Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަވާނީގެ ދިފާއުގައި އުރުގުއޭގެ ކުޅުންތެރިން

ކަވާނީ ސަސްޕެންޑް ކުރުމުން އުރުގުއޭގެ ކުޅުންތެރިން ނުރުހުން ފާޅުކޮށްފި

5 ޖެނުއަރީ 2021 | އަންގާރަ 11:32

ކަވާނީ ސަސްޕެންޑް ކުރީ އިންސްޓާގްރާމުގައި ނަސްލީ ތަފާތު ކުރުމަށް ބާރުއަޅާ އިބާރާތެއް ބޭނުންކުރުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 ޖެނުއަރީ 2021 | އަންގާރަ 11:32
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގެ މައްސަލައިގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ތިން މެޗަށް ސަސްޕެންޑް ކުރަން ނިންމުމުން އުރުގުއޭގެ ކުޅުންތެރިންގެ ޔޫނިއަނުން އިނގިރޭސި އެފްއޭއަށް ފާޑުކިޔައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އަހަރުގެ ނޮވްމެބަރު މަހުގެ 29 ވަނަ ދުވަހު ސައުތެމްޓަން އަތުން ފަހަތުން އަރައި 3-2 ން ޔުނައިޓެޑް މޮޅުވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކަވާނީގެ އެހީއާއެކުއެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހުމުގައި ކަވާނީ އެހީވިއިރު، އަނެއް ދެ ލަނޑު ޖަހާ މެޗުން ޔުނައިޓެޑް މޮޅުކޮށްދިނީ ކަވާނީއެވެ.

އެ މެޗަށްފަހު ސަޕޯޓަރުން މަރުހަބާ ކިޔުމަށް ކުރި ޕޯސްޓެއް ހިއްސާކުރުމަށްފަހު ކަވާނީ ވަނީ ސްޕެނިޝް ބަހުން ނަސްލީ ތަފާތު ކުރުމަށް ބާރުއަޅާ އިބާރާތެއް ބޭނުންކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެ ޕޯސްޓުގައި "ކަޅު ކުޑަ މީހެއް" މި ލަފުޒު ބޭނުންކޮށްފައެވެ. އެކަމަކު އެ ޕޯސްޓާއެކު ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ކަވާނީ ވަނީ އެ ޕޯސްޓް ފަހުން ޑިލީޓް ކޮށްލާފައެވެ.

އެއާއެކު އުމުރުން 33 އަހަރުގެ ކަވާނީ މާފަށް އެދުނު ނަމަވެސް، އެ މައްސަލައިގައި އިނގިރޭސި އެފްއޭއިން ވަނީ ކަވާނީ ތިން މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން 100،000 ޕައުންޑުން އޭނާ ޖޫރިމަނާކުރަންވެސް ނިންމާފައެވެ.

މި މައްސަލައިގައި އުރުގުއޭގެ ކުޅުންތެރިންގެ ޔޫނިއަން (އޭއެފްޔޫ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަވާނީ އެ އިބާރާތް ބޭނުންކުރީ އޭނާގެ ގާތް އެކުވެރިޔަކާ ދިމާލަށް ކަމަށާއި، އެ ބަސް ބޭނުންކުރުމަށްފަހު ކަވާނީ މާފަށް އެދުމުންވެސް އަދަަބުދިނުމަށް އިނގިރޭސި އެފްއޭއިން ނިންމުމުން އެނގެނީ އިނގިރޭސި އެފްއޭ އަކީވެސް ނަސްލީގޮތުން ތަފާތުކުރާ ބައެއް ކަމަށެވެ.

މީގެ ކުރިން މި މައްސަލައިގައި ކަވާނީ އާއި ޔުނައިޓެޑުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން މި މައްސަލައިގައި ކަވާނީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ކުރި ޕޯސްޓުގައި އެ ލަފުޒު ބޭނުންކުރީ އޭނާގެ ރަހުމަތްތެރިއަކާ ދިމާލަށް ކަމަށާއި، އެއީ ސަމާސާއެއްގެ ގޮތުގައި ކުރިކަމެއް ކަމަށެވެ. އަދި އޭނާ ބޭނުންކުރި އިބާރާތަކީ މައްސަލައެއްގެ ގޮތުގައި ފާހަގަވުމާއެކު އެ ޑިލީޓް ކޮށް، އެކަމަށް މާފަށް އެދޭ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޕޯސްޓް ގޯސްކަން އެނގުނު ހިސާބުން ކަވާނީ އެ ޑިލީޓް ކުރި ކަމަށާއި، އެއީ އޭނާ ގަސްދުގައި ނަސްލީ ތަފާތުކުރުމަށް ބާރުއަޅަން ކުރިކަމެއް ނޫން ކަމަށެވެ.

ކަވާނީ ތިން މެޗަށް ސަސްޕެންޑް ކުރުމާއެކު ޕްރިމިއާ ލީގުގައި މިދިޔަ ހުކުރު ދުވަހުގެރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 2-1 ން މޮޅުވި މެޗު އޭނާއަށް ވަނީ ގެއްލިފައެވެ. އަދި މި ހަފުތާގައި އިނގިރޭސި ލީގު ކަޕުގެ ސެމީފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗާއި އެފްއޭ ކަޕުގައި ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗު ކަވާނީއަށް ގެއްލޭނެއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް