Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހަރުގެ ޝަހްސިއްޔަތު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު ނަޝީދަށް، ބެލުންތެރިންގެ ވޯޓުގެ 79.6 އިންސައްތަ ލިބުނު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2017 | ހުކުރު 23:16
ރާއްޖެޓީވީގެ އަހަރުގެ ޝަހުސިއްޔަތުކަމަށް ހޮވިވަޑައިގެންވި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ އަހަރުގެ ޝަހުސިއްޔަތުކަމަށް ހޮވިވަޑައިގެންވި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ 2016 ވަނަ އަހަރުގެ ޝަހުސިއްޔަތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ހޮވިއްޖެ އެވެ. 2016 ވަނަ އަހަރުގެ ޝަހުސިއްޔަތު ހޮވުމަށް ރާއްޖެޓީވީން ހަތަރު ނަމެއް ބެލުންތެރިންނަށް ދޫކޮށްލައި، އެސްއެމްއެސް އަދި ޓުވިޓާރ، ފޭސްބުކް މެދުވެރިކޮށް ވޯޓްލުމުގެ ފުރުސަތު ހުޅުވާލި އެވެ.

އެގޮތުން ރާއްޖެޓީވީގެ 2016 ވަނަ އަހަރުގެ ޝަހުސިއްޔަތު ކަމަށް ވާދަކުރެއްވި ހަތަރު ބޭފުޅުންނަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނަތް ފަޅާއަރުވާލި ޤާސިމް އަބްދުއް ކަރީމާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އެވެ.

Advertisement - newsAdvertisement

އެ ހަތަރު ބޭފުޅުންގެ ނަމަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލުމުން، ބެލުންތެރިން އަހަރު ޝަހުސިއްޔަތަކަށް ހޮވާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދަށް، ބެލުންތެރިންގެ ވޯޓުގެ 79.6 އިންސައްތަ ލިބުނުއިރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ އެންމެ 0.7 އިންސައްތަ ވޯޓު އެވެ. އެ ދެ ބޭފުޅުންގެ އިތުރުން ވާދަކުރެއްވި ޤާސިމް އަބްދުލް ކަރީމަށް 10.9 އިންސައްތަ ބެލުންތެރިން އަހަރުގެ ޝަހުސިއްޔަތު ކަމަށް ވޯޓުދެއްވިއިރު، އަހުމަދު މަހުލޫފަށް ބެލުންތެރިންދެއްވާފައި ވަނީ 8.8 އިންސަތަ ވޯޓެވެ.

ރާއްޖެޓީވީގެ އަހަރުގެ ޝަހުސިއްޔަތު ކަމަށް ހޮވުނު ރައީސް މުހައްމަދު ނަޝީދަށް ސްޓޭޝަނާއި، ބެލުންތެރިންގެ ނަމުގައި ހާއްސަ މަރުހަބާއެއް ދަންނަވަމެވެ. ރައީސް މުހައްމަދު ނަޝީދު ވަނީ ނިމުނު 2016 ވަނަ އަހަރުގައި ރާއްޖެގެ ސިޔާސީ މަޝްރަހުގައި މުހިންމު ރޯލެއް ކުޅުއްވާފަ އެވެ. އެގޮތުން ރައްޔިތުންނަށް ރައްޔިތުންގެ ހައްޤުތައް ހޯދައިދީ، ރައްޔިތުން ބާރުވެރިކުރުމަށް ރާއްޖެއިން ބޭރުގައި ހުންނަވާ ރައީސް ނަޝީދު ހާއްސަ މަސައްކަތްތަކެއް ކުރައްވާފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު