Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަ ސުރުޚީ

މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

މައްސަލައަކީ، މަސީހުގެ މާބޮޑު ބާރެއް ނެތުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 16 މާރިޗު 2017 | ބުރާސްފަތި 00:46
އާޒިމް ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

އާޒިމް ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހަށް އެމަނިކުފާނުގެ މަޤާމަށްވުރެ މުހިއްމު އެއްވެސް އެއްޗެއް ނޯންނަ ކަމަށް ހެންވޭރު މެދު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ

އާޒިމް މިހެން ވިދާޅުވީ ރާއްޖެ ޓީވީން ބުދަދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހުގެ މައްސަލައަކީ މާބޮޑު ބާރެއް ނެތުން ކަމަށާއި މަސީހު އަމިއްލައަށް ކަންކަން ނިންމަވާ ތަނެއް ނުފެންނަ ކަމަށެވެ. މަސީހުގެ މައްޗަށް އިތުރު މީހަކު ކޮންޓްރޯލް ކުރާކަން ހާމަވާ ކަމަށާއި އެހެންކަމުން މަސީހުއަށް މަސީހުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭކަމަކަށް ނުފެންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެހެން ވާން ޖެހެނީ ހަމައެކަނި މަޤާމް މުހިއްމު ވެގެން އުޅުއްވާތީ ކަމަށާއި މަސީހުގެ ފަރާތުން ފެންނަނީ ހަމައެކަނި މަޤާމަށް އުޅުއްވާތަން ކަމަށެވެ.

"އަސްލު އަމިއްލަ ނަފްސު މުހިއްމުވަނީ. ރައްޔިތުންނަށްވުރެ ޤައުމަށްވުރެ އަމިއްލަ ނަފްސު މުހިއްމުވަނީ.ވަޒީފާ މުހިއްމު ވަނީ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އެމަޤާމުގައި އެހުންނައިރު އެކާރުކޮޅާ، ވަޑައިގެން ތިބޭ ބޮޑީގާޑުންނާ، އަޅުގަނޑަށް ފީލްވަނީ އެމާމުހިއްމޭ. އަޅުގަނޑުމެންނަށް ވޯޓު ދޭ މީހުންނަށް ވުރެ މުހިއްމޭ. އެމީހާއަށް ހެވޭ ކިތައްމެ ނިކަމެތިކަމެއް ލިބުނަސް. އެމައްސަލައެއް ނެތޭ. ތިމަންނާއަށް ހެވޭ ތިމަންނާ މަޤާމް ދިފާއު ވަނިކޮށް. އެކަން ފެންނަނީ. މަޖިލީހުގެ ރައީސަކީ މަޤާމަށްވުރެ މުހިއްމު އެއްވެސް އެއްޗެއް ނެތް ބޭފުޅެއްގެ ގޮތުގައި އަޅުގަނޑަށް އިހްސާސް ކުރެވެނީ" އާޒިމް ވިދާޅުވިއެވެ.

އަބަދުވެސް ރައްޔިތުންގެ މަޖިލީސް ވާންވާނީ، އާޒިމް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ދިފާއުގައި ކަންކުރާ ތަނަކަށް ކަމަށާއި ރައްޔިތުންނާ ގުޅޭގޮތުން ކުރާ ހުރިހާ ކަމެއްގައި ރައްޔިތުންނަށް ފައިދާހުރި ގޮތް ބުނެދޭން ތިބޭ ރައްޔިތުންގެ މަންދޫބުން ކަމަށެވެ. އާޒިމް ވިދާޅުވީ ރައްޔިތުންނާއި ދެކޮޅަށް ސަރުކަރުން ކުރާ ކަންކަން ހުއްޓުވުމަށް ތިބި ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށާއި އެކަންކަމާ ދެކޮޅަށް އަޑުއުފުލަން ތިބޭ ބަޔަކީވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ. ނަމަވެސް އެކަންކަންވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރާ ހިޔާލު ތަފާތުވުންތައް ހުންނާނެކަން ފާހަގަ ކުރައްވަމުން އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ހައްޤުގައި ބަސް ބުނަން ތިބޭ ބަޔަކަށް ވާތީ ރައްޔިތުންނަށް މަގުފަހިކޮށްދޭން ތިބޭ ބަޔަކީވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ހުރަސްއަޅާ ބޭފުޅަކަށް ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށާއި އެ ސަބަބަށްޓަކައިވެސް މަސީހު މަގާމުން ދުރުކުރަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު