Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވައްކަމާއި ފޭރުމުގެ މައްސަލަތައް

ފުލުހުންގެ އިލްތިމާސް: ވައްކަމާއި ފޭރުން މަދު ކުރުމަށް ފަރުދީ ޒިންމާވެސް އަދާ ކުރައްވާ

ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރަން ދާނަމަ ސަމާލުވާން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖެނުއަރީ 2021 | އާދީއްތަ 17:22
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ފުލުހުން ބައިވެރިވެވަޑައިގެން ރާއްޖޭގެ ކުށުގެ ވެށީގެ ޙާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ފުލުހުން ބައިވެރިވެވަޑައިގެން ރާއްޖޭގެ ކުށުގެ ވެށީގެ ޙާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަނީ

ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދު ކުރުމަށް ފަރުދީ ޒިންމާވެސް އަދާ ކުރެއްވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، ރޭވިގެން ހިންގޭ ބޮޑެތި ކުށްތައް ފާހަގަކޮށްލެވޭ މިންވަރަށް ގިނަވެފައި ނުވިނަމަވެސް، މިފަހުން އެފަދަ ބައެއް މައްސަލަތައް ފެންމަތިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ކުދި ވައްކަންތައް އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ އިތުރަށް ވިދާޅުވީ، ގިނަ އަދަދަކަށް ފައިސާ ގެންގުޅޭ ފަރާތްތަކުންވެސް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަން ހުންނަ ކަމަށެވެ. އެގޮތުން ފައިސާގެ މުއާމަލާތްތަކުގެ މައުލޫމާތުތައް ގިނަ މީހުންނާ ހިއްސާ ނުކުރުމާއި، ބޭންކަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރަން ދާނަމަ، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އަބްދުﷲ ވަނީ ހަނދުމަ ކޮށްދެއްވާފައެވެ.

އެއްތަނުން އަނެއްތަނަށް ފައިސާ ގެންދާއިރު ސަމާލުވާން ޖެހޭކަން ފާހަގަ ކުރައްވައި އަބްދުﷲ އިތުރަށް ވިދާޅުވީ، ކުންފުނިތަކުންވެސް ފައިސާ ބޭރު ކުރާ ގަޑީގައި ސީސީޓީވީ ފުޓޭޖް މެދުވެރިކޮށް ވަށައިގެންވާ މާހައުލުތަކުގެ ކަންކަން ބަލައި ނުރައްކަލެއް ނެތްކަން ޔަޤީން ކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ ބޮޑެތި މުއާމަލާތްތައް ކުރުމަށް ބިދޭސީން ނުފޮނުވުމާއި، އެލަރމިންގ ސިސްޓަމްތައް ޤާއިމު ކުރުމަކީ ފުލުހުންނަށްވެސް އޭގެ ސަބަބުން މައްސަލަތަކުގައި އެހީއަކަށް ވާނެ ކަމެއްކަން އަބްދުﷲ ފާހަގަ ކުރެއްވިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ހެޑް އޮފް ހުޅުމާލެ އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލްމަތީން އަބްދުލް ކަރީމް ވިދާޅުވީ، ތަކުރާރުކޮށް ވައްކަމުގެ ކުށްތަކަށް އަރައިގަންނަ މީހުން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ކޮވިޑުގެ ފުރަބަންދަށް ލުއި ދިނުމުގެ މަރުޙަލާތައް ފެށުނު ފަހުން ކުދި ވައްކަންތައް އިތުރުވިކަން މަތީން ފާހަގަ ކުރެއްވިއެވެ.

މަތީން އިތުރަށް ވިދާޅުވީ، ބައެއް ފަހަރު ގޭގެ ވެރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުހުރުމުގެ ސަބަބުންވެސް ގޭގެއިން ވައްކަން ކޮށްފައިވާ ކަމަށެވެ. އަދި ގެދޮރުގައި ހިނގާ ވައްކަންތައް މަދު ކުރުމަށްޓަކައި، ގޭގެ ވެރިންވެސް އެކަންކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭކަން މަތީން ފާހަގަ ކުރެއްވިއެވެ.

ފުލުހުން އެހެން ވިދާޅުވެފައިވާއިރު، 2020 ވަނަ އަހަރު އެކަނިވެސް ވައްކަމާ ގުޅޭ 3500ށް ވުރެ ގިނަ މައްސަލަ ހުށައެޅިފައިވެއެވެ. އަދި ފޭރުމާ ގުޅޭ 340ށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

16 ފެބުރުއަރީ 2017
ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު