Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ްރޫނީގެ ނިންމުން އަނބުރާ ގެންނަން ފެނޭ: ރޯއީ ހޮޑްސަން

ރޫނީ ވަނީ ގައުމީޓީމާއެކު ގިނަ އަހަރުތަކެއް ވޭތުކޮށްފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 26 އޯގަސްޓު 2017 | ހޮނިހިރު 02:40
ރޫނީ ގައުމީ ޓީމުގެ ޖާޒީގައި

ރޫނީ ގައުމީ ޓީމުގެ ޖާޒީގައި

އިންގްލެންޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ވޭން ރޫނީ ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށާއި އެ ނިންމުން އަނބުރާ ގެންނާނެ ކަމަށް އުންމީދުކުރާ ކަމަށް ގައުމީ ޓީމުގެ ކޯޗު ރޯއީ ހޮޑްސަން ބުނެފިއެވެ.

ހޮޑްސަން މިހެން ބުނެފައި ވަނީ މީޑިއާއަށް މައުލޫމާތު ދެމުންނެވެ. ހޮޑްސަން ބުނީ ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިހާ ކައިރިވެފަ އޮއްވާ ރޫނީ ގައުމީ ޓީމުން ރިޓަޔަރ ކުރުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. ރޫނީ ކަހަލަ ތަޖްރިބާކާރު ހުނަރުވެރި ކުޅުންތެރިން އިނގިރޭސި ގައުމީ ޓީމަށް ބޭނުންވާ ކަމަށާއި އެގޮތުން އަންނަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އޭނާގެ އެހީތެރިންކަން ޓީމަށް މުހިންމު ކަމަށެވެ.

އެހެން ކަމުން ނިންމި ނިންމުން އަނބުރާ ގެންގޮސް އަލުން ގައުމީ ޓީމާ ގުޅޭނެ ކަމަށް އުންމީދު ކުރާކަމަށް ހޮޑްސަން ވަނީ ބުނެފައެވެ.

ޔުނައިޓެޑް ދޫކޮށް އެވަޓަނަށް ބަދަލުވެ ރޫނީ އަންނަނީ މި ފަހަރު ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މިފަހަރުގެ ލީގުގައި ކުޅުނު ދެ މެޗުން ދެ ގޯލް ވެސް ޖަހައި ދީފައެވެ. އުމުރުން 31 އަހަރުގެ ރޫނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރީ ވޯލްޑް ކަޕް ކޮލިފައިންގެ މި ފަހަރުގެ މެޗުތަކަށް އިންގްލެންޑު ސްކޮޑު އިއުލާނުކުރަން ކުޑަތަންވެފަ ވަނިކޮށެވެ.

"ރޫނީއަކީ ގައުމީ ޓީމަށް ވަރަށް މިހިންމު ކުޅުންތެރިއެއް. އޭނާ ރިޓަޔަކުރަންވީ ސަބަބެއް ނެތް. އޭނާގެ އުމުރުން އަދި 31 އަހަރު އަދި އޭނާ އަށް ގައުމީ ޓީމަށް ކުޅެވޭނެ. އަންނަ އަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑުގެ ގައުމީ ޓީމަށް އޭނާގެ މުހިންމުކަން ބޮޑު،" އިންގްލެންޑަށް 2013 އިން 2016 އަށް ކޯޗުކޮށްދިން ރޯއީ ހޮޑްސަން ބުންޏެވެ.

ރޫނީ އިނގްލެންޑްގެ ގައުމީޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެފައި ވަނީ 2003 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެމެޗެއްގަ އެވެ. ރޫނީ އެންމެ ފުރަތަމަ ކުޅުނު ބޮޑުމުބާރާތަކީ 2004 ވަނަ އަހަރު ޕޯޗިގަލްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. އޭގެ ފަހުން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް އޭނާ އިންގްލެންޑަށް ކުޅުނެވެ.

ރޫނީ ވަނީ އިންގްލެންޑަށް 119 މެޗުން ކުޅެދީ 53 ގޯލް ޖަހައިދީފަ އެވެ. އޭނާ އަކީ އިންގްލެންޑް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިއާ ވެސް މެއެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި

22 މެއި 2017
ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި
15 މެއި 2017

ކޯސްޓާގެ ސޮއިހޯދާ ކްލަބަށް ގެންނަން ބޭނުން: ޝަންހާއީގެ ކޯޗު

15 މެއި 2017
ކޯސްޓާގެ ސޮއިހޯދާ ކްލަބަށް ގެންނަން ބޭނުން: ޝަންހާއީގެ ކޯޗު
29 އެޕްރީލު 2017

ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ހަމަނުޖެހުން ބޮޑުވި މެޗުން މޮޅުވެ ނިއު އެއްވަނައަށް

29 އެޕްރީލު 2017
ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ހަމަނުޖެހުން ބޮޑުވި މެޗުން މޮޅުވެ ނިއު އެއްވަނައަށް
22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
13 އެޕްރީލު 2017

ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް

13 އެޕްރީލު 2017
ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
25 މާރިޗު 2017

ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!

25 މާރިޗު 2017
ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު