Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެއިން ރަށަށް ދިރިއުޅުން ބަދަލުކުރުން

މާލެއިން ރަށަށް ދިރިއުޅުން ބަދަލުކުރަން ދަފުތަރުވުމަށް، މަދުވެގެން 1 އަހަރު މާލޭގައި ދިރި އުޅެފައިވާ ފަރާތަކަށްވާންޖެހޭ

ދަފުތަރުވެވޭނީ ބެލުމުގެ ދަށުގައި، މަދުވެގެން 18 އަހަރުން ދަށުގެ 1 ކުއްޖަކު ހުންނަ ނަމަ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2021 | ހޮނިހިރު 08:06
މާލެއިން ރަށަށް ދިރިއުޅުން ބަދަލުކުރަން ދަފުތަރުވެވޭނެ ޤަވައިދު ވަނީ އާންމުކޮށްފައި

މާލެއިން ރަށަށް ދިރިއުޅުން ބަދަލުކުރަން ދަފުތަރުވެވޭނެ ޤަވައިދު ވަނީ އާންމުކޮށްފައި

މާލެއިން ރަށަށް ދިރިއުޅުން ބަދަލުކުރަން ދަފުތަރުވެވޭނީ މަދުވެގެން 1 އަހަރު މާލޭގައި އުޅެފައިވާނަމަ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން ވަނީ، ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު ގެޒެޓްކޮށްފައެވެ.

Advertisement - newsAdvertisement

ކޮވިޑް-19ގެ ސަބަބުން މާލީ ގޮތުން ދަތިވެ، މާލެއިން ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް އެހީވާން ނިންމާފައިވާކަން 27 ޖެނުއަރީ 2021ގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުހައްމަދު ދީދީ، އެކަމަނާގެ ފޭސްބުކްގައި އަޕްޑޭޓް ކުރެއްވި ސްޓޭޓަސްއެއްގައި ވަނީ ހާމަކުރައްވާފައެވެ. ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ކޮވިޑް-19 ގެ މި ހާލަތުގައި ދަރިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ދަތިތައް ކުރިމަތިވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. މިހާލަތުގައި އަމިއްލަ ރަށަށް ނުވަތަ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވެސް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.

ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު ގެޒެޓްކުރުމާއެކު، މި ޕްރޮގްރާމްގެ ދަށުން އެހީއަށް އެދޭ ފަރާތްތަކާއި އެހީ ފޯރުކޮށްދެވޭ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލައި ބަލަހައްޓަން ޖެހޭނެއެވެ. މި ޤަވައިދުގައި އަމިއްލައަށް އެހީއަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނެގޮތް ވެސް ވަނީ ތަފުސީލުކޮށްދީފައެވެ.

އެގޮތުން މިފަދަ ފަރާތަކުން މިކަމަށް ޚާއްޞަކޮށްފައިވާ "ހާލަތު ބަދަލުވުމުގު ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކުން އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު، ވަޒަންވެރިވާން ބޭނުންވާ ރަށުގެ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

މި ޕްރޮގްރާމުގެ ދަށުން ފޯމް ހުށަހަޅަން ޖެހޭނީ އެހީ ބޭނުންވާ މީހާއެވެ. އާއިލާއަކުން ހުށަހަޅާނަމަ ފޯމު ހުށަހަޅާނީ އާއިލާ ތަމުސީލުކުރާ ފަރާތުން އެކަންޏެވެ. އެހީއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުމެއް ފުރިހަމަވާ ދުވަހުން ފެށިގެން، ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެހީއަށް އެދި ހުށަހަޅާ ފަރާތަށް އެހީ ލިބޭކަން ނުވަތަ ނޫންކަން ޖެންޑަރ މިނިސްޓްރީން އަންގަންވާނެކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ލިޔެކިޔުން ހަމަނުވެއްޖެ ނަމަ 30 ދުވަހުގެ ތެރޭގައި ލިޔެކިޔުންތައް ހަމަކޮށް އަލުން ހުށަހެޅުމަށް އެންގުމަށްފަހު ލިޔެކިޔުންތައް މި މުއްދަތުގައި ވެސް ހަމަކޮށް ހުށަނާޅައިފިނަމަ އެ ފޯމު ބާޠިލުވާނެއެވެ. އެހެންނަމަވެސް، ބާޠިލުކުރެވޭ ފޯމު އަލުންް ހުށަހެޅުމުގެ ފުރުޞަތު ލިބޭނެއެވެ.

މި ފުރުޞަތުގެ ދަށުން އެހީ ހޯދުމަށް ދަފުތަރުވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ 7 ޝަރުޠެއް ޤަވައިދުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެހީއަށް އެދި ހުށަހަޅާ ފަރާތުގެ ބެލުމުގެ ދަށުގައި، މަދުވެގެން 18 އަހަރުން ދަށުގެ 1 ކުއްޖަކު ހުންނަން ޖެހޭނެއެވެ. އަދި އެހީއަށް އެދި ހުށަހަޅާ ފަރާތަކީ، ދިރިއުޅުން އެހެން ރަށަކަށް ދިގު މުއްދަތަކަށް ބަދަލުކުރުމަށް ބޭނުންވެ، އެކަން ކުރުމަށް ދަތިވެފައިވާ މީހަކަށް ވާންޖެހެއެވެ. މި ފުރުޞަތުގެ ދަށުން ރަށަށް ބަދަލުވާއިރު، ބަދަލުވާން ބޭނުންވާ ރަށުގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެހިފައިވުން، ނުވަތަ އެފަދަ އިންތިޒާމެއް ހަމަޖެއްސޭނެ ފަދަ ގޮތެއް ހުރުން ލާޒިމެވެ.

މި ފުރުޞަތު ހުޅުވައިލާފައިވަނީ ދިވެހި ރައްޔިތުންނަށް އެކަނި ކަމުގައިވާއިރު، މާލީ އެހީ ފޯރުކޮށްދެވޭ ފަރާތެއްނަމަ، ފަގީރުކަމުގެ ހާލަތު ދެނެގަތުމާބެހޭ ގޮތުން އެޖެންސީން ކަނޑައަޅައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ މަދުން، މީލާދީ މަހެއްގެ މައްޗަށް އާމްދަނީ ލިބޭ، ދިރިއުޅުމުގެ ހާލަތު ދަށް ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ. މި ޤަވައިދުގައި ވަނީ މި ފުރުޞަތުގެ ދަށުން މާލެއިން ދިރިއުޅުން ބަދަލުކުރަން އަމިއްލައަށް އެހީއަށް އެދެވޭނީ މަދުވެގެން 1 އަހަރު މާލޭގައި އުޅެފައިވާނަމަ ކަމަށް ވެސް ބުނެފައިވެއެވެ. މި ގަވާއިދުގައި މި ޝަރުޠުތައް ކަނޑައަޅާފައި އޮތްނަމަވެސް، ޖެންޑަރ މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެހެން ޝަރުޠުތައް ފުރިހަމަވާނަމަ، އެހީ ހަމަޖައްސައިދިނުމަށް އެ މާއްދާ ހުރަހެއް ނާޅާނެކަމަށް ވަނީ ކަނޑައަޅާފައެވެ.

ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން މާލީ އެހީގެ ގޮތުގައި އެސްޓަބްލިޝްމަންޓް ސަޕޯޓް އެލަވަންސްގެ ގޮތުގައި އެހީ ހަމަޖެހުމަށްފަހު، 6 މަސްދުވަހަށް، ކޮންމެ މަހަކަށް އާއިލާއަކަށް ތިން ހާސް ރުފިޔާ ޖަމާކޮށްދޭނެއެވެ. މީގެ އިތުރުން ރީލޮކޭޓްވުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދު ހަމަޖައްސައިދިނުމަށް ފޯރުކޮށްދެވޭ މާލީ އެހީގެ ގޮތުގައި ވަޒަންވެރިވާން އެދޭ ރަށަށް ދަތުރުކުރުމުގެ އެއްކޮޅު ޓިކެޓަށް ހިނގާ ޚަރަދު ހަމަޖައްސައިދޭނެއެވެ.

އެހީއަށް އެދޭ ފަރާތުގެ މާލީ ހާލަތާއި، ދިރިއުޅުން ބަދަލުކުރަން އެދޭ މެންބަރުންގެ އަދަދާއި، ވަޒަންވެރިވާން އެދޭ ރަށަށް ރިޢާޔަތްކޮށް، ޚަރަދުގެ އިންސައްތައެއް އެހީގެ ގޮތުގައި ހަމަޖައްސައިދޭގޮތަށް ވަނީ ކަނޑައަޅާފައެވެ. އަދި ގޯތި ނުވަތަ އިމާރާތް މަރާމާތުކުރުމަށް ފޯރުކޮށްދޭ މާލީ އެހީއާއި، ގޭބީސީގައި ހިފައިގެންގުޅޭ ތަކެތި ހޯދުމަށް ފޯރުކޮށްދެވޭ މާލީ އެހީއާއި، ގޭބީސީގެ ފަރުނީޗަރު ހޯދުމަށް ފޯރުކޮށްދެވޭ މާލީ އެހީ ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން ދަފުތަރު ކުރެވޭ ފަރާތްތަކަށް ފޯރުކޮށްދޭ އިތުރު އެހީތެރިކަމެއްގެ ގޮތުގައި ތަޢުލީމާއި ތަމްރީނުގެ އެހީއާއި، އާމްދަނީ، އިޖުތިމާޢީ، ޞިއްޙީ ޚިދުމަތްތަކުގެ އެހީއާއި މިނޫނަސް އެހެނިހެން އެހީތެރިކަން ދައުލަތުގެ ކަމާ ގުޅުން ހުރި މުއައްސަސާތައް މެދުވެރިކޮށް ހޯދުމަށް އެހީތެރިވެދޭނެއެވެ. މި ގަވާއިދުގެ ދަށުން ފޯރުކޮށްދެވޭ މާލީ އެހީ ފޯރުކޮށްދެވޭނީ، އެހީއަށް އެދި ހުށަހަޅައިފައިވާ ފޯމުގައި ބަޔާންކޮށްފައިވާ ބޭންކް އެކައުންޓަށެވެ. މިގޮތުން އެހީ ލިބެންވާ ފަރާތަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީއަކީ ކޮބައިކަން އެ ފަރާތަށް އަންގައި، އެހީ ފޯރުކޮށްދެވޭނެ ގޮތް ހަމަޖެހޭކަން އަންގާތާ ފަނަރަ ދުވަހުގެ ތެރޭގައި ބީ.އެމް.އެލް.އިން އެ ފަރާތުގެ ބޭންކް އެކައުންޓަށް ޖަމާކުރާނެއެވެ.

މި ޤަވައިދުގެ ދަށުން އެހީ ލިބޭ ފަރާތުގެ ހާލަތު މޮނިޓަރކުރުމުގެ މަސައްކަތް ކުރާނެއެވެ. އެގޮތުން ކޮންޓިނުއަސް މޮނިޓަރިންގްގެ ދަށުން އެހީ ލިބެމުންދާ ފަރާތްތަކުގެ ހާލަތު، އެހީ ލިބެން ފަށާތާ މަދުވެގެން އެއް އަހަރުދުވަސް ވަންދެން މޮނީޓަރ ކުރާނެއެވެ.

މި ގަވާއިދުގެ ދަށުން އެހީ ލިބެމުންދާ ފަރާތެއްގެ ހާލަތު ބަދަލުވެއްޖެ ނަމަ، ނުވަތަ އެ ފަރާތުގެ މަޢުލޫމާތެއް ބަދަލުވެއްޖެ ނަމަ، އެހީ ލިބެމުންދާ ފަރާތުން އެކަން "ހާލަތު ވަޒަންކުރާ ފޯމު" މެދުވެރިކޮށް ދިރިއުޅޭ ރަށުގެ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ.

އެހީ ލިބެމުންދާ ފަރާތުން ދޮގުމަޢުލޫމާތު ފޯރުކޮށްދީފައިވާނަމަ، އެކަން ފާހަގަވާ ހިސާބުން، އެ ފަރާތަށް ދެމުންގެންދާ އެހީ ފޯރުކޮށްދިނުން ހުއްޓާލައި، އިތުރަށް ދެވިފައިވާ ފައިސާ ހޯދުމަށްޓަކައި ފިޔަވަޅު އަޅާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

06 މާރިޗު 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު