Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޝައިޚް ކަމާލް ކަޕް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017 | އަންގާރަ 00:31

ބަންގްލަދޭޝްގެ އެންމެ ވަރުގަދަ ކްލަބުތައް ހިމެނޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 31 ޖެނުއަރީ 2017 | އަންގާރަ 00:31
ފުރަތަމަ މުބާރާތުގެ ތައްޓާއެކު ޗިއްޓަގޮން އަބާނީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ފުރަތަމަ މުބާރާތުގެ ތައްޓާއެކު ޗިއްޓަގޮން އަބާނީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ވޭތުވެދިޔަ އަހަރު އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ދެ ވަނަ ހޯދި ޓީސީ ސްޕޯޓްސް ކްލަބުން ބައިވެރިވާން ނިންމާފައިވާ، ބަންގްލަދޭޝްގައި އޮންނަ ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ އެގައުމުގެ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަބާނީ ލިމިޓެޑާއި ވަރުގަދަ އިތުރު ކުލަބުތައް ބައިވެރިވާނެ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފިއެވެ.

ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ މިއަހަރުގެ މުބާރާތުގައި ބައިވެރިވާ ކްލަބުތަކުގެ ތެރޭގައި މިދިޔަ އަހަރު ބަނގްލަދޭޝްގެ ޕްރިމިއާ ލީގް ކާމިޔާބުކުރި އަބާނީ ލިމިޓެޑާއި ޗިއްޓަގޮން އަބާނީ ހިމެނެއެވެ. އަބާނީ ލިމިޓެޑަކީ މިދިޔަ އަހަރުގެ އިތުރުން ބަންގްލަދޭޝް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ކްލަބެކެވެ. އަދި ޗިއްޓަގޮން އަބާނީއަކީ ބަނގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންއިން 2015 ތައާރަފްކުރި މިމުބާރާތުގެ ޗެމްޕިއަން ޓީމެވެ.

މިއީ ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ދެވަނަ މުބާރާތެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2015 ވަނަ އަހަރުއެވެ. އެފަހަރު ޗިއްޓަގޮން އަބާނީ މުބާރާތުގެ ތަށި އުފުލާލީ ފައިނަލްގައި އިންޑިޔާގެ އީސްޓް ބެންގާލް ބަލިކޮށްގެންނެވެ.

ބަންގްލަދޭޝްގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމުގައިވާ އަބާނީ ލިމިޓެޑްގެ ބާނީ ޝައިޚް ކަމާލްގެ ނަމުގައި ބާއްވާ މި މުބާރާތުގެ ފުރަތަމަ އަހަރުގައި ބަނގްލަދޭޝްގެ އިތުރުން ޕާކިސްތާން އާއި ސްރީ ލަންކާގެ އިތުރުން އަފްޣާނިސްތާން އަދި އިންޑިޔާގެ ކްލަބްތައް ބައިވެރިވެފައިވެއެވެ.

މިފަހަރުގެ މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް މިސަރަހައްދުގެ އިތުރުން އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ކްލަބުތައް ބައިވެރިކުރުމުގެ މަސައްކަތް ބަންގްލަދޭޝްއިން އަންނަނީ ކުރަމުނެވެ.

މިއަހަރުގެ މުބާރާތުގައި އަބާނީ ލިމިޓެޑާއި ޗިއްޓަގޮން އަބާނީ އާއި ބަންގްލަދޭޝްގެ މުޙައްމަދޭން ކްލަބު ހިމެނެއެވެ. ނަމަވެސް މުޙައްމަދޭން ކްލަބު ބައިވެރިވާނީ ހޮވާލެވޭ ކުޅުންތެރިންގެ ޓީމަކާއެކުއެއެވެ. އެގޮތުން ބަނގްލަދޭޝް ލީގުގައި ކުޅޭ 8 ޓީމެއްގެ ކުޅުންތެރިން މުޙައްމަދޭން ކްލަބުގައި ހިމެނޭނެއެވެ.

މު ކްލަބުތަކުގެ އިތުރުން ދެން މުބާރާތުގައި ބައިވެރިވާނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބެވެ. އަދި ސިންގަޕޫރާއި ނޭޕާލުގެ ކުލަބެއް ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ތައިލެންޑް، މެލޭޝިޔާ، އިންޑިޔާ އަދި އިންޑޮނޭޝިޔާއާއި މިޔަންމާގެ ކްލަބުތަކަށް ދައުވަތު ވަނީ ދީފައެވެ. ބަނގްލަދޭޝްގެ ތިން ކުލަބުގެ އިތުރުން މި މުބާރާތުން ޖާގަދެނީ އެހެން ގައުމުތަކުގެ ފަސް ކްލަބަކަށެވެ.

ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަން ޓީމަށް 20 ހާސް އެމެރިކާ ޑޮލަރު ދޭއިރު ރަނައަޕް ޓީމަށް 10 ހާސް ޑޮލަރު ދެއެވެ. އަދި ކޮންމެ މެޗަކުން މޮޅުވާ ޓީމަކަށް 1000 ޑޮލަރު ދޭއިރު ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްހޯދާ ކުޅުންތެރިއަކަށް 500 ޑޮލަރު ދެއެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
18 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް
15 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި

15 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް