Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިބްތިހާލުގެ މަރު

އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ

އިބްތިހާލު މަރުވީ ނޭވާ ނުލެވޭގޮތަށް ކަރުގަ ހިފާ، ބޮޑެތި އަނިޔާތަކެއް ދިނުމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2017 | އާދީއްތަ 13:16
މުހައްމަދު އިބްތިހާލު (3 އަހަރު) --

މުހައްމަދު އިބްތިހާލު (3 އަހަރު) --

ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މުހައްމަދު އިބްތިހާލު (3 އަހަރު) މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، އަދި ފުއްޕާމޭ ފަދަ ހަޑިގަނޑުގެ ގުނަވަންތަކަށް ދީފައިވާ އަނިޔާތަކުގެ ސަބަބުން ބަނޑަށް ލޭ އެޅިގެން ކަމަށް އިބްތިހާލުގެ ހަށިގަނޑު ބެލި އައިޖީއެމްއެޗުގެ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.

އިބްތިހާލުގެ މަރުގެ މައްސަލާގައި އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ހެކިބަސް ނެގުމުގެ ޝަރީއަތުގުގެ މަޖިލީހުގައި ހެކިބަސް ދެމުން ޑޮކްޓަރ އަހުމަދު ނިޝާން ވިދާޅުވީ، އިބްތިހާލު މަރުވީ ވަރަށް ބޮޑެތި އަނިޔާތަކެއް އޭނާއަށް ދީފައިވާތީކަން އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަހުރި އަނިޔާތަކުންނާއި ތަހުލީހު ރިޕޯޓްތަކުން އެނގޭ ކަމަށެވެ.

Advertisement - newsAdvertisement

ޑރ. ނިޝާން ވިދާޅުވީ ބަނޑަށް ލޭ އެޅެނީ ބޮޑު އަނިޔާއެއް ލިބުމުން ކަމަށާއި އިބްތިހާލުގެ ކަރާއި މޭ ކަށިގަނޑާއި ބުރަކަށްޓަށާއި ކުރިމަތި ފަރާތަށް ވެސް ބޮޑެތި އަނިޔާތައް ކޮށްފައިވާ ކަމަށެވެ. އަދި ބޮލުގެ އެއްފަރާތް ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރުގެ އެ ވާހަކަތަކާ ގުޅިގެން ގާޒީ ވަނީ އިބްތިހާލު މަރާލުމުގެ ކުށުގައި ދައުލަތުން ދައުވާކޮށްފައިވާ އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދު މަނިކުއަށް ވާހަކަ ދެެއްކުމުގެ ފުރުސަތު ދީފަ އެވެ. ނަމަވެސް އާފިޔާ ބުނީ އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

ގާޒީ ވަނީ އާފިޔާގެ އާއިލާއާ ބެހޭ ބައެއް މައުލޫމާތު ހޯދުމަށް އާފިޔާއާ ސުވާލު ކުރައްވާފަ އެވެ. ގާޒީގެ އެ ސުވާލު ތަކާގުޅިގެން އާފިޔާ ބުނީ، އޭނާގެ ބައްޕަ ވަނީ މަރުވެފަ ކަމަށާއި މަންމަ މާލޭގައި އެބައުޅޭ ކަމަށެވެ. ނަމަވެސް މަންމަ އުޅޭ ތަނެއް ނޭނގޭ ކަމަށާއި އެއްބަނޑު އެއްބަފާ ތިން މީހުން މާލޭގައި ތިބި އިރު، އެމީހުން އުޅޭތަނެއް ވެސް ނޭނގޭ ކަމަށެވެ.

އާދިއްތަ ދުވަހުގެ ޝަރީއަތް ނިންމާލައްވަމުން ގާޒީ މުހުތާޒް ފަހުމީ ވިދާޅުވީ މި މައްސަލައިގައި ވަރަށް އަވަހަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

އިބްތިހާލު މަރުވި މައްސަލައިގައި ދައުލަތުން ވަނީ އިހުމާލުވެފައިވާ ކަމަށް ބުނެ ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާކޮށްފަ އެވެ. އެޝަރީއަތްތައް ކްރިމިނަލް ކޯޓުގައި މިހާރު ވަނި ފަށާފަ އެވެ.

އާފިޔާގެ މައްޗަށް ކުރި ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިންގަމުންނެވެ. އާފިޔާ ވަނީ މީގެކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުންތަކުގައި އިބްތިހާލަށް އަނިޔާ ކޮށްފައިވާ ކަމަށާއި އިބްތިހާލު މާރާލާފައިވާ ކަމަށް ބުނެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފްވެފަ އެވެ.

އިބްތިހާލް މަރުވީ 28 ޖެނުއަރީ 2015 ވަނަ ދުވަހުގެ މެންދުރު 12:00 ހާއިރު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީހެއްގެ ކަރުގައި ވަޅި ޖައްސައި ފޭރެން އުޅެފި

މީހެއްގެ ކަރުގައި ވަޅި ޖައްސައި ފޭރެން އުޅެފި

17 ނޮވެމްބަރު 2017
ޤައުމަށް ޚިޔާނާތްތެރިވެފައިވާ ބަޔަކު މިއަދުވެސް އަޅުގަނޑުމެންގެ މިނިވަން ޖައްވަށް ނޭވާލަމުންދޭ: ދިފާޢީ ވަޒީރު

ޤައުމަށް ޚިޔާނާތްތެރިވެފައިވާ ބަޔަކު މިއަދުވެސް އަޅުގަނޑުމެންގެ މިނިވަން ޖައްވަށް ނޭވާލަމުންދޭ: ދިފާޢީ ވަޒީރު

04 ނޮވެމްބަރު 2017
އިބްތިހާލުގެ މަރުގެ މައްސަލާގައި އާފިޔާގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް  މާދަމާ

އިބްތިހާލުގެ މަރުގެ މައްސަލާގައި އާފިޔާގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ

22 އޮކްޓޯބަރު 2017
ބިދޭސީ މީހާ މަރުވީ ކާނާ ވިހަވެގެންކަން ޔަގީނެއް ނޫން: ހިންމަފުށި ހެލްތް ސެންޓަރ

ބިދޭސީ މީހާ މަރުވީ ކާނާ ވިހަވެގެންކަން ޔަގީނެއް ނޫން: ހިންމަފުށި ހެލްތް ސެންޓަރ

02 ޖުލައި 2017
ރައްޔިތުންނަށް ކިރިޔާވެސް ނޭވާއެއް ލެވޭނެ ފުރުސަތެއް އޮތީ ރައީސް ޔާމީން ބޭރުކޮށްގެން: ޖާބިރު

ރައްޔިތުންނަށް ކިރިޔާވެސް ނޭވާއެއް ލެވޭނެ ފުރުސަތެއް އޮތީ ރައީސް ޔާމީން ބޭރުކޮށްގެން: ޖާބިރު

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު