Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެނާޓޯ ސަންޗޭޒް

ރެނާޓޯ ސަންޗޭޒް އަނބުރާ ހޯދުމަށް ބަޔާން އިން މަސައްކަތް ފަށައިފި

ރެނާޓޯ ސަންޗޭޒް މިހާރު ކުޅެމުން އަންނަނީ ލޯނެއްގެ ދަށުން ސްވަންސީއަށް

ލީވާން އަލީ
ލީވާން އަލީ | 16 ޑިސެމްބަރު 2017 | ހޮނިހިރު 14:35
ސްވަންސީ އަށް ކުޅެމުން އަންނަ ރެނާޓޯ ސަންޗޭޒް

ސްވަންސީ އަށް ކުޅެމުން އަންނަ ރެނާޓޯ ސަންޗޭޒް

ލޯން އެއްބަސްވުމެއްގެ ދަށުން ސްވަންސީ ސިޓީއަށް ދޫކޮށްފައިވާ ރެނާޓޯ ސަންޗޭޒްގެ އެއްބަސްވުމުގެ މުއްދަތު ކުރުކޮށް، އޭނާ އަނބުރާ ބަޔާން މިއުނިކަށް ގެންނަން އެ ކްލަބުން މަސައްކަތް ފަށައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"މެއިސް ފުޓްބޯލް" ނަމަކަށް ކިޔާ މަޖައްލާއަކުން ބުނީ ލޯން އެއްބަސްވުމެއްގެ ދަށުން މިހާރު ސްވަންސީ ސިޓީއަށް ކުޅެމުން އަންނަ ރެނާޓޯ ސަންޗޭޒްގެ އެއްބަސްވުން ކުރުކޮށް، އަންނަ ޖެނުއަރީ ޓްރާންސްފާއަށް އޭނާ ބަޔާން އަށް ގެންނަން އެ ކްލަބުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ސްވަންސީގައި ރެނާޓޯ ސަންޗޭޒް އަށް ރަނގަޅު ކުޅުމެއް ނުދެއްކޭތީ، އޭނާ އަނބުރާ ބަޔާންއަށް ދިޔުމަށް ވަނީ އެދިފައެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން އަދި އެއްވެސް ރަސްމީ ބަހެއް ނުލިބެއެވެ.

އޭސީ މިލާންގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ ރެނާޓޯ ސަންޗޭޒް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ޔުވަންޓަސްވެސް ހިމެނެއެވެ.

ސަންޗޭޒް ބަޔާން އަށް ބަދަލުވީ މިދިޔަ އަހަރުގެ މެއި މަހު، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 35 މިލިއަން ޕައުންޑަށެވެ. އެހެންކަމުން އޭނާގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރެވެ.

ބެންފީކާ އިން ކެރިޔަރު ފެށި އުމުރުން އެންމެ 20 އަހަރުގެ ސަންޗޭޒް އަންނަނީ ޒުވާން އުމުރުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިދިޔަ ސީޒަނުގައި އޭނާ ވަނީ ބަޔާނަށް 26 މެޗު ކުޅެފައެވެ.

މި ސީޒަނުގައި ސްވަންސީ އަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވެ ރެނާޓޯ ސަންޗޭޒް ވަނީ އެ ކްލަބަށް 10 މެޗު ކުޅެފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

04 ޖެނުއަރީ 2017
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު