Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައުދަށް މަރުހަބާ ކިޔުން

ސައުދު ފަދައިން އެހެން މެންބަރުން ވެސް ރައްޔިތުންގެ ކޮޅަށް އަރާވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި

ސައުދު ހުސެއިން އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 3 އެޕްރީލު 2017 | ހޯމަ 11:40
ގއ. ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން

ގއ. ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން

ރައީސް ޔާމީންގެ ފެކްޝަންގައި ހުންނެވުމަށް ފަހު، މިހާރު ރައީސް މައުމޫނުގެ ފަހަތްޕުޅަށް އަރާވަޑައިގެން އިދިކޮޅު އިސްލާހީ މަސައްކަތާ ގުޅިވަޑައިގެންނެވި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިންއަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން މަރުހަބާ ކިޔައިފިއެވެ.

އެމްޑީޕީން ހޯމަދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ސައުދު ހުސެއިން އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އެހެން މެންބަރުން ވެސް ދިވެހި ރައްޔިތުންގެ ކޮޅަށް އަރައިވަޑައިގަތުމަށް ގޮވާލާ ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނިގޮތުގައި މަޖިލީހުގައި ނެގި އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ފަހު އިދިކޮޅު މެނބަރުނާއި، އިސްލާހަށް މަސައްކަތްކުރުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ސަރުކާރުން ގެންދަނީ އެކި ޖެއްސުންތައްކޮށް، ބިރުދައްކަމުންނެވެ. އެގޮތުން އެ ވޯޓަށް ފަހު ސަރުކާރުގެ ސުޕަ މެޖޯރިޓީ ގެއްލުނުކަން އެނގުމުން، އިސްލާހީ މަސައްކަތާ ގުޅިފައިވާ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ބިރުދައްކަމުންދާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑިޕީން ދެކޭ ގޮތުގައި އިދިކޮޅު ފަރާތްތައް ފުލުހަށް ހާޒިރު ކުރަނީ، ގުޅިފައިވާ ކޯލިޝަންގެ މަސައްކަތްތައް ހުއްޓުވުމަށެވެ.

އެމްޕީ ސައުދު ނެންގެވި ސްޓޭންޑަކީ ނަމޫނާ ސްޓޭންޑެއްކަން ފާހަގަ ކުރަމުން އެމްޑީޕީން ބުނީ، މަޖިލީހުގެ އެހެން މެންބަރުން ވެސް މިވަގުތު އެ ތިއްބެވި ކަސްތޮޅުން ނެއްޓި ރައީސް ޔާމީންގެ ރަބަރ ސްޓޭމްޕް ތައްގަޑުތަކެެއްހެން ނުތިއްބަވާ، މިނިވަންކަމާ އެކު އެބޭފުޅެއްގެ މަަސައްކަތުގައި ތެދުވުމަށް ގޮވާލާކަމަށެވެ.

ރާއްޖޭގެ ރައްޔިތުންގެ ލާބައަށް ގާއިމްކޮށްފައިވާ މުއައްސަސާތަކުންނާއި، އެންމެހާ އިދާރާތަކުން ސިޔާސީ ނުފޫޒުން އެއްކިބާވެ، ގާނޫނު އަސާސީއާ އެއްގޮތަށް ރައްޔިތުންޓަކައި ހެދިފައިވާ ގާނޫނުތަކާއި ގާވާއިދުތަކައް އަމަލުކުރެއްވުމަށް އެ މުއައްސަސާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު