Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހުކުރު ޚުތުބާ

ރިޝްވަތަކީ ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނޭ ކަމެއް: ހުކުރު ޚުތުބާ

ކަރަޕްޝަންގެ ސަބަބުން މުޖުތަމައުގެ އަމަން އަމާންކަން ގެއްލޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 28 އެޕްރީލު 2017 | ހުކުރު 12:54
މިސްކިތެެއް

މިސްކިތެެއް

ރިޝްވަތަކީ ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވެގެންދާ ކަމެއް ކަމަށާއި ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސް އެޅޭ ކަންކަން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ރިޝްވަތަކީ ތަރައްގީއަށް އޮތް ހުރަހެކެވެ."

Advertisement - newsAdvertisement

ޚުތުބާގައި ބުނެފައިވަނީ ރިޝްވަތަކީ ތިމާއަށް ހައްގު ނޫން ކަމެއް ނުވަތަ ހައްގު ނޫން އެއްޗެއް ލިބިގަތުމަށް ނުވަތަ ތިމާ ކަމަކުން ބަރީއަވެ ސަލާމަތްވެގަތުމަށް ފައިސާ ނުވަތަ އެނޫން ވެސް އެއްޗެއް މީހަކަށް ނުވަތަ ބަޔަކަށް ދިނުން ކަމަށެވެ. އަދި މީގެ އިތުރުން ގަވާއިދާ ހިލާފަށް ކަންތައްތައް ނިންމުމަށް ނުވަތަ ކުރުމަށް ދޭ ތަކެއްޗާއި ކެއުމާއި ސައި ހިމެނިގެންދަނީ ރިޝްވަތުގެ ތެރޭގައި ކަމަށެވެ.

ރިޝްވަތު ނުވަތަ ކަރަޕްޝަންގެ ސަބަބުން މުޖުތަމައުގެ އަމަން އަމާންކަން ގެއްލި އެތަށް ބަޔަކަށް ލިބެންޖެހޭ ހައްގުތައް ނުލިބޭ ކަމަށާއި އަނެއް ބައެއްގެ ކަންތައްތައް ލަސްވެގެންދާއިރު އަނެއް ބައެއްގެ ކަންތައްތައް ދުވަހުން ދުވަހަށް ނިމިގެން ދާކަމަށް ހުކުރު ޚުތުބާގައި ބުނެފައި ވެއެވެ.

"ހަމަ އެފަދައިން ތިމާގެ ނުފޫޒު ބޭނުންކޮށްގެން ނުހައްގުން ހޯދާ ނުވަތަ ހޯދައިދޭ މަންފާތަކާއި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމަކީ ވެސް ހަމަ އެހެންމެ ކޮރަޕްޝަނެވެ. އަދި މީގެ އިތުރުން އަމިއްލަ ފައިދާ ލިބޭގޮތަށް ނުވަތަ އެހެން ފަރާތަކަށް ހުއްދަނޫން މަންފާއެއް ލިބޭގޮތަށް ސަރުކާރުގެ ތަކެތި ބޭނުންކުރުމާއި ސަރުކާރަށް ތަކެތި ހޯދުމާއި ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރުމާއި ތިމާގެ ބެލުމުގެ ދަށުގައިވާ އެހެން ފަރާތެއްގެ އެއްޗެއް އޭގެ ވެރިފަރާތުގެ އިޒުނައާއި ނުލައި ބޭނުން ކުރުމަކީ މަކަރާއި ހީލަތުގެ ވެސް އަމަލެކެވެ." ޚުތުބާގައި ބުނެފައިވެއެވެ.

ރަސޫލާ(ސ)ގެ ހަދީސް ފުޅުން މިސާލުދައްކަމުން މީހެއްގެ ހަށިގަނޑުގައި އުފެދިފައިވާ މަހަކީ ރިޝްވަތު ކައިގެން އުފެދިފައިވާ މަސް ނަމަ އެމީހަކަށް އެންމެ އައުލާކަން ބޮޑުވެގެން ވަނީ ނަރަކަ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

އެހެން ކަމުން ރިޝްވަތުގެ ސަބަބުން ވަގުތީ އުފަލެއް ލިބުނު ނަމަވެސް ރިޝްވަތު ދޭ މީހުންނާއި، ރިޝްވަތު ހިފާމީހުންނާއި، ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހުން ފަހުން ލިބޭ ގެއްލުމާއި ހަލާކު މާ ބޮޑުވާނެކަން ވިސްނާލަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން މިއަދުގެ ހުކުރުހުތުބާގައި ބުނެފައި ވަނީ ތިމާމެންގެ އަނބިދަރީން ނަރަކައަށް އެއްލާލަނީ އަމިއްލަ އަތްތަކުން ކަމަށާއި ހަރާން ތަކެތި ކާން ދިނުމަކީ ދަރީން ބަސްނޭހުމާއި ވިޔާނުދާ އަމަލުކުރުމާއި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވާނޭ ކަމެއް ކަމަށެވެ.

ހުކުރު ޚުުބާގައި ރިޝްވަތާއި ކޮރަޕްޝަނުގެ މައްޗަށް އަލިއަޅުވާލާފައިވާ މިދަނޑިވަޅަކީ ރާއްޖޭގައި ރިޝްވަތާއި ކޮރަޕްޝަނުގެ މައްސަލަތައް އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅެކެވެ. ހާއްސަކޮށް ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާ އަށް ބޮޑުވެ ދައުލަތުގެ ހާޒާނާ އިން އެތައް ބިލިއަން ރުފިޔާއެއް ވަގަށް ނަގާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ

އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ

19 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު