Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ މައްސަލަތައް

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

ރައީސް ނަޝީދާއި، ރައީސް ޔާމީނަކީ މުޅިން ތަފާތު ދެ ބޭފުޅުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2017 | ހޯމަ 07:14
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ

ޤައުމުގައި ހުރި މައްސަލަތައް ހައްލުކޮށް ޤައުމު އަމާން ބަނދަރަކަށް ގެންދެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް މުހައްމަދު ނަޝީދު ކަމަށާއި، އެ މަނިކުފާނު މިނިވަން ނުކޮށް، ޤައުމުގައި ހުރި މައްސަލަތައް ހައްލުނުކުރެވޭނެ ކަމަށް ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފާހަގަކުރެވޭ ކަންކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރެވެން ނެތް ކަމަށެވެ. އަދި ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރައްވާނެ ބޭފުޅަކުވެސް ނެތް ކަމަށް މުސްތަފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކަންކަން ހައްލުކުރެއްވުމަށް ހުންނެވި ރައީސް ނަޝީދު ވެސް ހުންނަވަން ޖެހެނީ ޤައުމުން ބޭރުގައި ކަމަށާއި، އެ މަނިކުފާނު ވެސް ޤައުމަށް ވަޑައިގަންނަވާއިރަށް ހައްޔަރުކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ރައީސް މައުމޫނަކީ ޤާބިލް ބޭފުޅެއް ކަމަށް ގަބުލުކުރައްވަންތޯ ސުވާލުކުރުމުން މުސްތަފާ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވުމަށް ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ރައީސް މައުމޫނަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް ކަމަށް މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި ޤައުމުގައި ހުރި މައްސަލަތައް ހައްލުކޮށް، ޤައުމު އަމާން ބަނދަރަކަށް ގެންދެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި ރައީސް ނަޝީދަކީ ގިނަ ދިވެހި ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެއްގެ އިތުރުން، އެމްޑީޕީގެ މުގޫ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު ޤައުމުން ބޭރުގައި ހުންނަވައިގެން ކުރައްވާ މަސައްކަތްޕުޅުން ކަންކަން އިސްލާހުކުރެވިދާނެތޯ ސުވާލުކުރުމުން މުސްތަފާ ވިދާޅުވީ، އެގޮތަށް ކަންކަން ހައްލުކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މުސްތަފާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނާނީ އެމްޑީޕީކަމަށެވެ. އެމްޑީޕީ ކުރާ މަސައްކަތުން ރާއްޖޭގެ ކަންކަން ހައްލުކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

އެމްޑީޕީ ތެރޭގައި ފެކްޝަންތައް އޮތް ކަމަށް ގަބޫލުކުރައްވަންތޯ ސުވާލުކުރުމުން މުސްތަފާ ވިދާޅުވީ އެމްޑީޕީ ތެރޭގައި އެއްވެސް ފެކްޝަނެއް ނޯންނާނެ ކަމަށެވެ. އެމްޑީޕީގެ ހުރިހާވެސް ބޭފުޅަކީ ރައީސް މުހައްމަދު ނަޝީދު ކަމަށާއި ރައީސް ނަޝީދާ އެއްވެސް ބޭފުޅަކު އެމްޑީޕީގެ ތެރެއިން ދެކޮޅު ނުވާނެ ކަމަށް މުސްތަފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީވެސް އެމަނިކުފާނަށް އޮންނަ ލޯތްބެއްގެ ސަބަބުން ތިއްބަވާ ބޭފުޅުން ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ފަހަތުގައި ތިބި ބޭފުޅުން ތިއްބެވީ މަޖުބޫރުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނާއެކު ރައީސް މުހައްމަދު ނަޝީދު ސިޔާސީ ޑީލެއް ހައްދަވާފާނެކަމަށް ގަބޫލުކުރައްވަންތޯ ސުވާލުކުރުމުން މުސްތަފާ ވިދާޅުވީ އެއީ ބަޔަކު ދައްކާ ވާހަކައެއް ކަމަށާއި، ރައީސް ނަޝީދު އެއްވެސް ޑީލެއް ނުހައްދަވާނެ ކަމަށެވެ. ރައީސް މުހައްމަދު ނަޝީދަކީ ވަރަށް އާދައިގެ ދިރިއުޅުމަކަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ މުއްސިދިކަމާއި ފައިސާއަށް ލޯބިކުރައްވާ ބޭފުޅެއް ނޫން ކަމަށް މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ރައީސް ޔާމީން ބޭނުންފުޅުވާކަމަށެވެ. އެހެންކަމުން ރައީސް ޔާމީން އެކަމުގައި އެއްވެސް މިންވަރަކަށް ދުލެއް ނުދޭނެ ކަމަށާއި، ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެކި ނަމަވެސް، އަދި ކޮންމެ ފަދަ ދަތިކުރުމުގެ ފިޔަވަޅެއް އެޅިނަމަވެސް، ދުލެއް ނުދެއްވާނެ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ ރައީސް ޔާމީން. އަޅުގަނޑަށް ޔަޤީން ކަށަވަރު 2018 ވަނަ އަހަރުގެ އިންތިހާބަށްދާއިރު އެއްވެސް މީހަކު (ސިޔާސީ ހައްޔަރީ) ސަރުކަރުން ދޫކޮށްނުލާނެކަން" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ، ރައްޔިތުންގެ ތެރެއިން ކޮންމެ ދިހަ މީހަކުން އަށް މީހަކު ރައީސް ޔާމީނަށް ތާއީދުނުކުރާ ކަމަށެވެ. އެގޮތުން އިންތިހާބުގެ އެންމެ ފަހު ވަގުތު ވޯޓު ވިއްކާލާކަމަށް މުސްތަފާ ވިދާޅުވި އެވެ. އަދި ޤައުމުގެ ކަންކަން އިސްލާހުކުރުމުގެ ބާރުއޮތްބަޔަކީ ރައްޔިތުން ކަމަށާއި، އެ ބާރު ރައްޔިތުންނަށް އޮތްއިރު އެކަމުގައި އެހެންބަޔަކު ބަދުނާމުކުރާނެ ޖާގައެއް ނެތްކަމަށް މުސްތަފާ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު