Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންޓޯނިއޯ ކޮންޓޭ

ޗެލްސީގެ ނަތީޖާތައް އަނބުރާލެވޭނެ: ކޮންޓޭ

މި ސީޒަނުގައި ޗެލްސީ ކުޅުނު 39 މެޗުގެ ތެރެއިން މޮޅުވެފައިވަނީ 22 މެޗުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 ފެބުރުއަރީ 2018 | ބުރާސްފަތި 17:02
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ

ޗެލްސީއިން މި ސީޒަނުގެ މިހާތަނަށް ހޯދާފައިވާ ހުރިހާ ނަތީޖާއެއް އަނބުރާލެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ކޮންޓޭ މިހެން ބުނެފައި ވަނީ ޗެލްސީގެ ފަރާތުން ސީޒަނުގެ މިހާތަނަށް ފެންނަމުންދާ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ޓީމަށް ކުރިމަތިވެފައިވާ ފާޑު ކިޔުންތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެގޮތުން އެންމެފަހުން ވެސް ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ވެސް 3-0 އިން ވަނީ ބަލިވެފައެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަނުންގެ ގޮތުގައި އެ ޓީމު ސީޒަން ފެށި ނަމަވެސް މި ސީޒަނުގެ މިހާތަނަށް ދިޔައިރު އެ ޓީމު އޮތީ ތާވަލުގެ ކުރީގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ 18 ޕޮއިންޓް ފަހަތުގައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކޮންޓޭ ބުނީ މިއީ އާންމު ކަމެއް ކަމަށާއި ކޯޗެއްގެ ހައިސިއްޔަތުން ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ ޗެލްސީއަކީ ބޮޑު ޓީމަކަށް ވުމާއެކު އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުންނަ ކޮންމެ މީހަކަށް ވެސް އެފަދަ ފާޑު ކިޔުންތައް އަމާޒުވުމަކީ ވަޒީފާގެ ގޮތުން ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ. އޭނާ ބުނީ ސީޒަނުގެ ފުރަތަމަ މެޗުގައި ބާންލީ އަތުން ބަލިވުމާއެކު ވެސް މީޑިއާގައި ތަފާތު ވާހަކަތައް އެނބުރި ކަމަށާއި މިހާރު ވެސް ކަން ހިނގަމުން ދަނީ އޭރުވެސް ކަން ހިނގަމުންދިޔަ ގޮތާއި އެއްގޮތަށް ކަމަށެވެ.

ކޮންޓޭ ބުނީ އޭނާގެ އިރުޝާދުގެ ދަށުގައި އޮތް ސްކޮޑަށް އެންމެ ރަނގަޅަށް ކޯޗުކަން ކޮށްދެވޭތޯ ބަލަމުންދާ ކަމަށާއި އެއްވެސް މީހަކަށް އޭނާ މަސައްކަތްކުރަމުން ނުދާ ކަމަށް ބުނެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. އޭނާ ބުނީ މިހާތަނަށް ޗެލްސީގެ ކޯޗެއްގެ ގޮތުގައި ރަނގަޅަށް ޒިންމާ އަދާކޮށްފައިވާނެ ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް އެ ކުޅުންތެރިންގެ ގާބިލިއްޔަތުކަން ތަންދިން މިންވަރަކުން އެންމެ ރަނގަޅު ކުޅުން ދެއްކުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އޭނާ ބުނީ ޗެލްސީއިން ހޯދަމުން އަންނަނީ ސަޕޯޓަރުން އުއްމީދުކުރި ވަރަށްވުރެ ރަނގަޅު ނަތީޖާ ކަމަށެވެ.

މި މަހުގެ ތެރޭގައި އެ ޓީމުން ނެރުނު ނަތީޖާތަކާއި ގުޅިގެން ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ފުރުސަތު ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން އެ ޓީމަށް ފުރުސަތު ގެއްލިއްޖެނަމަ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ވެސް އެ ޓީމަށް ފުރުސަތު ގެއްލޭނެއެވެ. މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން ކޮންޓޭ ބުނީ އެގޮތަށް އެކަން ވިޔަ ނުދިނުމަށް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ މި ސީޒަނުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

މި ސީޒަނުގައި ޗެލްސީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ ސްކޮޑުގައި ކުޅުންތެރިން މަދުވުމުގެ މައްސަލައެވެ. އެހެން ނަމަވެސް މި ޖެނުއަރީގެ ޓްރާންސްފާ މާކެޓުގައި އެ ޓީމަށް ވަނީ ތިން ކުޅުންތެރިޔަކު ގެނެސްފައެވެ. އެގޮތުން ރޯމާއަށް ކުޅުނު އެމާސަން ޕަލްމިއޭރީ އާއި އެވަޓަންއަށް ކުޅުނު ރޮސް ބާކްލީގެ އިތުރުން އާސެނަލްއަށް ކުޅުނު ފޯވާޑް އޮލިވިއާ ޖިރޫ ވަނީ އެ ޓީމަށް ގެނެސްފައެވެ. ކޮންޓޭ ބުނީ މި ކުޅުންތެރިންނާއެކު އެ ޓީމަށް ސީޒަނުގެ ބާކީބައިގައި ނަތީޖާތައް އަނބުރާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޮންޓޭގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ޗެލްސީ ކުޅުނު 39 މެޗުގެ ތެރެއިން މޮޅުވެފައިވަނީ 22 މެޗުންނެވެ. 11 މެޗުން އެއްވަރުވެފައިވާއިރު ހަ މެޗުން ވަނީ ބަލިވެފައެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

މުސާރަ ބޮޑުކޮށް ކޮންޓޭއަށް އާ ކޮންޓްރެކްޓެއް

12 މެއި 2017
މުސާރަ ބޮޑުކޮށް ކޮންޓޭއަށް އާ ކޮންޓްރެކްޓެއް
08 މެއި 2017

ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ

08 މެއި 2017
ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ
10 އެޕްރީލު 2017

ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ

10 އެޕްރީލު 2017
ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ
18 މާރިޗު 2017

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް
14 މާރިޗު 2017

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ
26 ފެބުރުއަރީ 2017

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

26 ފެބުރުއަރީ 2017
ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު