Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީތު ޓްވީޓް

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

7 މާރިޗު 2017 | އަންގާރަ 11:21

އަމީތު މިހެން ވިދާޅުވެފައި ވަނީ ފ. އަތޮޅު ވިއްކާލުމުގެ ވާހަކަ ގަދަވެފައިވާ ދަނޑިވަޅެއްގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 7 މާރިޗު 2017 | އަންގާރަ 11:21
އެމްޕީ އަމީތު މަޖިލީހުގައި ވާހަކަދައްކަވަނީ

އެމްޕީ އަމީތު މަޖިލީހުގައި ވާހަކަދައްކަވަނީ

ލިބިދާނެ މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާން ވެދާނެ ކަމެއް ކޮށްގެން ނުވާނެ ކަމަށް ރ. މަޑުއްވަރީ ދައިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

އަމީތު މިހެން ވިދާޅުވެފައިވަނީ ފ. އަތޮޅު ވިއްލާލުމުގެ ވާހަކަ ވަރަށް ބޮޑަށް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އަމީތުއަކީ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕް މެންބަރަކަށްވާއިރު މިއީ މިފަދަ ގޮތަކަށް އޭނާ ކޮމެންޓެއް ކުރި ފުރަތަމަ ފަހަރެއެވެ. އަމީތަކީ ކުރިން ސަރުކާރުގައި ހުންނެވި ރައީސް އޮފީސް މިނިސްޓަރ އަބްދުﷲ އަމީންގެ ކޮއްކޮ އެވެ. އަމީންއަކީ މިހާރު އިދިކޮޅު އިއްތިހަދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ފ. އަތޮޅުން ބޮޑު ބައެއް ވިއްކާލުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ ރާއްޖެއަށް 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް އަންނަން އުޅޭ ކަމަށެވެ. މިއީ ރުފިޔާއިން ބަލާ ނަމަ ގާތްގަނޑަކަށް 154 ބިލިއަން ރުފިޔާ އެވެ.

ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ރައީސް މައުނޫން ފެކްޝަނުގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އެކަމާ ދެކޮޅުކަން ދޭހަވާ ފަދަ ގޮތަކަށް ރައީސް ޔާމީންގެ ފެކްޝަނުގެ މެންބަރަކު ޓްވީޓްކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރަށް ތާއީދުކުރާ މެންބަރުން ދަނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެރަގޮތެއް ވާގޮތަކަށް އެއްވެސް ކަމެއް ނުނިންމަވާނެ ކަމަށް ބުނަމުންނެވެ. އަދި އެއީ މި ސަރުކާރުން ރާއްޖޭއަށް ގެންނަން ބުނާ ބިޔަ ބޮޑު މަޝްރޫއެއްގެ ތެރެއިން އެއް މަޝްރޫއު ކަމަށް ވަނީ ބުނެފަ އެވެ. ފ. އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން ރައްޔިތުންނަށް ކަންކަން އޮޅުން ފިލުވައިދިނުމަށް އެދި އެއަތޮޅު ބިލަތްދޫ ރައްޔިތުން މިދިޔަ ހަފްތާގައި ވަނީ އިހްތިޖާޖު ވެސް ކޮށްފަ އެވެ.

ސައުދީ ޝާހީ އައިލާއާ އެކު ސަރުކާރުން ފ. އަތޮޅާއި ގުޅޭ ކަންކަން މިމަހު އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދަތުރުގައި ނިންމަވާނެ ކަމަށް ވެއެވެ. ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ރާއްޖެއަށް ކުރައްވާ ދަތުރުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވުމަށް މާލެ އަތޮޅު ތިން ރިސޯޓް ވަނީ އެއްކޮށް ނަގާފަ އެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2017

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް
10 މާރިޗު 2017

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ
06 މާރިޗު 2017

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް