Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް ވެކްސިންޖެހުން

އެހެން ވެކްސިނެއް ޖަހާތާ 14 ދުވަސްނުވަނީސް ކޮވިޑް ވެކްސިން ނުޖެހޭނެ

31 ޖެނުއަރީ 2021 | އާދީއްތަ 18:24

ރަށްތަކަށް ބޭނުންވާ ވެކްސިން މިހާރު ވަނީ ފޮނުވާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 31 ޖެނުއަރީ 2021 | އާދީއްތަ 18:24
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤް

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤް

އެހެން ވެކްސިނެއް ޖަހާތާ 14 ދުވަސްނުވަނީސް ކޮވިޑް ވެކްސިން ނުޖެހޭނެކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ހާމަކޮށްފިއެވެ.

ރާއްޖޭގައި ވެކްސިން ޖެހުމަށް ތައްޔާރުވެފައިވާއިރު، އެންމެ ފުރަތަމަ ވެކްސިން ޖެހުމަށް ނިންމާފައިވަނީ ކުރީ ސަފުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންނަށް އިސްކަން ދީގެންނެވެ.

Advertisement - newsAdvertisement

ހެލްްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ކޮވިޑްގެ ވެކްސިން ޖެހުމަށް ސަރުކާރު ތައްޔާރުވެފައިވާކަމަށެވެ. އެހެންނަމަވެސް، މިވަގުތު ލިބިފައިވާ ވެކްސިންއަކީ ހުރިހާ ފަރާތްތަކަށް ރައްކާތެރި ވެކްސިނެއްކަން ކަށަވަރުވެފައި ނެތުމުން މިކަންކަމަށް ރައްޔިތުން ސަމާލުވާންޖެހޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެގޮތުން މިހާރު ލިބިފައިވާ ވެކްސިން 18 އަހަރުން ދަށުގެ ފަރާތްތަކާއި، މާބަނޑު އަންހެނުންނާއި ލޭ ދިޔާކުރާ ބޭސް ބޭނުންކުރާ ފަރާތްތަކަށް ނުޖެހޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ލޭ ދިޔާ ކުރާ ބޭސްބޭނުންކުރާ މީހުންނަށް ވެކްސިން ނުޖެހެނީ ވެކްސިން ޖެހުމަށް އިންޖެކްޓްކުރުމުން އެމީހުންގެ ގައިން ގިނަ އަދަދަކަށް ލޭ އައުމުގެ ފުރުސަތު އޮތުމުންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން އިންފްލުއެންޒާ ވެކްސިންފަދަ އިތުރު އެއްވެސް އެހެން ވެކްސިނެއް ޖަހާތާ 14 ދުވަސްނުވަނީސް ކޮވިޑް ވެކްސިން ނުޖެހޭނެކަމަށް އެޗްއީއޯސީގެ ތަރުޖަމާން ވިދާޅުވިއެވެ.

މާދަމާ ވެކްސިން ދޭން ފަށާއިރު މި ރަށްތަކަށް ބޭނުންވާ ވެކްސިން މިހާރު ވަނީ ފޮނުވާފައެވެ. ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައިވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެކްސިން ދޭން ފަށާނެ ކަމަށާއި މާލެ ސަރަހައްދުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުންކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އައްޑޫ ސިޓީން ވެކްސިން ދޭނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުންނެވެ. ކުޅުދުއްފުށިން މިވެކްސިން ދޭނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންކަމަށްވެސް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ސައުދު ފަދައިން އެހެން މެންބަރުން ވެސް ރައްޔިތުންގެ ކޮޅަށް އަރާވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި

03 އެޕްރީލު 2017
ސައުދު ފަދައިން އެހެން މެންބަރުން ވެސް ރައްޔިތުންގެ ކޮޅަށް އަރާވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި
30 މާރިޗު 2017

އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!

30 މާރިޗު 2017
އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
28 މާރިޗު 2017

ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް

28 މާރިޗު 2017
 ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް
26 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު

26 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު
16 މާރިޗު 2017

މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

16 މާރިޗު 2017
މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
02 މާރިޗު 2017

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް