Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސީހުގެ އިތުބާރުގެ މައްސަލަ

މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު

ރައްޔިތުންގެ މަޖިލީހުގެ އެހެން މެމްބަރުންވެސް މަސީހުގެ އިތުބާރުނެތްކަމަށް ވޯޓުދެއްވުމަށް ގޮވާލަން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 26 މާރިޗު 2017 | އާދީއްތަ 22:46
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަމީތު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަމީތު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓުދެއްވާނެކަމަށް، ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބަރު ނެތްކަމުގެ މައްސަލަ، ހޯމަ ދުވަހުގެ (މާދަމާ)ގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ވޯޓް ދެއްވާނީ މަސީހާ ދެކޮޅަށް ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ޒިންމާ ފުރިހަމައަށް އަދާކޮށް، ޤައުމަށްޓަކައި އެކުވެރި އެހެން މެމްބަރުންވެސް މަސީހުއަށް އިތުބަރު ނެތްކަމަށް ވޯޓު ދެއްވުމަށް ގޮވާލައްވާކަމަށެވެ.

އަމީތުއަކީ ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރެކެވެ. އަދި މިހާތަނަށްވެސް އަމީތު ވަނީ މަޖިލީހުގައި ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުން ނެރުނު ވިޕްލައިންތަކާއި އެއްގޮތަށް ވޯޓުދެއްވާފަ އެވެ. ނަމަވެސް އަމީތު ފަހަކަށް އައިސް ވަނީ ސަރުކާރާއި ވަރަށް ބޮޑަށް ހިޔާލުތަފާތުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބަރު ނެތްކަމަށް ފާސްކުރުމަށް، މަޖިލީހުގެ އަޤުލަބިއްޔަތު ބޭނުންވާނެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ބައިވެރިވެވަޑައިގެންފިނަމަ 42 ވޯޓު އެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
12 ފެބުރުއަރީ 2017

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ

12 ފެބުރުއަރީ 2017
ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ
11 ފެބުރުއަރީ 2017

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން
06 ފެބުރުއަރީ 2017

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު