Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސީހުގެ ވޯޓް

އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!

30 މާރިޗު 2017 | ބުރާސްފަތި 18:00

މައްސަލަ ތަހުގީގު ކުރުމަށްފަހު މަޖިލީހުން ރަސްމީކޮށް މައުލޫމާތު ހިއްސާ ކުރާނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 30 މާރިޗު 2017 | ބުރާސްފަތި 18:00
މަޖިލިސް ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގި ޖަލްސާގެ ތެރެއިން އާންމުވެފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް

މަޖިލިސް ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގި ޖަލްސާގެ ތެރެއިން އާންމުވެފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަަމުގެ ވޯޓް ނެގި ޖަލްސާގައި އެހެން މެމްބަރުންގެ ސިސްޓަމުން ވޯޓް ލެއްވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ނައިބް ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ޓުވިޓް ކުރެއްވާފައިވާ ވީޑިއޯއާ ގުޅޭ ގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުގެ ކުރިން ނެގި ވޯޓުގައި އެހެން މެމްބަރުންގެ ސިސްޓަމުން ބޭނުން ކުރައްވައިގެން ވޯޓް ލެއްވީ އަލީ އާޒިމް ކަމަށާއި އެކަން މިހާރު އާންމުވެފައިވާ ވީޑިއޯއިން ސާފްކޮށް ފެނިގެންދާ ކަމަށެވެ.

މޫސަ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އިތުރަށް އެއްވެސް އެއްޗެއް ވިދާޅުވާން މިވަގުތު ބޭނުންފުޅު ނުވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު މަޖިލީހުން ރަސްމީކޮށް މައުލޫމާތު ހިއްސާ ކުރާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަގެ މިތުހްމަތު ދޮގުކުރައްވައި، އާޒިމް ވިދާޅުވީ އެއްވެސް މެމްބަރެއްގެ މައިކް ސިސްޓަމް ބޭނުންކުރައްވައިގެން ވޯޓް ލައްވާފައި ނުވާނެ ކަަމަށެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މޫސަގެ މައި ސިސްޓަމަށް ކާޑު ޖަހާފައި ހުރުމުން އެކަން މޫސަގެ ސަމާލު ކަމަށް ގެންގެވި ވެސް އާޒިމް ވިދާޅުވި އެވެ. ވޯޓް އޮޅުވާލަފާނެ ކަމަށް ބެލެވޭތީ، ވޯޓްގެ ކުރިންނާއި ވޯޓުގެ ފަހުން ވެސް، މަހުލޫފާއި މޫސަގެ ކާޑު ސިސްޓަމަށް ޖަހާފައި ހުރިތޯ ބެއްލެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް 100 ޕަސެންޓް މިދެނީ ވޯޓެއް ލާފައި ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމުގެ ވީޑިއޯ އާންމުވި ގޮތާބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުން މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު އަށް ގުޅުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ވީޑިއޯ އާންމުވި ގޮތާބެހޭ ގޮތުން މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގި ޖަލްސާގައި ރިޔާސަތުގައި އިންވެވި މަޖިލީހުގެ ނައިބް ރައީސް އާއި އަދި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ނަމުގައި ވޯޓް ދީފައިވެއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
09 ފެބުރުއަރީ 2017

ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

09 ފެބުރުއަރީ 2017
ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް
08 ފެބުރުއަރީ 2017

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް