Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަފައެލް ނަޑާލް

އަނިޔާގެ ސަބަބުން ނަޑާލް އަށް ސްވިސް އިންޑޯސް މުބާރާތް ގެއްލިއްޖެ

18 އޮކްޓޯބަރު 2017 | ބުދަ 02:29

ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ޑޮކްޓަރުން ވަނީ އަރާމް ކުރުމަށް ލަފާދީފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 18 އޮކްޓޯބަރު 2017 | ބުދަ 02:29
މިމަހުގެ ކުރީކޮޅު ބޭއްވި ޗައިނާ އޯޕަން 2017 ގެ ތަށްޓާ އެކު މުބާރާތުގެ ޗެމްޕިއަން ރަފައެލް ނަޑާލް

މިމަހުގެ ކުރީކޮޅު ބޭއްވި ޗައިނާ އޯޕަން 2017 ގެ ތަށްޓާ އެކު މުބާރާތުގެ ޗެމްޕިއަން ރަފައެލް ނަޑާލް

އަނިޔާގެ ސަބަބުން އަންނަ ހަފްތާގައި ބާއްވާ ސްވިސް އިންޑޯސް ބާސެލް ޓެނިސް މުބާރާތް، ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް އަށް ގެއްލިއްޖެ އެވެ.

ސްޕެއިންގެ 31 އަހަރުގެ ނަޑާލްގެ ޑޮކްޓަރުން ވަނީ، އޭނާގެ ކަކުލަށް އަނިޔާވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން ޑޮކްޓަރުން ވަނީ، އަރާމް ކުރުމަށް ނަޑާލް އަށް ލަފާދީފައެވެ.

ނަޑާލް އަށް އަނިޔާވެފައިވަނީ މިދިޔަ ހަފްތާގައި ނިމިގެންދިޔަ ޝަންހާއީ މާސްޓަރސް ޓެނިސް މުބާރާތުގެ ތެރޭގައެވެ. އެގޮތުން، އާދީއްތަ ދުވަހު ކުޅުނު ޝަންހާއީ މާސްޓަރސް ޓެނިސް މުބާރާތުގެ ފައިނަލްގައި ނަޑާލް ކުޅުނީ އަނިޔާގައި ހުރެގެން ކަމަށް އޭނާގެ ޑޮކްޓަރާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އާދީއްތަ ދުވަހު ކުޅުނު ޝަންހާއީ މާސްޓަރސް ޓެނިސް މުބާރާތުގެ ފައިނަލްގައި ނަޑާލް ވަނީ ކުރީގެ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، ސްވިޓްޒަލެންޑްގެ ރޮޖަރ ފެޑެރާ އަތުން ބަލިވެފައެވެ.

ނަޑާލް އަށް މިމުބާރާތް ގެއްލުމަކީ، މުބާރާތް ބާއްވާ ބާސެލް އަށް އުފަން އަދި މިހާރު ދުނިޔޭގެ ދެވަނަ މަގާމުގައި އޮތް ފެޑެރާ އަށް އަލުން ދުނިޔޭގެ އެއްވަނަ އަށް އެރުމަށް ލިބުނު ރަނގަޅު ފުރުޞަތެކެވެ.

މިދިޔަ އޯގަސްޓް މަހު ނެރުނު ރޭންކިންގައި ދުނޔޭގެ އެއްވަނަ މަގާމަށް ނަޑާލް އަރާފައި ވަނީ، 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ. އެމުއްދަތުގެ ތެރޭގައި ކަކުލަށާއި، އަތުގެ ކުޑަހުޅަށް ލިބުނު އަނިޔާތަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ނަޑާލް ހުންނަން ޖެހުނެވެ.

ނަޑާލް ވަނީ މިސީޒަނުގައި 75 މެޗު ކުޅެ، 6 މުބާރާތެއް ކާމިޔާބު ކޮށްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.

09 އޯގަސްޓު 2017
ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.
12 ޖުލައި 2017

ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ

12 ޖުލައި 2017
ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ
11 ޖުލައި 2017

ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި

11 ޖުލައި 2017
ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި
12 ޖޫން 2017

10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް

12 ޖޫން 2017
10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް
17 މެއި 2017

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

17 މެއި 2017
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު
01 އެޕްރީލު 2017

މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް

01 އެޕްރީލު 2017
މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް