މީގެ އިތުރުން، އިތުރަށް ލެވޭ ހޮޅިތަކުގެތެރޭގައި ފަޔަރ ހައިޑްރާންޓް ހޮޅި އާއި ގޭސް ހޮޅި ހިމެނޭނެ ކަމަށެވެ.

އާރް.ޑީ.ސީ.އާ ޙަވާލުކޮށްގެން ކުރަމުންދާ މި މަސައްކަތާ ގުޅޭގޮތުން މާލޭ ކައުންސިލުން ބުނީ މި މަޝްރޫޢުގެ އަންދާޒާ އަގަކީ 462 މިލިއަން ރުފިޔާ ކަމަށާއި، ފުރަތަމަ ސެގްމެންޓުގެ އަގުގެ ގޮތުގައި 50.96 މިލިއަން ރުފިޔާ ކަނޑައެޅިފައިވާ ކަމަށެވެ. މި މަސައްކަތުގެ ޕައިލެޓް ޕްރޮޖެކްޓްގެ ގޮތުގައި އެންމެ ފުރަތަމަ ފަށާނީ ވެސްޓް ޕާކް ސަރަޙައްދުން ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އެގޮތުން އެސަރަޙައްދުން 7 މަގެއް ހެދޭނެ ކަމަށާއި، އެ މަގުތަކުގެ ދިގުމިނުގައި 1.94 ކިލޯ މީޓަރ ހުންނާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫޢުގެ މަޤްޞަދުތަކުގެ ތެރޭގައި މާލޭގެ މަގުތަކަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭ މަގުތަކަކަށް ހެދުމާއި، ހުރިހާ އުމުރުފުރާއެއްގެ މީހުނަށް ވެސް ރައްކާތެރި މަގުތަކަށް ހެދުން ހިމެނޭ ކަމަށެވެ. އަދި ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ޒަރޫރީ ބޭނުންތަކަށް ދަތުރުފަތުރުކުރެވޭނެ މަގެއް ހޯދައިދިނުމުގެ އިތުރުން މަގުތަކުގައި ފެންބޮޑުވުން ހުއްޓުވައި، އަބަދު ކޮނެފައި އޮންނަ އޮތުމަށް ނިމުމެއް ގެނައުން ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މީގެއިތުރުން ހުރިހާ މަގެއްގައި ވެސް ދެފަރާތުގައި ހިމެނޭ ގޭގެއިން މީހުން ވަދެ ނުކުމެ ނުކުމެ ހެދުމުގައި ފަސޭހަވާނޭ ގޮތަށް ޕޭވްމަންޓެއްޤާއިމުވެފައި އޮތުމުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ޤާއިމްކޮށް ސައިކަލާއި ޓެކްސީއަށް ބަރޯސާވުން ކުޑަކޮށް، މަގުތަކުގެ ތޮއްޖެހުން ހުއްޓުވުން ވެސް މި މަޝްރޫޢުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި މަގުތަކުގައި ޕާކިންގގެ ފުރިހަމަ ނިޒާމެއް ގާއިމުކުރުމަށް ޕާކިންގ ބިލްޑިންގްތައް ގާއިމުކޮށްދިނުމާއި މުދާ ބޭލުމާއި އެރުވުމަށް އަދި މަގުތައް ބޭނުންކުރުމުގެ ފުރިހަމަ އުސޫލެއް އެކަށައަޅައި ތަންފީޒުކުރުން ވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
13 ފެބުރުއަރީ 2017

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

13 ފެބުރުއަރީ 2017
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް