Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދުގެ މައްޗަށް ކުރި

ރައީސް ނަޝީދަށް ހުކުމްކޮށްފައިވަނީ ގާނޫނާ ހިލާފަށް: ރޮޒެއިނާ

ފުރަމަތަ ހެދިފައިވާ ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރަންވީ ކަމަށް ރޮޒައިނާ ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 27 އެޕްރީލު 2017 | ބުރާސްފަތި 23:49
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

ގާނޫނު އިސްލާހު ކޮށްގެން ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު މިނިވަން ކުރެވިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އަންނަ މެއި މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ނ. މިލަދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ލީޑަރުން ރައީސް ނަޝީދު މިނިވަން ކުރުމަށް ބޭނުންވެލައްވާކަމަށްވާނަމަ އެކަމަށްއެދި ސިޓީއަކުން ރައީސް ޔާމީންއަށް ދަންނަވާ އަދި ރައީސް ނަޝީދު މިނިވަން ކުރެވޭފަދަ މަގަކަށް ދިއުމަށް ބޭނުންވާ ގާނޫނުތައް އިސްލާހު ކުރުމުން ރައީސް ނަޝީދު މިނިވަން ކުރެވިދާނެ ކަމަށް ވިދާޅުވާއިރު، ރައީސް ނަޝީދުގެ މައްޗަށް ހިންގާފައިވާ ޝަރީއަތަކީ ގާނޫނާ އެއްގޮތަށް ހިންގާފައިވާ ޝަރީއަތެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ފުރަތަމަ ރައީސް ޔާމީން ކުރައްވަންޖެހިވަޑައިގަންނަވާ ކަމަކީ ގާނޫނާ އެއްގޮތަށް އަމަލު ކުރުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން މިއަދު ޖަލްސާއެއްގައި ވިދާޅުވީ ހުރިހާ ސިޔާސީ ލީޑަރުން ވިދާޅުވެ، ސިޓީއަކުން ރައީސް ނަޝީދު މިނިވަން ކުރަން ވިދާޅުވެއްޖެނަމަ، އަދި އެމަގަށް ގާނޫނުތައް ބަދަލު ކުރުމަށް ބޭނުންނަމަ ރައީސް ނަޝީދު މިނިވަން ކުރެވިދާނެ ކަމަށް. އަޅުގަނޑު ބުނެލަން ބޭނުންވަނީ ރައީސް ނަޝީދަށް ޝަރީއަތްކޮށް ހުކުމް ކުރެއްވީ ގާނޫނާ އެއްގޮތަށްތޯއޭ. ކާނަލް ނާޒިމް، މަހުލޫފްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ތޯއޭ. ނިހާނު ފުލުހުންގެ ބެރިކޭޑް މަތިން ފުއްމާލާ ފުލުހުންނާ ދިމާލަށް ދިޔައީ ފުލުހުން ދައުވަތު ދީގެންތޯއޭ. ގާސިމް ހައްޔަރު ކޮށްގެން ތިއުޅުއްވަނީ ގާނޫނީ އިމުގެ ތެރެއިންތޯއޭ، ގާސިމް 42 މެމްބަރުންގެ ތާއީދު ހޯދަން އުޅުމަކީ ކޮން ގާނޫނަކުން މަނާކަމެއް ތޯއޭ،" ރޮޒައިނާ ވިދާޅުވި އެވެ.

މީގެއިތުރުން ރޮޒައިނާ ވިދާލުވީ ރައީސް ޔާމީން ޓެރެރިސްޓް މާނަކުރާގޮތާއި ދުނިޔޭގެ އެހެން ގައުމުތަކުންނާއި ދިވެހި ރައްޔިތުން މާނަކުރާ ގޮތް ވަރަށް ތަފާތު ކަމަށެވެ. ރައީސް ނަޝީދަކީ ޓެރެރިސްޓެއްކަމަށް ނިންމިއިރު، ރައީސް ނަޝީދަށް ދަނީ ދުނިޔޭގެ އެކިއެކި ގައުމުތަކުން އެވޯޑްތައް ލިބިވަޑައިގަންނަވަމުން ކަމަށާއި ތިޔަ ވިދާޅުވާ ޓެރެރިސްޓާއެކު ދުނިޔޭގެ ލީޑަރުން މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންވީމާ ރައީސް ޔާމީން ޓެރެރިސްޓް މާނަ ކުރާގޮތް މިހުރީ ފެންނަން ކަމަށްވެސް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވި ރައީސް ޔާމީނަށް ކޮރަޕްޝަނަކީ ކޮބައިކަން ނޭނގުނުނަމަވެސް ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށާއި މިސަރުކާރު އޮތީ ކޮރަޕްޝަނުން ފޯވެފަ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ސަރުކާރު ބަދަލުކުރަން ގޮވުމާއި މަޖިލިސް މެމްބަރުންނަށް ނުފޫޒު ފޯރުވުން، އެއީ ރައީސް ޔާމީން ކުރެއްވި ކަމެއްނަމަ އެއީ ރަނގަޅުކަމެއްކަމަށް ވާތަން ފެންނަމުންދާ ކަމަށެވެ. އެކަމަކު އިދިކޮޅު ލީޑަރަކު އެކަން ކޮށްފިނަ އެއީ ޓެރެރިސްޓް އަމަލެއް ކަމަށް މިސަރުކާރުން ނިންމާކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އެކި ފަރާތްތަކަށް އެކި ގޮތް އަދި ތަފަތު ކުރުން އިންތިހާއަށް އޮތުމުން އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު