Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްވިސް އިންޑޯސް

ސްވިސް އިންޑޯސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ފެޑެރާ ހޯދައިފި

30 އޮކްޓޯބަރު 2017 | ހޯމަ 03:36

މިއީ ފެޑެރާގެ ކެރިއަރުގައި ކާމިޔާބުކުރި ސްވިސް އިންޑޯސްގެ 8 ވަނަ މުބާރާތް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 30 އޮކްޓޯބަރު 2017 | ހޯމަ 03:36
ސްވިސް އިންޑޯސް މުބާރާތުގެ ތަށި ސްވިޓްޒަލެންޑްގެ ރޮޖަރ ފެޑެރާ އުފުލާލަނީ

ސްވިސް އިންޑޯސް މުބާރާތުގެ ތަށި ސްވިޓްޒަލެންޑްގެ ރޮޖަރ ފެޑެރާ އުފުލާލަނީ

އާޖެންޓީނާގެ ހުއާން މާޓިން ޑެލް ޕޮޓްރޯ ބަލިކޮށް، ސްވިސް އިންޑޯސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ސްވިޓްޒަލެންޑްގެ ރޮޖަރ ފެޑެރާ ހޯދައިފި އެވެ.

ސްވިޓްޒަލެންޑްގެ ބާސެލްގައި ކުރިއަށްދިޔަ މިމުބާރާތުގެ ޗެމްޕިއަންކަން ފެޑެރާ ހޯދީ، ފައިނަލްގައި ޑެލް ޕޮޓްރޯގެ މައްޗަށް 6-7 (5-7)، 6-4 އަދި 6-3 ން ކުރި ހޯދައިގެންނެވެ. މިމޮޅާއެކު ދުނިޔޭގެ ރޭންކިންގެ ދެވަނާގައިވާ ފެޑެރާ ވަނީ 1460 ޕޮއިންޓް ހޯދައިގެން، ދުނިޔޭގެ ރޭންކިންގެ އެއްވަނާގައިވާ ނަޑާލް އާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފައެވެ.

މިއީ 36 އަހަރުގެ ފެޑެރާ ކާމިޔާބުކުރި ސްވިސް އިންޑޯސްގެ އަށްވަނަ މުބާރާތެވެ. އަދި މިއަހަރު އޭނާ ކާމިޔާބުކުރި ހަތްވަނަ ތަށްޓެވެ. ފެޑެރާ ވަނީ މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން އަދި ވިމްބަލްޑަން ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކޮށްފައެވެ.

މިމުބާރާތުގެ ކާމިޔާބުކުރިނަމަ، ޑެލް ޕޮޓްރޯ އަށް ލަންޑަންގައި ބާއްވާ އޭޓީޕީ ފައިނަލްގެ ކޮލިފައިންގެ ފަހު ޖާގަ ކަށަވަރުވާނެ އެވެ. އެހެންނަމަވެސް، މުބާރާތް ކާމިޔާބު ނުކުރެވުމާއެކު، އޭޓީޕީ ފައިނަލުން ޖާގަ ހޯދުމަށް އަންނަ ހަފްތާގައި ފްރާންސްގެ ޕެރިހުގައި ބާއްވާ ޕެރިސް މާސްޓަރސްގެ ސެމީ ފައިނަލާއި ހަމަޔަށް ޑެލް ޕޮޓްރޯ ދަތުރު ކުރަން ޖެހޭނެ އެވެ.

މިކާމިޔާބީއާއެކު ފެޑެރާގެ ކެރިއަރުގައި ކާމިޔާބުކުރި މުބާރާތްތަކުގެ އަދަދު ވަނީ 95 އަށް އަރާފައެވެ. މިހާތަނަށް ކެރިއަރުގައި އެންމެ ގިނަ މުބާރާތް ކާމިޔާބުކުރުމުގެ ރެކޯޑް އޮތް އެމެރިކާގެ ކުރީގެ ޓެނިސް ތަރި ޖިމީ ކޮނޯސްގެ ރެކޯޑާއި ހަމަކުރަން ފެޑެރާ ބޭނުންވަނީ 11 މުބާރާތެވެ. ކޮނޯސް ވަނީ އޭނާގެ ކެރިއަރުގައި 109 މުބާރާތެއް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި
25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
18 ފެބުރުއަރީ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް
12 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން އިމިގްރޭޝަނާއި އެމްޕީއެލް އަށް

12 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން އިމިގްރޭޝަނާއި އެމްޕީއެލް އަށް
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް