Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުނި މަދުކުރުމަށް ހިންގާ ޕްރޮގްރާމް

ކުނީގެ މިންވަރު މަދުކުރެވޭނެ ގޮތްތައް އިޚްތިޔާރުކުރުމަށް ރައީސްގެ އަނބިކަނބަލުން ގޮވައިލައްވައިފި

ގޮނޑުދޮށް ފަދަ ތަންތަން ސާފުކުރުމާއި، ޕްލާސްޓިކުން އުފައްދާ ތަކެތި ރީސައިކަލް ކުރުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2021 | ހޯމަ 13:36
ޕްރިވެންޝަން އޮފް މެރިން ލިޓަރ އިން ދި ލަކްޝަދްވީޕް ސީ\" ޕްރޮޖެކްޓު ފެށުމުގެ ހަފްލާގައި ރައީސްގެ އަނބިކަނބަލުން ވާހަކަ ދައްކަވަނީ

ޕްރިވެންޝަން އޮފް މެރިން ލިޓަރ އިން ދި ލަކްޝަދްވީޕް ސީ\" ޕްރޮޖެކްޓު ފެށުމުގެ ހަފްލާގައި ރައީސްގެ އަނބިކަނބަލުން ވާހަކަ ދައްކަވަނީ

އުފެދޭ ކުނީގެ މިންވަރު މަދުކޮށް، ކުނީގެ ގޮތުގައި ތަކެތި އުކާލާ އާދަތަކާ ދުރުހެލިވެ، ތިމާވެއްޓާއި ރަޙުމަތްތެރި އާދަކާދަތައް އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ

އެކަމަނާ މި ކަމަށް ގޮވައިލެއްވީ "ޕްރިވެންޝަން އޮފް މެރިން ލިޓަރ އިން ދި ލަކްޝަދްވީޕް ސީ" ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި ހޯމަ ދުވަހު ހެނދުނު ކުރިއަށްގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ފައްޓަވައިދެއްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެކަމަނާ ވިދާޅުވީ ސާފުކުރުމުގެ ހަރަކާތްތަކަކީ ޕްލާސްޓިކާ ދެކޮޅަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި، މިފަދަ ހަރަކާތްތަކުގެ ސަބަބުން އެ ކަމުގައި ހަރަކާތްތެރިވާ ދަރުމަވެރިންނަށް ޕްލާސްޓިކުން ވެއްޓަށް ލިބޭ ގެއްލުން ދެނެގަތުމުގެ ފުރުޞަތު ލިބިގެންދާ ކަމުގައެވެ. އަދި، ގޮނޑުދޮށް ފަދަ ތަންތަން ސާފުކުރުމާއި، ޕްލާސްޓިކުން އުފައްދާ ތަކެތި ރީސައިކަލް ކުރުމުން ނުފުދޭ ކަމަށާއި، މި ކަމުގައި އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކް ފުޅިއާއި ކޮތަޅު ފަދަ ތަކެތީގެ ބަދަލުގައި، ތިމާވެއްޓާއި ރަޙުމަތްތެރި ބާވަތްތައް އިސްކުރަން އެދިވަޑައިގެންފައެވެ. ހަމައެއާއެކު، އަންނައުނު ފަދަ ތަކެއްޗަކީވެސް އެއް ފަހަރު ބޭނުންކޮށްފައި އުކާލުމުގެ ބަދަލުގައި، ބައުވެފައި، ނުވަތަ ހަލާކުވެފައި ނުވާނަމަ، އެހެން މީހަކަށްވެސް އޭގެ ބޭނުން ހިފޭނެ ތަކެތި ކަމަށް ވިދާޅުވެ، އެފަދަ ތަކެތި ބޭނުންކުރުމުގެ އާދަތަކަށް ބާރުއެޅުމަށް އެ ކަމަނާ ގޮވައިލެއްވިއެވެ.

އެ ކަމަނާ ވަނީ ތިމާވެއްޓަށް ލޯބިކުރާ މީހުންނާއި ކުދިން، މުޅި މުޖުތަމަޢުގެ ލާބައަށްޓަކައި ސާފުކުރުމުގެ ޕްރޮގްރާމުތަކުގައި ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، އެ މީހަކީ ތަންތަނަށް ކުނިއަޅާ މީހަކު ކަމުގައި ނުވި ނަމަވެސް އުކާލާފައި ހުންނަ ކުނި ނަގައި ސާފުކުރުމާއި އަދި ތިމާވެއްޓާ ރަޙުމަތްތެރި ގޮތްތަކަށް ކަންކުރުމަށް ބާރުއެޅުމަކީ ކޮންމެ ފަރުދަކަށް ވެސް ކުރެވޭނެ، އަދި އޭގެ ސަބަބުން މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ މުހިންމު މަސައްކަތެއް ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރުމަށް ރާއްޖޭގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޒިންމާދާރު ގޮތުގައި ކުނި މެނޭޖުކުރުމަށް ޙައްލުތަކެއް ހޯދުމުގެ މަސައްކަތުގައި ކަމާބެހޭ ހުރިހާ ފަރާތްތަކުން އެ ކަމުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ބާވަތުގެ ޕްލާސްޓިކު ރާއްޖޭގައި ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭނަކީވެސް މި ގޮތަށް ކަމާގުޅޭ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާގެ ދަށުން ކުރެވުނު މަސައްކަތެއްކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭންގެ ދަށުން 2021 ޖޫން 1 ވަނަ ދުވަހުން ފެށިގެން ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުން ހުއްޓާލެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، މި ޕްލޭންގެ ދަށުން ރާއްޖެ އެތެރެކުރުން މަނާކުރާ ތަކެތި މި ޤަވާޢިދުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ ކިތަންމެ ކުޑަ މިންވަރެއް އިތުރަށް އިންޕޯޓްކުރި ނަމަވެސް މި ޤަވާޢިދުގެ ހަޤީޤީ ބޭނުން ނުފުދޭނެ ކަމުގައެވެ.

"ޕްރިވެންޝަން އޮފް މެރިން ލިޓަރ އިން ދި ލަކްޝަދްވީޕް ސީ" ޕްރޮޖެކްޓަކީ ކަނޑުތަކަށް ކުނިއެޅުމުން ކަނޑުތައް ރައްކާތެރިކުރުމަށް އިންޑިއާ، ދިވެހިރާއްޖެ އަދި ސްރީލަންކާގެ ކަނޑުގެ އައްސޭރިފަށް ހިމެނޭގޮތަށް ހިންގޭ ޕްރޮޖެކްޓެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބައިވެރިވުމާއެކު މި ޕްރޮޖެކްޓް ރަސްމީގޮތުން ފެށުމަށް ހަމަޖެހިފައި ވަނީ 2021 ޖަނަވަރީ 26 ވާ އަންގާރަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމީން ފައިސަލާއި ރިޔާޒުގެ ކަންބޮޑުވުން: ނުރައްކާ އޮތް މިންވަރު މައުމޫނަށް އަންގަން ޖެހޭނެ

އަމީން ފައިސަލާއި ރިޔާޒުގެ ކަންބޮޑުވުން: ނުރައްކާ އޮތް މިންވަރު މައުމޫނަށް އަންގަން ޖެހޭނެ

10 ޖެނުއަރީ 2018
ހަކަތަ އިގްތިސާދު ކުރެވޭނެ ގޮތްތައް ދިރާސާކުރުމަށް ބަޔަކާ ހަވާލުކޮށްފި

ހަކަތަ އިގްތިސާދު ކުރެވޭނެ ގޮތްތައް ދިރާސާކުރުމަށް ބަޔަކާ ހަވާލުކޮށްފި

21 ޑިސެމްބަރު 2017
އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފި

އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފި

09 އޮކްޓޯބަރު 2017
ފްލެޓްގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހަޅައިފި

ފްލެޓްގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހަޅައިފި

18 ސެޕްޓެމްބަރު 2017
ކުރިއާ އަޅާބަލާއިރު ލޭހަދިޔާކުރުމަށް ސަމާލުކަންދޭ މިންވަރު އިތުރު: ހެލްތު މިނިސްޓަރ

ކުރިއާ އަޅާބަލާއިރު ލޭހަދިޔާކުރުމަށް ސަމާލުކަންދޭ މިންވަރު އިތުރު: ހެލްތު މިނިސްޓަރ

14 ޖޫން 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު