Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ވެއްޓުނު ޙާދިސާ

ޕެލެޓް ވެއްޓި އަނިޔާވި މީހާގެ ކަށިތަކަށް ހުރީ ގެއްލުންވެފައި، ހާލު ސްޓޭބަލް

މި ޙާދިސާގައި އިތުރު މީހަކަށްވެސް އަނިޔާތަކެއް ލިބުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ޖެނުއަރީ 2021 | ހުކުރު 14:08
އެމްޕީއެލްގައި ޕެލެޓެއް ވެއްޓި މީހަކު ތާށިވި ސަރަޙައްދުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ޙަރަކާތްތެރިވަނީ

އެމްޕީއެލްގައި ޕެލެޓެއް ވެއްޓި މީހަކު ތާށިވި ސަރަޙައްދުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ޙަރަކާތްތެރިވަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަޙައްދުން ބިއްލޫރި ޕެލެޓެއް ވެއްޓި ތާށިވި މީހާގެ ކަށިތަކަށް ގެއްލުންވެފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

މި ޙާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފުން ބުނީ، އެމްޕީއެލްގައި ބިއްލޫރި ޕެލެޓުގަނޑެއް ވެއްޓި، މީހަކު ތާށިވިކަމުގެ މައުލޫމާތު ބުރާސްފަތި ދުވަހުގެރޭ 19:45 ހާއިރު ލިބުމުން، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ޙަރަކާތްތެރިވެފައިވާ ކަމަށެވެ.

ޙާދިސާ ހިނގީ ކޮންޓެއިނަރ ތެރޭގައި ހުރި ބިއްލޫރި ޕެލެޓް އަރިއަޅާލައިގެން ވެއްޓުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެމްއެންޑީއެފުން ބުރާސްފަތި ދުވަހުގެރޭ ވަނީ ކޮންޓެއިނަރުގެ ބޭރު ކަފާލައިގެން އޭނާ ސަލާމަތް ކުރުމަށްފަހު، ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

އޭނާ ސަލާމަތް ކުރެވިފައިވާކަން އެމްއެންޑީއެފުން ކަށަވަރު ކޮށްދެއްވާފައި ވަނީ ބުރާސްފަތި ދުވަހުގެރޭ 20:40 ހާއިރުއެވެ. އެކަމާ ގުޅޭ ފަހުގެ މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އޭނާގެ ކަށިތަކަށް ގެއްލުންތަކެއް ވެފައިވާ ކަމަށާއި، އެހެން ނަމަވެސް އޭނާގެ ޙާލު މިހާރު ސްޓޭބަލް ކަމަށެވެ.

މި ޙާދިސާ ހިނގާ ދިޔަ ގޮތް އެމްޕީއެލްއިން ދަނީ ބަލަމުންނެވެ. އެމްޕީއެލްއިން މައުލޫމާތު ދޭ ގޮތުގައި އަނިޔާވި މީހާގެ ބޮލަށް އެއްވެސް ގެއްލުމެއް ވެފައެއް ނުވެއެވެ. އަދި މޭކަށިތަކާއި، މޭމައްޗަށް ބޮޑު ގެއްލުމެއް ވެފައި ނެތް ނަމަވެސް، އުކުޅުވަޅުގެ ކަށިގަނޑު ފްރެކްޗަރ ވެފައިވާކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ. އަދި އިތުރު ޓެސްޓުތަކެއް ހަދަންޖެހޭކަން އެމްޕީއެލްއިން ފާހަގަ ކޮށްފައިވެއެވެ.

މި ޙާދިސާގައި އިތުރު މީހަކަށްވެސް އަނިޔާތަކެއް ލިބިފައިވާއިރު، އޭނާވެސް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. މި ޙާދިސާ ހިނގި ތަނުގައި އެމްއެންޑީއެފް ގެ އިތުރުން ފުލުހުންނާއި ޕެރެމެޑިކްސް ޙަރަކާތްތެރިވިއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު