Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ނަތީޖާތައް އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: ޒިދާން

ރެއާލް މިވަގުތު އޮތީ ލަލީގާގެ އެއްވަނައިގައި އޮތް ބާސާއަށް ވުރެ 10 ޕޮއިންޓް ފަހަތުގަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 21 ނޮވެމްބަރު 2017 | އަންގާރަ 05:12
ޒައިނުއްދީން ޒިދާން - ރެއާލް ހޯދަމުން އަންނަ ދަށް ނަތީޖާތައް އަނބުރާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އޭނާ ބުނި

ޒައިނުއްދީން ޒިދާން - ރެއާލް ހޯދަމުން އަންނަ ދަށް ނަތީޖާތައް އަނބުރާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އޭނާ ބުނި

ރެއާލް މެޑްރިޑުން ހޯދަމުން ދަނީ ސަޕޯޓަރުން އުއްމީދުކުރާ ނަތީޖާތަކެއް ނޫން ކަމަށާއި އެހެން ނަމަވެސް އެ ނަތީޖާތައް އަނބުރާލެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާއާއި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމު މިވަގުތު އޮތީ ލަލީގާގެ ތިންވަނައިގައެވެ. އަދި މި ސީޒަނުގައި މިހާތަނަށް ކުޅުނު ބައެއް މެޗުތަކުން އެ ޓީމު ވަނީ ހީނުކުރާ ބައެއް ޓީމުތައް އަތުން ވެސް ބަލިވެފައެވެ.

ރެއާލް މިވަގުތު އޮތީ ލަލީގާގެ އެއްވަނައިގައި އޮތް ބާސާއަށް ވުރެ 10 ޕޮއިންޓް ފަހަތުގައި ކަމަށްވާއިރު ޒިދާން ބުނީ ލީގު އަދިވެސް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ޓީމުގެ ފަރާތުން ފެންނަމުންދަނީ ދަށް ކުޅުމެކޭ ބުނެވެން ނެތް ކަމަށެވެ.

އަނިޔާގެ ސަބަބުން ޒިދާންއަށް ދަތިތަކަކާއި ކުރިމަތިވެފައިވާއިރު އޭނާ ބުނެފައިވަނީ ފުޓްބޯޅަ މެދުވެރިކޮށް އާމްދަނީއެއް ހޯދުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި ޓީމެއްގެ ކޯޗެއްގެ ގޮތުގައި ހުރުމަށްވުރެ މާ އުނދަގޫ ވަޒީފާތައް އެބަހުރި ކަމަށެވެ. އެޓްލެޓިކޯއާއި ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ރާމޯސްއަށް އަނިޔާވެފައިވާއިރު ގެރެތް ބޭލްއާއި ކޭލާ ނަވާސް ވެސް ތިބީ ވަނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.

ޒިދާންގެ ޓީމަށް އެދެވޭ ނަތީޖާތައް ނުނެރެވޭ މައިގަނޑު ސަބަބަކީ އެ ޓީމުގެ ފޯވާޑް ލައިނުން ފެންނަމުންދާ ދަށް ކުޅުމެވެ. އެގޮތުން ބެންޒެމާއާއި ރޮނާލްޑޯގެ ފަރާތުން މި ސީޒަނުގައި ފެންނަމުންދަނީ ދަށް ކުޅުމެކެވެ. މިކަމާ ގުޅޭ ގޮތުން ޒިދާން ބުނެފައިވަނީ ފޯވާޑުންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނަމުންދާ ކަމަށާއި އެހެނަސް ލަނޑުތައް ނުފެނުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި އުއްމީދަކީ ދެން ކުޅޭ މެޗެއްގައި އޭނާގެ ފޯވާޑުންގެ ފަރާތުން ލަނޑު ފެނިގެން ދިޔުން ކަމަށްވެސް ޒިދާން ވަނީ ބުނެފައެވެ.

ރެއާލްގެ ސްކޮޑުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިބިއިރު މި ސީޒަނުގައި އެ ކުޅުންތެރިންނަށް ފުރުސަތު ދީފައިވަނީ ވަރަށް މަދުންނެވެ.

މިކަމާ ގުޅޭ ގޮތުން ޒިދާން ބުނީ އެއީ ޒުވާން ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންނަށް ފުރުސަތު ނުދޭ ސަބަބުތައް ވަރަށް ރަނގަޅަށް ކިޔައިދޭ ކަމަށެވެ. އެ ކުޅުންތެރިން އަދި ދަސްކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި ތަޖުރިބާކާރު ކުޅުންތެރިންނަށް ގިނައިން ފުރުސަތު ދެވޭ ކަމަށް ޒިދާން ވަނީ ބުނެފައެވެ. ހަމައެހެންމެ ރަނގަޅަށް ކުޅޭ ނަމަ ޒުވާން ކުޅުންތެރިންނަށް ވެސް މެޗުތަކުގައި ފުރުސަތު ދޭނެ ކަމަށް އޭނާ ބުންޏެވެ. އެގޮތުން މާކޯ އަސެންސިއޯ އާއި ޑެނީ ސެބަލޯސްއަށް ފުރުސަތު ދެމުން އަންނަ ކަމަށް އޭނާ ފާހަގަކުރިއެވެ.

ރަފައޭލް ބެނިޓޭޒްގެ ބަދަލުގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރެއާލްއާއި ހަވާލުވުމަށްފަހު ޒިދާން އަންނަނީ އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދެމުންނެވެ. އެނާގެ އިރުޝާދުގެ ދަށުން ރެއާލްވަނީ ސްޕެނިޝް ލަލީގާގެ އިތުރުން ދެ ފަހަރެއްގެ މަތިން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު