Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީސީ އާއި ޔޫވީގެ މެޗު

ޔޫވީ އަކީ މިހާރު ވަރުގަދަ ކުލަބެއް: ޝާޒްލީ

3 ޖެނުއަރީ 2021 | އާދީއްތަ 14:07

ޔޫވީއަށް އެންމެ ޕޮއިންޓެއް ލިބިފައިވާއިރު، ޓީސީއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައި

އަތޫފް އާތިފް
އަތޫފް އާތިފް | 3 ޖެނުއަރީ 2021 | އާދީއްތަ 14:07
ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަކީ މިހާރު ވަރުގަދަ ކުލަބެއް ކަމަށާއި، އެ ޓީމާ ދޭތެރޭ ފަސޭހަކޮށް ވިސްނެން ނެތް ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެ ޓީމު ބަލިވެފައިވާއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެއާއެކު ޔޫވީ އޮތީ ތާވަލުގެ ފުލުގައި އެންމެ ޕޮއިންޓަކާއެކުއެވެ. އަދި ޓީސީން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައިވާއިރު، އެ ޓީމަށް ވަނީ މިހާތަނަށް ހަތަރު ޕޮއިންޓް ލިބިފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ޔޫވީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާޒްލީ ބުނީ ޔޫވީ އަކީ ތަޖުރިބާކާރު ކުޅުންތެރިންތަކެއް ތިބި ކުލަބެއް ކަމަށާއި، އެ ކުޅުންތެރިންނާއެކު ޔޫވީ އަކީ މިހާރު ވަރުގަދަ ކުލަބެއް ކަމަށެވެ. އެގޮތުން ޔޫވީގައި މިވަގުތު ރަނގަޅު މެދުތެރެއެއް އަދި ފޯވާޑް ލައިނެއް އެބައޮތް ކަމަށާއި، އޭގެ ތެރޭގައި އިސްމާޢިލް އީސަ (މެސީ) ހުރުން އެއީ ޔޫވީގެ ތަފާތެއް ކަމަށްވެސް ބުންޏެވެ.

ޔޫވީން ލީގުގައި ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވީ ލީގުގައި އޮތް އެންމެ ވަރުގަދަ ދެ ކުލަބާއި ދެކޮޅަށް ކުޅެން ޖެހުމުންކަން ފާހަގަކުރަމުން ޝާޒްލީ ބުނީ ކުލަބު ވެލެންސިއާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކައިރިން ޔޫވީއަށް ފަހަތުން އަރައި މޮޅުވުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ޓީސީ މެޗުގެ ކުރިން ޔޫވީގެ ކޯޗު މުޙައްމަދު އާދަމް ބުނީ މި ސީޒަން ފެށުނީއްސުރެ ޔޫވީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އަނިޔާގެ މައްސަލަ ކަމަށާއި، އެގޮތުން ކުރިއަށް އޮތް ޓީސީ މެޗަށް ނުކުންނައިރުވެސް އަނިޔާގެ މައްސަލަ ޓީމުގައި އެބަހުރި ކަމަށެވެ.

މުޙައްމަދު އާދަމް އިތުރަށް ބުނީ ޔޫވީގެ ސްކޮޑަކީ ވަރުގަދަ ސްކޮޑެއް ކަމަށާއި، އެކަމަކު ޓީމުގެ ފުރަތަމަ އެގާރައަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ފަހެއް ނުވަތަ ހަތަރު ކުޅުންތެރިން ތިބީ އަނިޔާގައި ކަމަށެވެ. އެހެންނަމަވެސް އެ ކުޅުންތެރިން ނެތްތަން މެޗުން ނުފެންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެރޭ 21:00 ގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

09 މާރިޗު 2017

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017
ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
08 މާރިޗު 2017

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
25 ފެބުރުއަރީ 2017

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް