Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލެޓްގެ މައްސަލަ

ފްލެޓްގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހަޅައިފި

ދެފުށް ފެންނަ ގޮތަށް ދޫކުރެވޭ ތަންތަން ކަމުގައި ކަށަވަރު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2017 | ހޯމަ 10:42
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ދަށުން ހައުސިންގ މިނިސްޓްރީއިން އާންމު ކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ކުރަމުންދަނިކޮށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް އެ މައްސަލަ ހުށަހަޅައިފި އެވެ.

ފްލެޓްގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އެވެ.

Advertisement - newsAdvertisement

މެންބަރުން ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓް ހާމަކޮށްފައިވާއިރު، އެ ލިސްޓުގައި ހިމެނޭ މީހުންނަކީ އެ ފްލެޓްތައް އެންމެ ހައްގުވާ ފަރާތްތައް ނޫން ކަމަށާއި ފްލެޓް ދެނީ ދެފުށް ފެންނަ ގޮތަށް ނޫން ކަމަށް ބުނެ އެތައް ރައްޔިތުންނެއް ޝަކުވާ ކުރަމުންދާ ކަމަށެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ނަމާއި، އެޑްރެސް އަދި ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލު ވެސް ހާމަކޮށްފައި ނުވާތީ ޝޯޓް ލިސްޓް ކުރެވިފައިވާ ފަރާތްތަކަކީ ކޮބައި ކަމާއި، މިކަންކަން ކުރުމުގައި ގެންގުޅެފައިވާ އުސޫލުތަކަކީ ކޮބައިކަން ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ސާފުވާންޖެހޭ ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

މެންބަރުން ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ރައްޔިތުންގެ ފައިސާ ބޭނުން ކޮށްގެން އެޅޭ ފްލެޓްތަކަކީ އެތަންތަން ހައްގުވާ ފަރާތްތަކަށް، ދެފުއް ފެންނަ ގޮތަށް ދޫކުރެވޭ ތަންތަން ކަމުގައި ކަށަވަރު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށް ދެކޭ ކަމަށެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކުރުމުގެ ޕްރޮގްރާމުގެ ދަށުން ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އިއުލާނު ކުރި އިރު، ފްލެޓް ލިބޭ މީހުންގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. އެ ލިސްޓުގައި ހިމަނާފައި ވަނީ ފޯމް ނަމްބަރު އެކަންޏެވެ.

މަތިން މާކްސް ލިބުނު ނަމަވެސް، ފްލެޓް ލިބިފައިނުވާތީ އާއި ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ސިއްރުކޮށްފައި ވާތީ އެތައް ބަޔަކު ދަނީ މިކަމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް އެކުލެވިގެންވާ ކަމަށް ތުހުމަތު ކުރަމުންނެވެ. މީގެ އިތުރުން، ރައީސް ޔާމީން ކެމްޕެއިން އޮފީހުން މަތިން މާކްސް ލިބުނު މީހުންނަށް ގުޅި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

މިކަމާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހޯމަ ދުވަހު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ހިއްސާކޮށްފައިވަނީ އެ މީހުންގެ ޒާތީ މައުލޫމާތު ސިއްރު ކުރުމަށް ކަމަށާއި ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އެހެން މީހުންނަށް އެނގެން ނުޖެހޭނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެ މީހަކަށް ލިބުނު މާކްސް އެނގެން ޖެހޭނީ އެ މީހަކަށް ކަމަށެވެ.

ފްލެޓަށް މަތިން މާކްސް ލިބުނު މީހުންނަށް ކެމްޕެއިން އޮފީހުން ގުޅައި ފްލެޓާ ބެހޭ ގޮތުން ވާހަކަ ދެއްކި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މުއިއްޒު ވިދާޅުވީ ހައުސިންގ މިނިސްޓްރީއިން ކުރާ މަސައްކަތާއި އެ އޮފީހުގެ މަސައްކަތްތަކާ ގުޅުވައިގެން ވާހަކަ ދައްކަނީ ކީއްވެ ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މެޑަމް އޮފީހުން ކުރާ މަސައްކަތަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި ރައްޔިތުންގެ ހާލު ބަލައި، ރައީސް ޔާމީނަށް ތާއީދުކުރަންތޯ އެ އޮފީހަށް ސުވާލު ކުރެވޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު