Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑޭވިޑް ވިޔާ

އަލުން އަނބުރާ ޔޫރަޕުގެ ޓީމަކަށް ނުދާނަން: ޑޭވިޑް ވިޔާ

އޭނާ އެންމެ ފަހުން ޔޫރަޕުގެ ޓީމަކަށް ކުޅެފައިވަނީ 2014 ވަނަ އަހަރު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 21 ނޮވެމްބަރު 2017 | އަންގާރަ 03:12
ނިއުޔޯކް ސިޓީގެ ފޯވާޑް ޑޭވިޑް ވިޔާ - އޭނާ ހޯދުމަށް ޔޫރަޕުގެ ގިނަ ޓީމުތަކަކުން އަންނަނީ މަސައްކަތް ކުރަމުން

ނިއުޔޯކް ސިޓީގެ ފޯވާޑް ޑޭވިޑް ވިޔާ - އޭނާ ހޯދުމަށް ޔޫރަޕުގެ ގިނަ ޓީމުތަކަކުން އަންނަނީ މަސައްކަތް ކުރަމުން

ޔޫރަޕުގެ ޓީމެއްގެ ޖާޒީއަކުން ދެން ނުފެންނާނެ ކަމަށް އެމެރިކާގެ މޭޖާ ލީގު ސޮކާގެ ނިއުޔޯކް ސިޓީ އެފްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ޑޭވިޑް ވިޔާ ބުނެފިއެވެ.

ސްޕެއިން އާއިއެކު 2008 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯލް މުބާރާތާއި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި ފޯވާޑް މި ސީޒަނުގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާ ހޯދުމަށް ޔޫރަޕުގެ ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ވިޔާގެ މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް ވަނީ 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ސްޕެއިންގެ ގައުމީ ޓީމުން ވެސް ފުރުސަތު ދީފައެވެ.

އުމުރުން 35 އަހަރުގެ ފޯވާޑް ހޯދުމަށް ޔޫރަޕުގެ ގިނަ ޓީމުތަކަކުން މަސައްކަތް ކުރަމުން އަންނައިރު އެމެރިކާގައި ކުޅޭ ވަރަށް ގިނަ ކުޅުންތެރިން އޮފް ސީޒަނުގައި ފިޓުކޮށް ތިބުމުގެ ގޮތުން ޔޫރަޕުގެ ޓީމުތަކަށް ފިނި މޫސުމުގެ ޓްރާންސްފާގައި ބަދަލުވެއެވެ.

އެހެނަސް ސްޕެއިންގެ އެންމެ ބޮޑު ކުޅިވަރު ނޫސް ކަމަށްވާ 'މާސާ' އާއި ވާހަކަ ދައްކަމުން ވިޔާ ބުނީ އޭނާ ހޯދުމަށް ޓީމުތަކުން މަސައްކަތް ކުރަމުންދާކަން ހާމަވުމުން ވަރަށް އުފާވާ ކަމަށާއި އޭގޭ މާނައަކީ އޭނާއަށް މިހާރު ދެއްކޭ ކުޅުމަކީ އެންމެ އެދެވޭ ކުޅުން ކަމަށް މީހުން ބަލައިގަތުން ކަމަށެވެ. ނިއުޔޯކް ސިޓީގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި އެހެނަސް ޔޫރަޕުގެ ޓީމަކަށް ބަދަލުވުމުގެ ހިޔާލެއް މިވަގުތު ނެތްކަމަށް ވިޔާ ވަނީ ބުނެފައެވެ.

ހަމައެހެންމެ ވިޔާ ބުނެފައިވަނީ އެމެރިކާގެ ލީގަށް ބަދަލުވެވުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އެ ލީގަކީ ވަރަށް ވާދަވެރި އަދި ބަލާހިތްވާ ޒާތުގެ ލީގެއް ކަމަށް ވެސް ވިޔާ ވަނީ މި އިންޓަވިއުގައި ބުނެފައެވެ. ވިޔާ ބުނެފައިވަނީ ތިން އަހަރު ކުރިން ނިންމި ނިންމުމަކީ ހަޔާތުގައި ނިންމި އެންމެ ރަނގަޅު ނިންމުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ވިޔާ ބުނެފައިވަނީ އެމެރިކާގެ ލީގަށް ބަދަލުވާން އިރުޝާދު ދިނީ ކުރީގެ ޓީމުތަކަށް ކުޅުނު ބައެއް ކުޅުންތެރިން ކަމަށާއި އަދި މި ލީގަށް އައުމަށް އެހެން ކުޅުންތެރިން ވެސް ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ ކަމަށެވެ.

ސްޕެއިންގެ ވެލެންސިއާ އާއި ބާސެލޯނާގެ އިތުރުން އެޓްލެޓިކޯ މެޑްރިޑަށް ކުޅުމަށް ފަހު ވިޔާ ނިއުޔޯކް ސިޓީ އެފްސީއަށް ބަދަލުވެފައި ވަނީ 2014 ވަނަ އަހަރުއެވެ. އެ ކްލަބަށް ބަދަލުވުމަށްފަހު އޭނާ ކުޅުނު 101 މެޗުގައި އޭނާ ވަނީ އެ ޓީމަށް 65 ލަނޑު ޖަހައިދީފައެވެ.

އިތުރަށް ކިޔާލަން

15 ޖުލައި 2017

އަނބުރާ ޔުނައިޓެޑަށް އައުމުގެ ދޮރު އިބްރާހިމޮވިޗަށް ވަނީ ހުޅުވާލެވިފައި: މޮރީނިއޯ

15 ޖުލައި 2017
އަނބުރާ ޔުނައިޓެޑަށް އައުމުގެ ދޮރު އިބްރާހިމޮވިޗަށް ވަނީ ހުޅުވާލެވިފައި: މޮރީނިއޯ
08 ޖުލައި 2017

ގްރީން ސްޓްރީޓުން އަލުން ތާވަލުގެ ހަތަރު ވަނައަށް

08 ޖުލައި 2017
ގްރީން ސްޓްރީޓުން އަލުން ތާވަލުގެ ހަތަރު ވަނައަށް
14 އެޕްރީލު 2017

ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު

14 އެޕްރީލު 2017
ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު
12 އެޕްރީލު 2017

ބޭނުމަކީ މާޒިޔާ ކޮޅަށް ފުރަތަމަ ގޯލުޖަހާ ޓީމަކަށް ނިއު ހެދުން: ޓަވަރޭޒް

12 އެޕްރީލު 2017
ބޭނުމަކީ މާޒިޔާ ކޮޅަށް ފުރަތަމަ ގޯލުޖަހާ ޓީމަކަށް ނިއު ހެދުން: ޓަވަރޭޒް
26 މާރިޗު 2017

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު