Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް އިބްރާހިމް

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

އެކައުންޓްތައް ފްރީޒް ކުރިއަސް ފަރުވާލެއް ނެތް

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 20 މާރިޗު 2017 | ހޯމަ 01:28
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ދޫކުރައްވައި ސަރުކާރު ހިންގާ ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާ މެމްބަރުން، އެ ބޭފުޅުންގެ އަސްލަށް ރުޖޫއަވެއްޖެ ނަމަ "މުޅި ގައުމުގެ ހުރިހާ ކަމަހެން އެއްފަހަރާ ހަމަޖެހިގެން ދާނެ" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާދީއްތަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޯމަތިވެފައި ވަނިކޮށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާ 94 ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރަން، އެ ޕާޓީގެ މައި އޮފީސް، މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ގައުމުގެ ސަލާމަތާއި އަމާންކަން ދެމެހެއްޓުމަށާއި ގައުމަށް ބާއްޖަވެރިކަން ގެނައުމަށްޓަކައި ރައްޔިތުންގެ ހައްގުތައް އެ ބައިމީހުންނަށް ފުރިހަމަކޮށްދޭންޖެހޭ ކަމަށެވެ. މި ގައުމު ފަސާދައިގެ ތެރެއަށް ގެނބި، މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ މަތިން ހަނދާންނެތި، ވަކި ބައެއްގެ ހައްގުތަކަށް މަސައްކަތްކުރައްވާ ބޭފުޅުންނަށް ވެގެން ނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"މި ދިވެހި ގައުމުގެ ހަމަޖެހުމާއި އަމާންކަމަށްޓަކައި، ރައްޔިތުންގެ މަސްލަހަތަށްޓަކައި ވެސް އަޅުގަނޑުމެންގެ ޕާޓީން ދިޔަ 9 މެމްބަރުންނާއި އަދި އެމްޑީޕީން ވަކިވެގެން ދިޔަ މެމްބަރުން އެނބުރި ވަޑައިގަތުމުން ގައުމުގެ ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައީ،" ގާސިމް ވިދާޅުވި އެވެ.

މި މެމްބަރުން އަސްލަށް ރުޖޫއަވެއްޖެ ނަމަ، ޕާޓީގެ ދިދަ ބަދަލު ކުރަން ނޭންގޭނެ ކަމަށާއި ގާނޫނާ ހިލާފަށް ކަންކަން ކުރުން ވެސް ހުއްޓުވި ޒިންމާދާރުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވަނިކޮށެވެ.

މިހާރު މިއޮތް ސަރުކާރު ހޮވިފައިވަނީ، ރައްޔިތުންގެ ގާތަށް އޭނާ ވަޑައިގެން ސަލާންޖަހައިގެން ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން ވެސް ޖެހީ ކޮޅުފައިން ކަމަށް ގާސިމް ވިދާޅުވި އެވެ.

ކޮންމެ ކަމެއް ވެސް ވަގުތު ޖެހުމުން ވާނެ ކަމަށް ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ، ކިތަންމެ ބާރުވެރިކަމުގައި ހުންނެވި ނަމަވެސް ކަންކަން ވުމަށް އިރާދަ ކުރެއްވުމުން މާގިނަ އިރެއް ނުވެ ކަންކަން ބަދަލުވެގެންދާނެ ކަމަށެވެ. ސަރުކާރުން އަނިޔާވެރިވަމުންދާ ކަމަށް އިޝާރަތް ކުރައްވައި ގާސިމް ވިދާޅުވީ ހިޓިލަރާއި ފިރުއަނުވެ ސް ނިމިގެން ދިޔައީ ކުޑަ ހިނދިކޮޅެއްގެ ތެރޭގައި ކަމަށެވެ. ގައުމު ހަމައަކަށް އެޅުވުމަށްޓަކައި ތައުލީމު ހާސިމް ކުރައްވާފައިވާ ބޭފުޅުން އިސް ނަންގަވައި، ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށް ގާސިމް ގޮވާލެއްވި އެވެ.

ގާސިމް ވިދާޅުވީ އޭނާގެ މުދަލާއި ރިސޯޓްތައް ނަގައި، އެކައުންޓްތައް ފްރީޒު ކުރިޔަސް އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ. މާތް ﷲ ދެއްވި މުދަލެއް އެ މިންވަރު ކުރައްވާފައިވާ ގޮތަކަށް ގެންދަވާނެ ކަމަށެވެ. ނަމަވެސް މުދާ ނަގައި، އެކައުންޓްތައް ފްރީޒުކޮށްފި ނަމަ ކަންބޮޑުވަނީ 5000 މުވައްޒަފުންނަށް މުސާރަ ނުދެވިދާނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު