Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑަރެން ސްޓެވާޓް

ފަލަސްތީން މެޗަށް ވަގުތު ހޯދަން އުޅުނިން، ބައްސާމް އަޅާ ނުލެއްވި: ގައުމީ ކޯޗު

28 ނޮވެމްބަރު 2017 | އަންގާރަ 12:16

ފަލަސްތީން އަތުން ރާއްޖެ ބަލިވީ 1-8 ގެ ތަފާތުބޮޑު ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 28 ނޮވެމްބަރު 2017 | އަންގާރަ 12:16
ގައުމީ ޓީމުގެ ކޯޗު ސްޓެވާޓް (ކ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް (ވ)

ގައުމީ ޓީމުގެ ކޯޗު ސްޓެވާޓް (ކ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް (ވ)

ފާއިތުވެދިޔަ 15 އަހަރު ތެރޭގައި ރާއްޖެ އެންމެ ބޮޑު ތަފާތަކުން ބަލިވި މެޗަށް ތައްޔާރުވުމަށް ވަގުތު ހޯދަން މަސައްކަތްކުރި ކަމަށާއި، އެކަމަށް އެފްއޭއެމް ރައީސް ބައްސާމް އަދީލް ޖަލީލު އަޅާނުލެއްވި ކަމަށް ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފިއެވެ.

މޯލްޑިވްސް ފުޓްބޯލް އަށް ދިން އިންޓަވިއުއެއްގައި ސްޓެވާޓް ބުނީ ރަށުން ބޭރުގައި ފަލަސްތީން އަތުން 1-8 ގެ ލަދުވެތި ނަތީޖާއަކުން ރާއްޖެ ބަލިވި މެޗަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ހޯދުމަށް މަސައްކަތްކުރި ކަމަށާއި، އެހެން ނަމަވެސް މެޗާމެދު ހާސްނުވާ ކަމަށް ބައްސާމް ވިދާޅުވިކަމަށެވެ.

"ފަލަސްތީން މެޗަށް ވަގުތު ހޯދުމަށް ބައްސާމް އަރިހުގައި ސުވާލުކުރިން. އަހަރެން އަދި ގައުމީ ޓީމު ކޮމެޓީގެ ޗެއާމަން އަށް ޖަވާބެއް ގޮތުގައި ބައްސާމް ބުނީ ފަލަސްތީން މެޗާމެދު ހާސްނުވާ ކަމަށް" މޯލްޑިވްސް ސޮކާ އަށް ދިން އިންޓަވިއުއެއްގައި ސްޓެވާޓް ބުނިއެވެ.

ސްޓެވާޓް ބުނީ ފަލަސްތީން މެޗަށް އެގައުމަށް ރާއްޖެ ދަތުރުކުރީ 34 ގަޑިއިރުން ކަމަށާއި، އިޒްރޭލް އެއާޕޯޓުގައިވެސް ހަމައެކަނި 8 ގަޑިއިރުވަންދެން މަޑުކުރަން ޖެހުނު ކަމަށެވެ. ފަލަސްތީން އަށް ދެވުނު ދުވަހު މެންދުރު ފަރިތަކުރުންވެސް އޮތްކަން ފާހަގަކުރަމުން ސްޓެވާޓް ބުނީ އެ ދުވަހު ހަވީރު ހަތަރެއް ޖެހިއިރު 45 މިނެޓުގެ ތަމްރީންތަކެއް ކުރިޔަށް ގެންދިޔަކަމަށާއި، އެއަށްފަހު އޭގެ އަނެއް ދުވަހު ރާއްޖެ ނިކުތީ މެޗަށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ސްޓެވާޓް ބުނީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ވާދަކުރި ޓީމުތަކުގެ ތެރެއިން ފަލަސްތީން އަދި އޮމާން އަކީ ވަރުގަދަ ދެ ޓީމު ކަމަށާއި، އެ ދެޓީމު މެޗުތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށެވެ.

އެހެން ނަމަވެސް ސްޓެވާޓް ބުނީ ރާއްޖެއަށް މެޗުތަކަށް ރަނގަޅަށް ތައްޔާރުވާން ފުރުސަތު ނުލިބޭ ކަމަށާއި، އެކަމާ ގުޅިގެން އެއްވެސް ބަޔަކަށް އިނގިލި ދިއްކުރަން ބޭނުންނުވާ ކަމަށެވެ. އެގޮތުން އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިނުވުމުގެ ޒިންމާވެސް ފުރިހަމައަށް ނަގާކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭޝިއަންކަޕަށް ކޮލިފައިނުވި ސަބަބު އެފްއޭއެމްގެ އެކްސްކޯ އިން އޭނާ ކައިރިން ނާހާކަން ފާހަގަކުރަމުން ސްޓެވާޓް ބުނީ ގައުމީ ކޯޗެއްގެ ގޮތުގައި އަހަރެއްހާ ދުވަހު މަސައްކަތްކުރި އިރު އެއްވެސް އެއްޗެއް އެކްސްކޯއިން އަހާފައި ނުވާކަމަށެވެ. އޭނާ ބުނީ ގައުމީ ޓީމު ކޮމެޓީން ފުރުސަތު ލިބޭ ކަމަށާއި، އެ ކޮމެޓީގައި ހިނގާދިޔައީ ކިތައް މިނެޓުކަން ބަލާލުމަށް އެދޭކަމަށެވެ.

ގައުމީ ޓީމު ކުޅުންތެރިންނަށް ތައުރީފް ކުރަމުން ސްޓެވާޓް ބުނީ އެ ކުޅުންތެރިންނަކީ އޭނާގެ 20 އަހަރުގެ ކޯޗިން ކެރިޔަރުގައި ދިމާވި އެންމެ ރަނގަޅު ކުޅުންތެރިން ކަމަށެވެ. އެ ކުޅުންތެރިން ދިވެހި ދިދައަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮއްދިންކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ގައުމީ ކޯޗުގެ އެއްބަސްވުން އަންނަ ފެބްރުއަރީ މަހު ހަމަވާއިރު، އެ އެއްބަސްވުން އާނުކުރަން އެފްއޭއެމް އިން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް