Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަކަތަ އިގްތިސާދު ކުރުން

ހަކަތަ އިގްތިސާދު ކުރެވޭނެ ގޮތްތައް ދިރާސާކުރުމަށް ބަޔަކާ ހަވާލުކޮށްފި

މިއީ 1.9 މިލިއަން ރުފިޔާގެ މަޝްރޫއެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 21 ޑިސެމްބަރު 2017 | ބުރާސްފަތި 12:29
ހަކަތަ އިގްތިސާދު ކުރެވޭނެ ގޮތްތައް ދިރާސާކުރުމަށް ބަޔަކާ ހަވާލުކޮށްފި

ހަކަތަ އިގްތިސާދު ކުރެވޭނެ ގޮތްތައް ދިރާސާކުރުމަށް ބަޔަކާ ހަވާލުކޮށްފި

ހަކަތަ އިގްތިސާދު ކުރެވޭނެ ގޮތްތަކެއް ދިރާސާކޮށް ފަރުމާ ކުރުމަށް ޔުޓިލިކޯ ޕްރިވެޓް ލިމިޓެޑާއި އެންވަޔަރމެންޓް މިނިސްޓްރީން ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ބުރާސްފަތި ދުވަހު ހެނދުނު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަބްދުﷲ މަޖީދެވެ. ޔުޓިލިކޯ ޕްރިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަލީ އަހްސަނެވެ.

Advertisement - newsAdvertisement

މަޖީދު ވިދާޅުވީ، މި އެއްބަސްވުމަކީ، ގްލޯބަލް އެނަރޖީ ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި މިފަދަ ބޮޑު މަޝްރޫއެއް ފެށުމުގެ ބޭނުމަކީ ހަކަތަ އިސްރާފުކުރުން މަދުކޮށް، ޖައްވަން ދޫކުރާ ގްރީން ހައުސް ގޭސް މަދުވެރެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.

"އިމާރާތް ކުރުމުގައި ވެސް ހަކަތަ މަދުން ބޭނުން ކުރުން ވަރަށް މުހިއްމު. ހަވާލު ކުރެވުނު މަޝްރޫއުއަކީ 1.9 މިލިއަން ރުފިޔާގެ މަޝްރޫއެއް. މިއީ ފަސް މަސް ދުވަހުގެ މަޝްރޫއެއް،" މަޖީދު ވިދާޅުވިއެވެ.

ރާއްޖެއަކީ ކިތަންމެ ކުޑަ އާބާދީއެއް ނަމަވެސް، އެއް ދުވަހުން އަނެއް ދުވަހަށް ހަކަތަ ބޭނުން ކުރާ މިންވަރު އިތުރުވަމުންދާ ކަމަށާއި މިކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅެންޖެހޭ ކަމަށް މަޖީދު ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން އިމާރާތްތަކުގައި ހަކަތަ ބޭނުންކުރާ ގޮތް ދެނެގަނެ، އިމާރަތްތައް ފަރުމާކުރުމުގައި ހަކަތަ ރައްކާކުރުމަށް އެންމެ އެކަށިގެންވާ ގޮތްތައް ދިރާސާކޮށް، ސަރުކާރުގެ އޮފީސްތަކުގައި ހަކަތަ ބޭނުންކުރުމުގެ އުސޫލުތައް ހަރުދަނާ ކުރެވޭނެ ކަމަށް އެންވަޔަރމެންޓް މިނިސްޓްރީން ބުނެއެވެ.

މި މިސައްކަތަކީ މިނިސްޓްރީން ކުރިއަށްގެންދާ "ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. "ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫއަކީ މިނިސްޓްރީ އާއި އދ. ގެ ތިމާވެށްޓާ ބެހޭ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
20 ފެބުރުއަރީ 2017

ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް

20 ފެބުރުއަރީ 2017
ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް
17 ފެބުރުއަރީ 2017

ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް

17 ފެބުރުއަރީ 2017
ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު