Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައްޖު ކޯޕްރޭޝަން

ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ

ބަޔަކު މީހުން އުޅެނީ ހައްޖު ކޯޕްރޭޝަން ނެތި ކޮށްލަން ކަމަށް ޝަހީމް ތުހުމަތު ކުރޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 4 މެއި 2017 | ބުރާސްފަތި 16:36
އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިދު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު މިހާރުގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސިލާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިދު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު މިހާރުގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސިލާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު

މޯލްޑިވްސް ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު އިސްލާމިކް މިނިސްޓަރަށް ލިބޭ ގޮތަށް ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލް އަށް ބަދަލު ގެނައުމުން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ރުޅިގަދަވެއްޖެއެވެ.

ޝަހީމް އޭނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވީ "ހައްޖު ގުރޫޕުތަކުގެ ނުފޫޒާއި މަންފާގެ ދަށުވެފައި ތިބި ފަރާތްތަކުން އެ ކޯޕަރޭޝަން ނައްތާލައި ކޯޓާ މަދު ކުރަން ހިފާފައި"ވާ ކަމަށެވެ.

Advertisement - newsAdvertisement

ޝަހީމް އެންމެ ފުރަތަމަ ފޭސްބުކްގައި ލިޔުއްވީ ހައްޖު ކޯޕަރޭޝަން ނައްތާލަން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އާއި އައުވާނުން ކުރާ މަސައްކަތް ހުއްޓުވަން ޖެހޭ ކަމަށެވެ. އެކަމަކު ފަހުން ވަނީ އެ ޕޯސްޓްތައް ނަންގަވާފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ފޭސްބުކް ޕޭޖުގައި ޝަހީމް ލިޔުއްވި ހުރިހައި ލިޔުންތަކެއް ވަނީ ޑިލީޓް ކުރައްވާފައެވެ.

އެކަމާ ގުޅިގެން ރާއްޖެއެމްވީން ޝަހީމް އަށް ގުޅާލުމުން ވިދާޅުވީ އެއްވެސް ކަމަކާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް އެއްވެސް މައުލޫމާތެއް ދެއްވަން ބޭނުންފުޅުނުވާ ކަމަށެވެ.

ނަމަވެސް މިހާރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޑރ ޝަހީމް ވިދާޅުވެފައި ވަނީ އޭނާގެ މަގުސަދަކީ ރުޅިވެރިކަން "އޭނާގެ މަގްސަދަކީ ރުޅިވެރިކަން ފެތުރުއްވުން ނޫން ކަމަށާއި މިކަން މީހުންގެ ސަމާލުކަމަށް ގެނައުން ކަމަށެވެ. އަދި ވިދާޅުވީ ހައްޖު ކޯޕަރޭޝަން އުފެއްދީ ވަރަށް މަތިވެރި މަގްސަދެއްގައި ކަމަށާއި އެހެންވެ، އެ ކުންފުންޏަށް ލިބިފައިވާ އިމްތިޔާޒުތައް ބަލިކަށިވެގެން ނުވާނެ ކަމަށެވެ.

މީގެއިތުރުން ޝަހީމް ވިދާޅުވެފައި ވަނީ އެކަން އެގޮތަށް އެކުރަނީ ހައްޖަށް މީހުން ގެންދާ އަމިއްލަ ގުރޫޕުތަކުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށާއި އިސްލާމިކް މިނިސްޓްރީގެ ތެރޭގައި އެ ގުރޫޕުތަކާ ގުޅުން އޮންނަ ފަރާތްތައް ހިމެނޭ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަނީ ރައީސް އަބްދުﷲ ޔާމީން އަށް އެނގިވަޑައިނުގެން ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ބާގިރުގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީން ގުޅި ނަމަވެސް ފޯނަށް ޖަވާބް ނުދެއްވާތީ މިނިސްޓަރު ބާގިރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް ރާއްޖޭގެ ބައެއް އެހެން އޮންލައިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ބާގިރު ވިދާޅުވެފައި ވަނީ މިނިސްޓްރީން ހަދާފައިވާ އުސޫލަކަށްވާއިރު އެ އުސޫލަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފާސްކޮށްފައިވާ އުސޫލެއް ކަމުން އުސޫލުގައި މައްސަލައެއް ނޫޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވީ ކުރިއެކޭ އެއްގޮތަށް ހައްޖު ކޯޕްރޭޝަން އަށް 50 ޕަސެންޓް ކޯޓާ ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ،

ހައްޖަށް މީހުން ގެންދިއުމަށް އެކުލަވައިލި އުސޫލުގައިވާ ގޮތުން އަމިއްލަ ގްރޫޕްތަކެކޭ އެއްގޮތަށް، ހައްޖު ކޯޕަރޭޝަނަށް ވެސް ހައްޖަށް މީހުން ގެންދަން ހުއްދަ ލިބޭނީ ޕްރޮޕޯޒަލް ހުށަހަޅައި އެ ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށް ފަހު މިނިސްޓްރީން ހުއްދަ ދީފި ނަމަ އެވެ.

އެގޮތުން ހައްޖަށް މީހުން ގެންދިއުމުގެ އުސޫލްގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ހައްޖު ކޯޓާގެ ތެރެއިން މޯލްޑިވްސް ހައްޖު ކޯޕްރޭޝަނަށް ދޭނެ މިންވަރު ކަނޑައަޅާނީ މިނިސްޓަރު ކަމަށެވެ. މިގޮތުގެ މަތިން ގިނަވެގެން ހައްޖު ކޯޕްރޭޝަން އަށް ދެވޭނީ ރާއްޖެ އަށް ލިބޭ ކޯޓާގެ 50 ޕަސެންޓް ކަމަށް އުސޫލްގައި މިހާރު ބުނެފައިވެއެވެ. ނަމަވެސް ކުރިން އަމަލު ކުރަމުން ދިޔަ އުސޫލްގެ ދަށުން ހައްޖު ކޯޕްރޭޝަން އަށް 50 ޕަސެންޓް ކޯޓާ ދިނުމަކީ މަޖުބޫރު ކަމަކެވެ. އަދި ހައްޖު ކޯޕްރޭޝަން އަށް ވަކި މިންވަރަކަށް ކޯޓާ ދިނުމުގެ އިހްތިޔާރު ކުރިން އަމަލު ކުރަމުން ދިޔަ އުސޫލްގެ ދަށުން މިނިސްޓަރަށް ލިބިގެނެއް ނުވެއެވެ.

މީގެ ހަތަރު އަހަރު ކުރިން ރައީސް ވަހީދުގެ ގަރާރަކުން ހައްޖު ކޯޕަރޭޝަން އުފެއްދީ، ހައްޖަށް ދިއުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކުމުން ވެސް ގްރޫޕްތަކުގެ އިހުމާލުން އެތައް ބަޔަކަށް ހައްޖަށް ނުދެވުމުގެ މައްސަލަ ކުރިމަތިވާން ފެށުމުންނެވެ. ހައްޖު ކޯޕަރޭޝަން އުފެއްދުމުން، ފަސޭހަކަމާއެކު މީހުން ހައްޖަށް ގެންދިޔުމުގެ ފުރުސަތު އޮތް ނަމަވެސް، އިސްލާމިކް މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން އަލަށް އަމަލު ކުރަން ފެށި އާ އުސޫލުގެ ދަށުން، އެ ފުރުސަތުތައް ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.

ފަސޭހަކަމާއެކު މީހުން ހައްޖަށް ގެންދިޔުމަށް "ހައްޖު ސްކީމެއް" އެ ކޯޕަރޭޝަނުން އެކުލަވާލައި 33 އިދާރާއަކާ އެކު މިހާރު ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ގިނަ ކުންފުނިތަކެއް ހިމެނެ އެވެ.

މި ސްކީމުގައި މުވައްޒަފަކު ބައިވެރިވުމުން، ލިބޭ މުސާރަ އިން، އެ މީހަކު ކަނޑައަޅާފައިވާ ވަކި މިންވަރެއް ކޮންމެ މަހަކު ވެސް ކޯޕަރޭޝަންގެ ވަކި އެކައުންޓަކަށް ދާނީ ޖަމާވަމުންނެވެ. އަދި ހައްޖަށް ދިޔުމަށް ދައްކަން ޖެހޭ ފައިސާގެ ޖުމްލަ އަދަދުގެ 75 ޕަސެންޓު ހަމަވުމުން އެ މުވައްޒަފަކަށް ހައްޖަށް ދެވޭނެ އަހަރު ހައްޖު ކޯޕަރޭޝަނުން އަންގައި، އެކަން ހަމަޖައްސައިދޭނެ އެވެ.

އެކަމަކު އާ އުސޫލުގެ ދަށުން، މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަނަށް ނުލިބިއްޖެ ނަމަ މި ސްކީމްގެ ދަށުން ވެސް ފުރުސަތު ގެއްލޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރު ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ

މިދިޔަ އަހަރު ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ

14 އެޕްރީލު 2017
"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

20 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު