Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުތުރުކޮރެއާގެ މައްސަލަ

އުތުރުކޮރެއާގެ މައްސަލައިގައި ރައީސް ޓްރަމްޕް ޗަައިނާގެ ރައީސް ޝީއަށް ތައުރީފް ކުރައްވައިފި

އެއީ ވަރަށް ރަނގަޅު ބޭފުޅެއް:ޓްރަމްޕް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 28 އެޕްރީލު 2017 | ހުކުރު 12:05
އޭޕްރީލް މަހު ޝީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޓްރަމްޕްއާ ބައްދަލުކުރައްވަނީ

އޭޕްރީލް މަހު ޝީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޓްރަމްޕްއާ ބައްދަލުކުރައްވަނީ

އުތުރުކޮރެއާގެ މައްސަލައިގައި ޗައިނާގެ ރައީސް ޝީ ޖިން ޕިން އަމަލުކުރައްވާ ގޮތަށް ތައުރީފް ކުރައްވައި އެ މަނިކުފާނަކީ ވަރަށް ރަނގަޅު" ،ގައުމު ދެކެ ލޯބިވާ ބޭފުޅެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ރޮއިޓާސްގައި ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ އެ މައްސަލަ ޑިޕްލޮމެޓިކްކޮށް ހައްލުކުރައްވަން ކަމަށާއި ނަމަވެސް އެކަން އުނދަގޫވި ކަމަށެވެ. އަދި މައިގަނޑު މައްސަލަ ހައްލުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވިއެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުން އުތުރުކޮރެއާގެ މައްސަލައިގައި މަޝްވަރާކުރުމަށް ހުކުރު ދުވަހު ބައްދަލުވުމެއް ބާއްވާނެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކް ޓިލަރސަން ވިދާޅުވެފައި ވަނީ އުތުރު ކޮރެއާއިން އިތުރު ނިއުކްލިއަރ ޓެސްޓްތަކެއް ކޮށްފި ނަމަ އެގައުމާ ދެކޮޅަށް ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ޗައިނާއިން ބުނެފައި ވާކަމަށެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް ޓްރަމްޕް ވަނީ އުތުރުކޮރެއާގެ މައްސަލައިގައި ޗައިނާއިން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ތުހުމަތު ކުރައްވައި އެ މައްސަލަ އެމެރިކާ އެކަނި ވެސް ހައްލުކުރާނެ ކަމަށް ވިދާޅުވެފައެވެ.

މި މަހުގެ ކުރިކޮޅު ރައީސް ޝީއާ ބައްދަލުކުރައްވާފައިވާ ރައީސް ޓްރަމްޕް އޯވަލް އޮފީހުގައި ރޮއިޓާސްއަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ " ހަމަނުޖެހުންތަކާއި މީހުން މަރުވާތަން ބައްލަވަން ޗައިނާގެ ރައީސް ބޭނުންފުޅު ނުވޭ،" ކަމަށެވެ.

"އެއީ ވަރަށް ރަނގަޅު ބޭފުޅެއް. އަޅުގަނޑަށް އެ ބޭފުޅާ ވަރަށް ރަނގަޅަށް އެނގިއްޖެ،" ޓްރަމްޕް ވިދާޅުވިއެވެ.

އުތުރުކޮރެއާއިން ވަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރިޔަށް ގެންގޮސް އަދި ހަވަނަ ނިއުކްލިއަރ ޓެސްޓެއް ކުރިޔަށް ގެންދާނެކަމުގެ އިންޒާރު ދީފައެވެ.

ބުރާސްފަތި ދުވަހު ޓިލަރސަން ފޮކްސް ނިއުސްގައި ވިދާޅުވެފައި ވަނީ އިތުރު ޓެސްޓްތައް ކުރުމުން ދުރުވުމަށް ޗައިނާއިން އަނެއްކާ ވެސް އުތުރުކޮރެއާގެ ކިބައިން އެދިފައިވާ ކަމަށެވެ.

ޗައިނާއިން ވަނީ ފެބްރުއަރީ މަހުން ފެށިގެން އުތުރުކޮރެއާއިން ބޯޓް ދެލި އެތެރެކުރުން ހުއްޓާލާފައެވެ.

އެއީ އެ ގައުމުގެ މައިގަނޑު އެކްސްޕޯޓެވެ.

މީގެ އިތުރުން އުތުރުކޮރެއާގެ ކަންކަން އިސްލާހު ނުކޮށްފި ނަމަ އެގައުމަށް ތެޔޮ ފޯރުކޮށްދިނުން ވެސް ހުއްޓާލުމަށް ވިސްނަމުންދާ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު