Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޮވިޗް ފްރެންކްފަޓަށް ބަދަލުވުން

ޔޮވިޗް އަނބުރާ ފްރެންކްފަޓަށް

ޔޮވިޗް އަނބުރާ ފްރެންކްފަޓާ ގުޅުނީ ލޯނު އެއްބަސްވުމެއް ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ޖެނުއަރީ 2021 | ބުދަ 13:03
މީގެ ކުރިން އެއިންޓްރެކްޓް ފްރެންކްފަޓަށް ކުޅުނު ސާބިއާގެ ޒުވާން ފޯވާޑް ލޫކާ ޔޮވިޗް

މީގެ ކުރިން އެއިންޓްރެކްޓް ފްރެންކްފަޓަށް ކުޅުނު ސާބިއާގެ ޒުވާން ފޯވާޑް ލޫކާ ޔޮވިޗް

ލޯނު އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސާބިއާގެ ޒުވާން ފޯވާޑް ލޫކާ ޔޮވިޗް، އޭނާގެ ކުރީގެ ކުލަބު އެއިންޓްރެކްޓް ފްރެންކްފަޓާ ގުޅިއްޖެއެވެ.

ފްރެންކްފަޓް ދޫކޮށް 2019 ވަނަ އަހަރުގެ ޖޫން މަހު 60 މިލިޔަން ޔޫރޯއަށް ރެއާލާ ގުޅުނު ޔޮވިޗަށް އެ ޓީމުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މިދިޔަ ދެ ސީޒަނުގައި އޭނާ ރެއާލަށް ކުޅެދީފައިވަނީ އެންމެ 32 މެޗެވެ. އަދި މި މެޗުތަކުގައި ޔޮވިޗަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ދެ ލަނޑެވެ.

އެއާއެކު ރެއާލުން ވަނީ މި ސީޒަން ނިމެންދެން ލޯނު އެއްބަސްވުމެއްގެ ދަށުން ޔޮވިޗް ފްރެންކްފަޓަށް ދޫކޮށްފައެވެ. ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ފްރެންކްފަޓުގެ ސްޕޯޓިންގ ޑިރެކްޓަރު ފްރެޑީ ބޮބިޗް ބުނީ މި ސީޒަން ނިމެންދެން ފްރެންކްފަޓަށް ޔޮވިޗް ގެންނަން ރެއާލާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި މި ސީޒަނުގެ ނިޔަލަށް އޭނާ އެ ޓީމުގައި މަޑުކުރާއިރު، އެއްބެސްވުން ދާއިމީ ކުރުމާ މެދު ގޮތެއް ނިންމާނީ ސީޒަން ނިމުމުން ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ ކުރިން ބެންފީކާއަށްވެސް ކުޅުނު ޔޮވިޗް އެންމެ ފުރަތަމަ ފްރެންކްފަޓާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން 2017 ވަނަ އަހަރުއެވެ. އެކަމަކު 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ފްރެންކްފަޓުން ވަނީ ޔޮވިޗުގެ އެއްބަސްވުން ދާއިމީކޮށްފައެވެ. މީގެ ކުރިން ފްރެންކްފަޓުގައި ހޭދަކުރި ދެ ސީޒަނުގައި ޔޮވިޗް ވަނީ އެ ޓީމަށް 75 މެޗު ކުޅެދީ 36 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ފްރެންކްފަޓާއެކު ޖަރުމަން ކަޕުވެސް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

27 ޑިސެމްބަރު 2018

ނޭމާ އާއި ގާޑިއޯލާ ބާސާއަށް އަނބުރާ ގެންދަން ބޭނުން: މެސީ

27 ޑިސެމްބަރު 2018
ނޭމާ އާއި ގާޑިއޯލާ ބާސާއަށް އަނބުރާ ގެންދަން ބޭނުން: މެސީ
01 ފެބުރުއަރީ 2018

ޗެލްސީގެ ނަތީޖާތައް އަނބުރާލެވޭނެ: ކޮންޓޭ

01 ފެބުރުއަރީ 2018
ޗެލްސީގެ ނަތީޖާތައް އަނބުރާލެވޭނެ: ކޮންޓޭ
19 ޑިސެމްބަރު 2017

މާޒިޔާ ދޫކޮށްލުމަށް ފަހު އުމެއިރު އަނބުރާ ނިއު އަށް ބަދަލުވެއްޖެ

19 ޑިސެމްބަރު 2017
މާޒިޔާ ދޫކޮށްލުމަށް ފަހު އުމެއިރު އަނބުރާ ނިއު އަށް ބަދަލުވެއްޖެ
16 ޑިސެމްބަރު 2017

ރެނާޓޯ ސަންޗޭޒް އަނބުރާ ހޯދުމަށް ބަޔާން އިން މަސައްކަތް ފަށައިފި

16 ޑިސެމްބަރު 2017
ރެނާޓޯ ސަންޗޭޒް އަނބުރާ ހޯދުމަށް ބަޔާން އިން މަސައްކަތް ފަށައިފި
21 ނޮވެމްބަރު 2017

ނަތީޖާތައް އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: ޒިދާން

21 ނޮވެމްބަރު 2017
ނަތީޖާތައް އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: ޒިދާން
21 ނޮވެމްބަރު 2017

އަލުން އަނބުރާ ޔޫރަޕުގެ ޓީމަކަށް ނުދާނަން: ޑޭވިޑް ވިޔާ

21 ނޮވެމްބަރު 2017
އަލުން އަނބުރާ ޔޫރަޕުގެ ޓީމަކަށް ނުދާނަން: ޑޭވިޑް ވިޔާ
26 އޯގަސްޓު 2017

ްރޫނީގެ ނިންމުން އަނބުރާ ގެންނަން ފެނޭ: ރޯއީ ހޮޑްސަން

26 އޯގަސްޓު 2017
ްރޫނީގެ ނިންމުން އަނބުރާ ގެންނަން ފެނޭ: ރޯއީ ހޮޑްސަން
05 އޯގަސްޓު 2017

އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި

05 އޯގަސްޓު 2017
އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި
15 ޖުލައި 2017

އަނބުރާ ޔުނައިޓެޑަށް އައުމުގެ ދޮރު އިބްރާހިމޮވިޗަށް ވަނީ ހުޅުވާލެވިފައި: މޮރީނިއޯ

15 ޖުލައި 2017
އަނބުރާ ޔުނައިޓެޑަށް އައުމުގެ ދޮރު އިބްރާހިމޮވިޗަށް ވަނީ ހުޅުވާލެވިފައި: މޮރީނިއޯ
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު