Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވައްކަމާއި ފޭރުން

ކަންބޮޑުވާ މިންވަރުގެ ދެ ފޭރުމެއްގެ ރިޕޯޓް ވަނީ ކޮށްފައި، ފިޔަވަޅުތައް ދަނީ އަޅަމުން: ޕޮލިސް

ދެހާދިސާ ހިނގާފައިވަނީ ރޯދަމަހުގެ 2 ވަނަ ދުވަހާއި 3 ވަނަ ދުވަހު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 31 މެއި 2017 | ބުދަ 23:41
ފުލުހުންގެ އިސްވެރިންގެ ބައްދަލުވުމެއްގައި

ފުލުހުންގެ އިސްވެރިންގެ ބައްދަލުވުމެއްގައި

ކަންބޮޑުވާ މިންވަރުގެ މަގުމަތިން ފޭރުމުގެ ދެ ހާދިސާއެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެކަމާގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ހާމަކުރީ މާލޭގެ އެކި ސަރަހައްދުތަކުން މީހުން ހުއްޓުވައި ތޫނު އެއްޗެހިން ބިރުދައްކައި ފޭރެމުންދާ ކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޅުކުރަން ފަށާފައިވަނިކޮށެވެ.

ގްރޫޕް ހަދައިގެން ފޭރޭ މަގުތަކެއް ކަމަށް ބުނެ ޗާޓު ހަދައިގެން ވެސް ސޯޝަލް މީޑިއާގައި އެ ސަރަހައްދުތައް ފާހަގަކޮށް މެސެޖުތަކެއް އެބަ ދައުރުކުރެ އެވެ. އޭގެތެރޭގައި މޯލްޑިވްސް ނެޝެނަލް ޔުނިވަސިޓީ ހުންނަ ސަރަހައްދާއި ހެލްތު މިނިސްޓްރީ ހުންނަ ސަރަހައްދު ހިމެނެ އެވެ. އަދި އެސރަހައްދުތަކުން އެކަނިދާ މީހުން ހުއްޓުވާ ވަޅިން ބިރު ދައްކައިގެން އެމީހުންގެ އަތުގައި ހުންނަ ފައިސާއާ އެހެނިހެން ތަކެތި އަތުލަމުންދާ ކަމަށާއި އެފަދަ ކަމެއްގެ ރިޕޯޓް ކޮށްފިނަމަ މަރާލާނެ ކަމުގެ އިންޒާރުވެސް ދެމުންދާކަމަށް އެ މެސެޖްތަކުގައި ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ރާއްޖެ އެމްވީން ސުވާލު ކުރުމުން ފުލުހުންގެ ސްޕޯކްސްޕާސަން އަހުމަދު ޝިފާން ވިދާޅުވީ ކަންބޮޑުވާ މިންވަރުގެ ފޭރުމުގެ ދެ ހާދިސާއެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކަން ހިނގާފައިވަނީ މިރޯދަމުގެ ދެވަނަ ދުވަހާއި ތިންވަނަ ދުވަހު ކަމަށެވެ.

ޝިފާން ވިދާޅުވީ ސޯޝަލް މީޑިޔާގައިވެސް ފެތުރެނީ އެދެހާދިސާކަމަށް ބެލެވޭ ކަމަށާއި އިތުރު ކަމެއްގެ ރިޕޯޓެއް އަދި ލިބިފައި ނުވާކަމަށެވެ. ނަމަވެސް އެކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އެފަދަ ހާދިސާއެއް ހިނގިޔަ ނުދިނުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން މިހާރު ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން މަގުތައް ބަލަހައްޓާނެ ފުލުހުން އިތުރުކޮށްފައިވާނޭ ކަމަށާއި ޚާއްޞަކޮށް އެކަނި މީހުން ގޮސްއުޅޭނޭކަމަށް ލަފާކުރެވޭ ހިސާބުތައްވެސް އިތުރަށް ބަލަހައްޓަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެފަދަ ކަމެއް ކޮށްފާނެ ކަމަށް ބެލެވޭ މީހުން ހުއްޓުވާ އެމީހުންނާ ސުވާލުކޮށް ފާސްކޮށް ހަދަމުންދާކަމަށްވެސް ޝިފާން ވިދާޅުވިއެވެ. ޝިފާން ވިދާޅުވީ މާލޭގެ ހުރިހާ ސަރަހައްދަު ތަކަކީވެސް ރައްކާތެރި އަމާންތަންތަނަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިންވެސް އިތުރަށް ބަލަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު