Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މައުމޫން

އަމީން ފައިސަލާއި ރިޔާޒުގެ ކަންބޮޑުވުން: ނުރައްކާ އޮތް މިންވަރު މައުމޫނަށް އަންގަން ޖެހޭނެ

10 ޖެނުއަރީ 2018 | ބުދަ 07:55

ނުރައްކާ އޮވެއްޖެ ނަމަ ފުލުހުން ތަހުގީގު ކުރަންޖެހޭނެ: ރިޔާޒު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 10 ޖެނުއަރީ 2018 | ބުދަ 07:55
އަމީން ފައިސަލް (ކ) އާއި އަބްދުﷲ ރިޔާޒު: ސިފައިންގެ ސެކިއުރިޓީއަށް ފާޑު ކިޔުން އަމާޒު ކުރެއްވި. -- ފޮޓޯ/ ރާއްޖެއެމްވީ

އަމީން ފައިސަލް (ކ) އާއި އަބްދުﷲ ރިޔާޒު: ސިފައިންގެ ސެކިއުރިޓީއަށް ފާޑު ކިޔުން އަމާޒު ކުރެއްވި. -- ފޮޓޯ/ ރާއްޖެއެމްވީ

ކުއްލި ގޮތަކަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ ގެކޮޅުގައި ސިފައިން ސެކިއުރިޓީ ބަލަހައްޓަން ފަށާފައި ވާތީ، އެމަނިކުފާނަށް އޮތް ނުރައްކަލަކީ ކޮބައިކަން އަންގަންޖެހޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

އިންޓަލިޖެންސް ރިޕޯޓަކާ ގުޅިގެން ސިފައިންގެ ސްޕެޝަން ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އިން މ. އެންދެރިމާގޭގައި ސެކިއުރިޓީ ބަލަހައްޓަން ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެންނެވެ. ޑިއުޓީ ބަދަލުވާ ގޮތަށް 24 ގަޑިއިރު ސިފައިންގެ ދެ މީހަކު އަބަދު ވެސް އެ ގެކޮޅުގައި ތިބެއެވެ. ވަދެ ނުކުމެ އުޅޭ މީހުން ބަލައި ފާސްކުރުމާއި މައުމޫން ދަތުރުފުޅު ކުރައްވާ ކާރުކޮޅުގެ ޑިކީ ޗެކް ކުރުން ފަދަ ކަންކަން ސިފައިން ދަނީ ކުރަމުންނެވެ. އަދި އެންދެރިމާގެއަށް ވަދެނިކުމެވާ މީހުންގެ ނަން ވެސް ދަނީ ނޯޓުކުރަމުންނެވެ.

އަމީން ފައިސަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ރައީސް މައުމޫން ފަދަ ބޭފުޅަކަށް ނުރައްކަލެއް އޮވެއްޖެ ނަމަ، އެކަން އާންމު ކުރުމުގެ ބަދަލުގައި ސީދާ އެމަނިކުފާނަށް އެކަން އަންގަން ޖެހޭނެ ކަމަށާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ރައީސް މައުމޫނަށް ތައްޔާރުވެވޭނީ އޭރުން ކަަމަށެވެ.

މައުމޫންގެ ޕާސަނަލް ސެކިއުރިޓީ އޮފިސަރު (ޕީއެސްއޯ)އާ ވެސް އެކަން ހިއްސާކުރެވިދާނެ ކަމަށާއި މައުމޫނަށް އޮތް ނުރައްކަލެއް ނާންގައި އެމަނިކުފާނުގެ ގޭގައި ސެކިއުރިޓީ ބަލަހައްޓަން ފެށުމުން ސުވާލު އުފެދޭ ކަމަށް އަމީން ފައިސަލް ވިދާޅުވިއެވެ.

"މި އިންސިޑެންޓުގައި ސުވާލު މި އުފެދެނީ އެކަން މެދުވެރިވި ކަމަށް ބުނާ ފަރާތް 'އަނދިރިގަނޑެއްގައި' ބަހައްޓާތީ. އެފަރާތުން ސަމާލުވާންވީ ކޮން ކަމަކަށްތޯ ނާންގާތީ،" ރައީސް ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖެއެމްވީ" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ ހިދުމަތުގައި 24 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ރައީސް މައުމޫން ފަދަ ބޭފުޅަކަށް ނުރައްކަލެއް އޮވެއްޖެ ނަމަ، އެކަން ފުލުހުންނަށް ހުށަހަޅައި ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.

ރައީސް މައުމޫނަށް ނުރައްކަލެއް އޮތުމުން އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުންދޭތޯ ފުލުހުންގެ ސްޕޯކްސްޕާސަން ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނަށް ސުވާލުކޮށްލުމުން، ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ކޮމެންޓެއް ކުރެވެން ނެތް ކަމަށެވެ.

އަބްދުﷲ ރިޔާޒު ވިދާޅުވީ މައުމޫނަށް ނުރައްކަލެއް އޮވެއްޖެ ނަމަ، އެ މައްސަލަ ފުލުހުން ތަހުގީގުކޮށް "ކޮޅެއްގައި" ޖައްސަން ޖެހޭނެ ކަމަށެވެ.

"ފުރަތަމަ ކަމަކީ އެފަދަ ތުރެޓެއް އޮތިއްޔާ އެކަން އެ މީހަކަށް އަންގަން ޖެހޭނެ. ނަމަވެސް ރައީސް މައުމޫން އަރިހަަށް ވަޑައިގަންނަވާ ބޭފުޅުން ނަންނޯޓުކޮށް، ސެކިއުރިޓީ ޗެކު ކުރަން ފެށުމުން މި ބުނަނީ ވަކިކަމެއްގައި ކުރި ކަމެެކޭ. އެހެން ބުނުމުގެ ފުރުސަތު އެބައޮތެއް ނޫންތޯ،" އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވެސް ވިދާޅުވީ ރައީސް މައުމޫނަށް އޮތް ނުރައްކަލުގެ މިންވަރު އެމަނިކުފާނަށް ނާންގައި އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ވަންނަ މީހުންނާއި އެ ގެކޮޅަށް ވައްދާ ލިޔެކިޔުންތަކާއި އެހެނިގެން ތަކެތި ސިފައިން ބަލައި ޗެކު ކުރަނީ ވަކި ބޭނުމެއްގައި ކަމަށް ސުވާލު އުފެއްދުމުގެ ފުރުސަތު އޮތް ކަމަށެވެ.

މައުމޫން ވިދާޅުވެފައި ވަނީ އެ މަނިކުފާނަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އެ ނުރައްކަލުގެ ތަފްސީލް ހޯއްދެވުމަށް ޑިފެންސް މިނިސްޓްރީއަށް ސިޓީއަކުން ދަންނަވާފައި ވާނެ ކަމަށް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ. އަދި އެމަނިކުފާނަށް އޮތް ނުރައްކަލުގެ ތަފްސީލު ލިބުމުން އަމިއްލަފުޅަށް ސަލާމަތީ ކަންތައް ވަރުގަދަ ކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
08 ފެބުރުއަރީ 2017

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް