Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިނަ ދަނޑުތައް އެޅުން

ފީފާގެ ޕްރޮޖެކްޓުގެ ދަށުން ވިނަ ދަނޑު އަޅާ ރަށްތައް އިއުލާންކޮށްފި

އެފްއޭއެމުން ވަނީ 20 ރަށެއްގައި ދަނޑު އެޅުމަށް ނިންމާފައި

ލީވާން އަލީ
ލީވާން އަލީ | 25 އޮކްޓޯބަރު 2018 | ބުރާސްފަތި 16:56
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ފީފާގެ ޕްރޮޖެކްޓްގެ ދަށުން ވިނަ ދަނޑުތައް އަޅާ ރަށްތައް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާންކޮށްފިއެވެ.

ވިނަ ދަނޑުތައް އަޅަން އެފްއޭއެމް އިން ނިންމާފައި ވަނީ ހދ.ކުޅުދުއްފުށި، ށ. މިލަންދޫ، ބ. އޭދަފުށި، އއ. މާޅޮސް، ދ. ކުޑަހުވަދޫ، ގދ. ތިނަދޫ، ތ. ތިމަރަފުށި، ސ. ފޭދޫ، ޏ. ފުވައްމުލަށް، ހއ. މުރައިދޫ، ށ. ފޯކައިދޫ، ބ. ފެހެންދޫ، އދ. ފެންފުށި، ފ. ނިލަންދޫ، ގދ. ހޯޑެއްދޫ، ހއ. ދިއްދޫ، ސ. ހިތަދޫ އަދި ރ. އަލިފުއްޓެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބުމާއެކު ރަށްތަކުގައި ދަނޑުތައް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ނޫސްވެރިންނަށް ދާދި ފަހުން މައުލޫމާތު ދެއްވަމުން ބައްސާމް ވިދާޅުވީ، 20 ރަށެއް ގައި ވިނަ ދަނޑު އެޅުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، އެ މަސައްކަތްތައް މަޑު ޖެހުނީ ރިޔާސީ އިންތިހާބު އޮންނާތީ އެކަމަށް ރަށްރަށުގެ ފޯކަސް އެނބުރިފައި އޮތުމުން ކަމަށެވެ.

އެފްއޭއެމުން ބުނީ ފީފާގެ ޕްރޮޖެކްޓްގެ ދަށުން އަތޮޅުތެރޭގެ 20 ރަށެއްގައި ވިނަ ދަނޑު އެޅުމަށް ނިންމާފައި ވާއިރު، މިހާރު އިއުލާންކުރެވިފައި ވަނީ 18 ރަށެއް ކަމަށާއި، ބާކީ ދެ ދަނޑު އަޅާނެ ރަށް ވެސް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

އަތޮޅު ތެރޭގައި ބޮޑެތި ދަނޑުތައް އެޅުމަށް އެފްއޭއެމް އިން ބޭނުންވާ އިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގެ ރަށްތަކުގައި ފުޓްސަލް ދަނޑުތައް އެޅުމުގެ ބަދަލުގައި ފުޓުބޯޅަ ދަނޑުތައް އަޅައިދެއްވުމެވެ.

އިތުރަށް ކިޔާލަން

19 ޖުލައި 2017

ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމްއަށް ހާޓް ސޮއިކޮށްފި

19 ޖުލައި 2017
ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމްއަށް ހާޓް ސޮއިކޮށްފި
12 ޖުލައި 2017

ލޯން އެއްބަސްވުމެއްގެ ދަށުން ދެ އަހަރު ދުވަހަށް ހަމޭސް ބަޔާންއަށް ސޮއިކޮށްފި

12 ޖުލައި 2017
ލޯން އެއްބަސްވުމެއްގެ ދަށުން ދެ އަހަރު ދުވަހަށް ހަމޭސް ބަޔާންއަށް ސޮއިކޮށްފި
11 ޖުލައި 2017

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި

11 ޖުލައި 2017
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި
14 ޖޫން 2017

މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!

14 ޖޫން 2017
މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!
26 މާރިޗު 2017

ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ

26 މާރިޗު 2017
ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު